Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އިޒްރޭލުން ސްކޫލް އިމާރާތަކަށް ބޮން އަޅާ މަދުވެގެން 7 ފަލަސްތީން މީހުން ޝަހީދު ކޮށްލައިފި

ޣައްޒާ އަށް އިޒްރޭލް ސިފައިން މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހން ފެށިގެން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު މަދުވެގެން 41،391 ށް ވަނީ އަރާފައި

ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2024 | އާދީއްތަ 12:01
އިޒްރޭލުން ބޮންއަޅާ ފުނޑުކޮށްލާފައިވާ ސުކޫލް އިމާރާތެއްގެ ތެރޭގައި ފަލަސްތީން ބަޔަކު ހަރަކާތްތެރިވަނީ

އިޒްރޭލުން ބޮންއަޅާ ފުނޑުކޮށްލާފައިވާ ސުކޫލް އިމާރާތެއްގެ ތެރޭގައި ފަލަސްތީން ބަޔަކު ހަރަކާތްތެރިވަނީ

އާދިއްތަ ދުވަހު އިޒްރޭލުން ފަލަސްތީނުގެ ސްކޫލް އިމާރާތަކަށް ބޮން އަޅާ މަދުވެގެން 7 މީހުން ޝަހީދު ކޮށްލައިފި ކަމަށް ފަލަސްތީނުގެ ސިވިލް ޑިފެންސުން ބުނެފިއެވެ.

ސްކޫލް އިމާރާތައް ހަމަލާ ދިނުމަށްފަހު އިޒްރޭލުން ބުނީ ހަމަލާ އަމާޒުކޮށްފައިވަނީ ހަމާސްގެ ހަނގުރާމަވެރިންނަށް ކަމަށެވެ.

އާންމުން ދިރިއުޅޭ އިމާރާތްތަކުގައި ހަނގުރާމަވެރިން ނުތިބޭނެ ކަމަށް ތަކުރާރުކޮށް ހަމާސް އިން އަންނަނީ ބުނަމުންނެވެ.

ސިވިލް ޑިފެންސް އޭޖެންސީގެ ތަރުޖަމާން މަޙްމޫދު ބައްސާލް އާ ހަވާލާދީ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އިޒްރޭލުން ހަމަލާދިނީ އަލް-ޝާޠީ ރެފިއުޖީ ކޭމްޕްގައި ހުރި ކަފްރު ޤާސިމް ސްކޫލަށެވެ. ހަމަލާގައި ގިނަ އަދަދެއްގެ އާންމުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

ތަރުޖަމާނު ބުނިގޮތުގައި ހަމަލާދިން އިމާރާތަކީ ގެދޮރު ގެއްލިފައިވާ އެތައް ސަތޭކަ މީހުން ހިޔާވަހިކަން ހޯދަމުންދާ ތަނެކެވެ.

ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވަނީ ހޮނިހިރު ދުވަހު ވެސް ޣައްޒާ ސިޓީގައި ހުރި ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރާ ސްކޫލަކަށް އިޒްރޭލުން ބޮން އަޅާފައިވާ ކަމަށެވެ. އެ ހަމަލާގައި، މަދުވެގެން 21 މީހުން ވަނީ ޝަހީދުވެފައެވެ.

ޣައްޒާ އަށް އިޒްރޭލް ސިފައިން މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހން ފެށިގެން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު މަދުވެގެން 41،391 ށް ވަނީ އަރާފައެވެ. މީގައި ގިނައިން ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނާއި އާންމުން ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންހަމާސް-އިސްރާއިލް ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު