Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕްރައިވެޓް ޕޯޓް ފެސިލިޓީ

ޕްރައިވެޓް ޕޯޓް ފެސިލިޓީތައް ކަސްޓަމްސްގެ މިންގަނޑަށް ފެތޭތޯ ބެލުމުގެ ސަރވޭއެއް ފަށައިފި

ސާވޭގައި ބަލާނީ ކަސްޓަމްސް ސަރަހައްދުތައް ސަރޓިފައިކުރުން އުސޫލުގެ 14 އަދި 15 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2024 | ބުރާސްފަތި 10:16
ޕޯޓްތައް ޗެކްކުރުމުގެ މަސައްކަތުގެ ތެރެއިން

ޕޯޓްތައް ޗެކްކުރުމުގެ މަސައްކަތުގެ ތެރެއިން

ޕްރައިވެޓް ޕޯޓް ފެސިލިޓީތައް ކަސްޓަމްސްގެ މިންގަނޑަށް ފެތޭތޯ ބެލުމުގެ ސަރވޭއެއް ފަށައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް އިން މައުލޫމާތުދޭ ގޮތުގައި ކ. ތިލަފުށީގައި ގާއިމްކޮށްފައިވާ ޕްރައިވެޓް ޕޯޓް ފެސިލިޓީތައް ކަސްޓަމްސްގެ މިންގަނޑަށް ފެތޭތޯ ބެލުމުގެ ސަރވޭއެއް ދަނީ ކުރަމުންނެވެ. އަދި މި ސަރވޭގެ ނަތީޖާއަށް ބަލައި މިންގަނޑަށް ނުފެތޭ ތަންތަން ރަނގަޅު ކުރުމަށް ފުރުސަތުދޭނެ ކަމަށާއި ކުރިމަގުގައި ޚިދުމަތް ލިބޭނީ ޝަރުތުހަމަވާ ތަންތަނަށް ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.

Advertisement - newsAdvertisement

ޕްރައިވެޓް ޕޯޓް ފެސިލިޓީ, "ކަސްޓަމްސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅޭނީ ކަސްޓަމްސް ސަރަހައްދުތައް ސަރޓިފައިކުރުން" އުސޫލުގައި އެތަނެއްގައި ފުރިހަމަ ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ސަރަހައްދު ފެންސު ޖަހާ ބަންދު ކުރެވިފައިވުމާއި ސަރަހައްދަށް ވަދެނުކުމެވާ އުޅަނދުފަހަރާއި މީހުންގެ އެކްސެސް ކޮންޓްރޯލް ކުރެވި ލޮގްކުރެވޭނެ ނިޒާމު ގާއިމްވެފައި ހުރުމުންނެވެ.

އަދި ސަރަހައްދު ދިއްލޭނެ އިންތިޒާމު ގާއިމްވެފައި ހުންނަންވެސް ޖެހެއެވެ.

ކަސްޓަމްސްގެ ސަރަހައްދުތަކުގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވަފައިވޭތޯ ބެލުމަށް ކުރެވޭ ސާވޭގައި ބަލާނީ ކަސްޓަމްސް ސަރަހައްދުތައް ސަރޓިފައިކުރުން އުސޫލުގެ 14 އަދި 15 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށެވެ.

އެގޮތުން ޕްރައިވެޓް ޕޯޓް ފެސިލިޓީތައް ކަސްޓަމްސްގެ އާންމު ގަވާއިދުގެ 6 އަދި 7 ގައިވާ މިންގަނޑަށް ފެތޭތޯ ބެލުމަށް ނުވަތަ "ސަރޓިފައި" ކުރުމަށްފަހު ސާވޭ ރިޕޯޓު އެ ޕޯޓުގެ ވެރިފަރާތަށް ދޭންވާނެ ކަމަށް ގަވާޢިދުގައި ބަޔާންކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2017

އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި

26 ޖެނުއަރީ 2017
އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު