Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓުން

އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި

26 ޖެނުއަރީ 2017 | ބުރާސްފަތި 12:26

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓި ސަބަބު ސާފެެއް ނުވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 26 ޖެނުއަރީ 2017 | ބުރާސްފަތި 12:26
ޝިދާތާ ޝަރީފު

ޝިދާތާ ޝަރީފު

އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީދު ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، އެއަރޕޯޓްގެ އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައި، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްސްފައި ވަނީ އިމިގްރޭޝަނުން ފާހަގަކުރި ކަމަކާ ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އިމިގްރޭޝަނުން ޕާސްޕޯޓް ހިފަހައްޓައި، ފުލުހުންގެ އިދާރާގައި ބެހެއްޓުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ބުނެ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ހާއިރު ޝިދާތާ ވެސް އެކަން ޓްވިޓާގައި ހާމަކުރައްވާފަ އެވެ.

މިކަމާ ގުޅޭ ގޮތުން ޝިދާތާ ވިދާޅުވީ، އެންމެ ފުރަތަމަ ޕާސްޕޯޓް އަތުލީ ސިސްޓަމަށް ބޭނުންވާ ކަމެއް ކުރުމަށް ކަމަށާއި އަދި ފަހުން އިމިގްރޭޝަނުން ބުނެފައިވަނީ ޕާސްޕޯޓް އަތުލާފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަަމަށެވެ. ޝިދާތާ ވިދާޅުވީ ކޯޓު އަމުރު ދެއްކުމަށް އޭނާ އެދުމުން އިމިގްރޭޝަނުން ބުނެފައިވަނީ އެ އަމުރަކީ އެމީހުންގެ ސިސްޓަމަށް އައިސްފައިވާ އަމުރެއް ކަމަށެވެ. އަދި ޕާސްޕޯޓް ހިފެހެއްޓި ކަމަށް އިމިގްރޭޝަނުން ދިން ލިޔުމުގާ ކްރިމިނަލް ކޯޓުން ޕާސްޕޯޓް ހިފެހެއްޓުމަށް އެދިފައިވާކަން އެނގޭ ކަމަށް ޝިދާތާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔަ ނަމަވެސް އެވަގުތު ފުލުހުންގެ އަމަލުތައް ހުރިގޮތުން ވަނީ ކީއްކަން ފުލުހުންނަށް ވެސް މާބޮޑަށް އެނގޭ ކަމަށް ނުބެލެވޭ ކަމަށެވެ.

ގާތްގަނޑަކަށް ގަޑިއެއްހާއިރު ވަންދެން ޝިދާތާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ވެއެވެ. ނަމަވެސް ދޫކޮށްލި އިރު ވެސް ޕާސްޕޯޓް ހިފަހައްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކީއްވެގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ އިރު ޖެންޑާ މިނިސްޓްރީގައި ޝިދާތާ ހުންނެވި ދުވަސްވަރު މަންމައަކު އަނިޔާކޮށްގެން މަރުވި އިބްތިހާލްގެ މައްސަލައާ ގުޅިގެން އޭރު މިނިސްޓްރީގައި އެކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކާ ދެކޮޅަށް ދައުވާކުރަން ވަނީ ފޮނުވާފައެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2017

ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

05 ޖޫން 2017
ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
30 މެއި 2017

ފާރިސްގެ ޕާސްޕޯޓް ހިފެހެއްޓީ ފިލާފާނެތީ: ހޯމް މިނިސްޓްރީ

30 މެއި 2017
ފާރިސްގެ ޕާސްޕޯޓް ހިފެހެއްޓީ ފިލާފާނެތީ: ހޯމް މިނިސްޓްރީ
15 މެއި 2017

ފާރިޝްގެ ޕާސްޕޯޓް ހިފެހެއްޓުން އެމްޑީޕީން ކުށްވެރިކޮށްފި

15 މެއި 2017
ފާރިޝްގެ ޕާސްޕޯޓް ހިފެހެއްޓުން އެމްޑީޕީން ކުށްވެރިކޮށްފި
14 މެއި 2017

ފާރިސްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ މުއްދަތު ހަމަވެފައިވާ އަމުރެއްގެ ދަށުން!

14 މެއި 2017
ފާރިސްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ މުއްދަތު ހަމަވެފައިވާ އަމުރެއްގެ ދަށުން!
14 މެއި 2017

ފާރިސް މައުމޫނުގެ ޕާސްޕޯޓް ހިފަހައްޓައިފި

14 މެއި 2017
ފާރިސް މައުމޫނުގެ ޕާސްޕޯޓް ހިފަހައްޓައިފި
19 އެޕްރީލު 2017

ރައީސް މައުމޫނުގެ ޕާސަނަލް އެސިސްޓެންޓްގެ ޕާސްޕޯޓް ކެންސަލްކޮށް، ހޯދުމަށް އިންޓަޕޯލްގައި އެދިއްޖެ

19 އެޕްރީލު 2017
ރައީސް މައުމޫނުގެ ޕާސަނަލް އެސިސްޓެންޓްގެ ޕާސްޕޯޓް ކެންސަލްކޮށް، ހޯދުމަށް އިންޓަޕޯލްގައި އެދިއްޖެ
26 މާރިޗު 2017

ޕާސްޕޯޓް ހިފަހައްޓާފައިވާތާ ދެ މަސް، އެކަމަކު ކުށުގެ ރިކޯޑެއް ނެތް:ޝިދާތާ

26 މާރިޗު 2017
ޕާސްޕޯޓް ހިފަހައްޓާފައިވާތާ ދެ މަސް، އެކަމަކު ކުށުގެ ރިކޯޑެއް ނެތް:ޝިދާތާ
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
28 ޖެނުއަރީ 2017

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ

28 ޖެނުއަރީ 2017
ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް