Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިން ފޭރުން

ގޯތި ވައްކަމުގެ ތަހުގީގުގައި ފުލުހުން އިންސާފުވެރި ވާނެ ކަމަށް ދެން ގަބޫލެއް ނުކުރަން: އެމްޑީޕީ

ތަހުގީގުގައި މައްސަލަ ރައްދުވާ ފަޒީލު ދެއްކި ކަމަށް ބުނާ ވާހަކަތަކުގެ ހަގީގަތް ނުބަލާ ފުލުހުން ވަނީ އެވާހަކަތަކުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭ ގޮތައް ހާމަ ކޮށްފައި

ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2024 | ހޮނިހިރު 16:52
އެމްޑީޕީ ގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު

އެމްޑީޕީ ގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކު ގޯތި ލިބުނު ކަމަށް ދައްކަން ވެގެން ލިޔުންތަކެއް އުފެއްދި މައްސަލައިގައި ކުރިއަށް ގެންދާ ތަހުގީގުގައި ފުލުހުން އިންސާފުވެރި ވާނެކަމަށް ދެން ގަބޫލުނުކުރާ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނީ މިމައްސަލައިގެ މައުލޫމާތު ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު ފެންމަތި ވެގެން އުޅޭ ގޯތިތަކުގެ މައްސަލައާއި ނިމިދިޔަ އެމްޑީޕީ ސަރުކާރާ ގުޅުވައިގެން ދެއްކި ވަހަކަ ތަކާ ހަވާލާދީ އެވެ.

އެމްޑީޕީގެ ފާޑުކިޔުން ފުލުހުންގެ ތަހުގީގަށް އަމާޒުވީ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކު ގޯތި ލިބުނު ކަމަށް ހަދައިގެން ލިޔުންތަކެއް އުފެއްދި މައްސަލައިގައި ތުހުމަތު ކުރެވޭ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދު ތަހުގީގުގައި ދެއްކި ކަމަށް ބުނާ ވާހަކަތަކެއް އޭގެ ހަގީގަތް ނުބަލައި ސިޔާސީ ކުލަ ޖެހޭ ގޮތައް ފުލުހުން ހާމަކުރުމާ ގުޅިގެންނެވެ.

ފުލުހުންގެ މި ވާހަކަތަކާ ގުޅިގެން އެމްޑީޕީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ ސްޕޯކްސްޕާސަން އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެޗްޑީސީ ތެރޭގައި ފަޒުލް އިސްވެ ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ ބޮޑެތި މައްސަލަތަކަކީ ރައީސް މުއިއްޒަށް އެނގިވަޑައިނުގެން ހިންގާފައިވާ ކަންތައްތަކެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ. އަނަސް އެހެން ވިދާޅުވީ އެޗްޑީސީގެ ޗެއާމަނަކަށް މިސަރުކާރުގައި ފުރަތަމަ އައްޔަންކުރެއްވި އަހްމަދު ޒުހޫރު، ރައީސް މުއިއްޒަށް އެޑްރެސް ކުރައްވާ މިއަހަރުގެ ޖުލައި އެއްވަނަ ދުވަހު ފޮނުއްވާފައިވާ ސިޓީއަކާ ހަވާލާދެއްވަ އެވެ.

އެހެން ނަމަވެސް، ސަރުކާރުންވެސް ނުވަތަ ފުލުހުންވެސް އޭގެ އެއްވެސް މައްސަލައެއް ކުރިން ބަލައިފައި ނުވާކަމަށާއި، މައްސަލަ ބަލާކަން ހާމަކޮށްފައި މި ވަނީ ހުޅުމާލެއިން ގޯތި ތަކެއް ވަގަށް ނެގި ކަން ސޯޝަލް މީޑިޔާގައި ފަޅާއަރުވާލުމުން ކަމަށެވެ.

މި ނޫސްވެރިންގެ މިބައްދަލުވުމުގައި، ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަންގެ (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، ފަޒީލް ރަޝީދަށް އުސޫލުން ބޭރުން، ހުޅުމާލެއިން ގޯއްޗެއް ދިނުމަށް ޓަކައި، ތައްޔާރުކޮށްފައިވާ ފޭކް އެގްރީމަންޓަކީ ކުރީ ސަރުކާރުން ދިން ލިޔުމެއް ކަމަށް ހަދައި ފުލުހުން ދެއްކީ ސިޔާސީ ވާހަކަތަކެއް ކަމަށެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި، އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަޙްމަދު މައުރޫފް ވިދާޅުވީ،ޑޮކިއުމެންޓެއްގެ ސައްހަކަމާމެދު ސުވާލު އުފެދޭ މައްސަލައެއްގައި، އެ ޑޮކިޔުމެންޓުގެ ސައްހަކަން ކަށަވަރު ކުރުމަށް ފޮރެންސިކް ތަހުލީލެއް ނުހަދައި ފުލުހުން އޭގެ ވާހަކަ ދެއްކުމަކީ ވަރަށް "އަންޕްރޮފެޝަނަލް" ކަމެއް ކަމަށާއި، އެއީ މީގެ ކުރިން ފުލުހުން އަމަލުކުރި ގޮތެއް ނޫންކަމަށެވެ.

އޭނާ އިތުރަށް، ވިދާޅުވީ މިސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ދޮގު ހައްދަވާތީ ސަރުކާރުގެ ވެރިން ދައްކާ ވާހަކަ ރައްޔިތުން މިހާރު ގަބޫލުނުކުރާކަން ސަރުކާރަށް އެނގޭތީ، ސަރުކާރުގެ ޕްޕޮޕަގެންޑާ ފެތުރުރުމަށާއި، ކުރީގެ ސަރުކާރުގެ ވެރިންގެ ބޮލުގައި ކަންތައްތަކެއް އެޅުވުމަށް ފުލުހުން ބޭނުންކުރަންފެށީ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަސްލު މައްސަލައިގެ ވާހަކަ ނުދައްކައި، ކުރީގެ ސަރުކާރުގެ ވެރިން ބަދުނާމުކުރުމަށް ވާހަކަ ދައްކައިފައި ވާތީ އާންމުންގެ ތެރެއިން ގިނަބަޔަކު ދަނީ ފުލުހުންނަށް ފާޑުކިޔަމުންނެވެ.

ސަރުކާރުގެ ޚިޔާނާތްބިން ފޭރުންބިންވެރިޔާ ސްކީމް ގޯތީގެ ވައްކަން އެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު