Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިޤްތިސާދީ ތަސައްވުރު

އިޤްތިސާދީ ތަސައްވުރު ބިނާ ކުރަންވާނީ އާންމު ރައްޔިތު މީހާގެ އަސާސީ ކަންކަން ފުރިހަމަ ކޮށްދިނުމަށްފަހު: އިމާދު ސާލިޙު

ނިމިދިޔަ 5 އަހަރުގައި ލަނޑުދަނޑިތައް ޙާސިލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ސެޕްޓެމްބަރު 2024 | އާދީއްތަ 07:15
ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ މެމްބަރު އިމާދު ސާލިޙު

ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ މެމްބަރު އިމާދު ސާލިޙު

އިޤްތިސާދީ ތަސައްވުރު ބިނާ ކުރަންވާނީ އާންމު ރައްޔިތު މީހާގެ އަސާސީ ކަންކަން ފުރިހަމަ ކޮށްދިނުމަށްފަހުކަމަށް ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ މެމްބަރު އިމާދު ސާލިޙު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޓީވިޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިމާދު ވިދާޅުވީ، އައްޑޫސިޓީއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ މުހިއްމު ރޯލެއް އަދާކުރާ ސިޓީއެއް ކަމަށެވެ. އެގޮތުން އިލްމީ ގޮތުންނާއި، ފަންނުވެރިކަމުގެ ރޮނގުން ބެލި ނަމަވެސް އައްޑޫގެ ރައްޔިތުންނަކީ ފާހަގަ ކޮށްލެވޭ ބައެއްކަމަށް އިމާދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، ވޭތުވެދިޔަ އެކި ސަރުކާރުތަކުން އައްޑޫސިޓީއާމެދު އިހުމާލުވެފައިވާކަން ފާހަގަ ކުރައްވައި އިމާދު ވިދާޅުވީ، އައްޑޫގެ ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ބޭނުން ކުރުމާއި، އައްޑޫގެ ރައްޔިތުން ރަށުގައި ތިބެގެން ޚިދުމަތް ކުރުމަށް އެކަމުގެ ސަބަބުން ހުރަސް އެޅިފައިވާ ކަމަށެވެ.

އަދި ރާއްޖެއަށް އައި ޑިމޮކްރަޓިކް ބަދަލުތަކާއެކު ތަރައްޤީގެ ލަނޑުދަނޑިތަކުގެ ކޮންމެވެސް މިންވަރެއް ޙާސިލުވެފައިވީނަމަވެސް، އެ މަގުން ކުރަންޖެހޭ މަސައްކަތް އަދިވެސް ގިނަކަމަށް އިމާދު ވިދާޅުވިއެވެ.

އިމާދު އިތުރަށް ވިދާޅުވީ، 2008ން ފެށިގެން ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް ވަޑައިގަންނަވަނީ ވަކި މެނިފެސްޓޯއަކާއެކު ކަމަށާއި، އޭގެ ތެރެއިންވެސް އައްޑޫއަށް ބޮޑު ޚާއްސަކަމެއް ލިބިގެންދާ ކަމަށެވެ. ނަމަވެސް ވެރިިކަމުގެ 5 އަހަރު ނިމިގެންދާއިރު، ވައުދު ލިސްޓުގެ ބޮޑު ބައެއް އޮންނަނީ އަތްވެސް ނުލެވިކަން އިމާދު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ވައުދު ލިސްޓާއި މެނިފެސްޓޯ ތައްޔާރު ކުރަނީ އިހުލާސްތެރިކަމާއެކުތޯ އިމާދު ވަނީ ސުވާލު އުފައްދަވާފައެވެ.

އޭގެ އިތުރުން، އިޤްތިސާދީ ތަސައްވުރު ބިނާ ކުރަންވާނީ އާންމު ރައްޔިތު މީހާގެ އަސާސީ ކަންކަން ފުރިހަމަ ކޮށްދިނުމަށްފަހުކަމަށްވެސް އިމާދު ވިދާޅުވިއެވެ. އެއީ ދައުލަތުން ފަހިކޮށްދޭން ޖެހޭ ކަންކަން ކަމަށްވާއިރު، އެކަމުގެ ބޮޑު ބައި އޮތީ ޙައްލު ނުކުރެވިކަމަށް އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ، އެމްޑީޕީގެ ނިމިދިޔަ 5 އަހަރުގައި އެ ލަނޑުދަނޑިތައް ޙާސިލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން އާންމު ރައްޔިތެއްގެ ޙައިސިއްޔަތުން އޭނާ ޤަބޫލު ކުރައްވާ ކަމަށެވެ.

އެހެންކަމުން މިއަދުގެ ސަރުކާރުން އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްދޭން ބޭނުންވާނަމަ، ޝެޑިއުލް ފްލައިޓުތައް ބޭރުގެ ބައެއް ޤައުމުތަކުން ދެމެހެއްޓެނިވި ގޮތެއްގައި އައްޑޫއަށް ޖެއްސޭނެ މަގު ދައުލަތުން ފަހިކޮށްދިނުމަށް އިމާދު ގޮވާލެއްވިއެވެ. އިމާދު ވިދާޅުވި ގޮތުގައި އެއީ އައްޑޫއަށް ބޭނުންވާ "އިންޓަނޭޝަނަލް ކަނެކްޓިވިޓީ" އަށްވެސް މުހިއްމު ކަމަަކަށް ވެގެންދާނެއެވެ.

އަދި އެކަންކަން ފަހިވެގެން ގޮސްފިނަމަ އައްޑޫއަށް އެތައް ގޮތަކުން ކުރިއެރުން އަންނާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އިގްތިސާދީ ތަސައްވުރުއިމާދު ސާލިހު

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2025

ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

24 އޮކްޓޯބަރު 2025
ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު
07 އޮކްޓޯބަރު 2025

3 އަހަރުގެ މުއްދަތަކަށް އެންޑީއޭއަށް ސީއީއޯ އެއް ހޯދަނީ

07 އޮކްޓޯބަރު 2025
3 އަހަރުގެ މުއްދަތަކަށް އެންޑީއޭއަށް ސީއީއޯ އެއް ހޯދަނީ
23 ސެޕްޓެމްބަރު 2024

ދައުލަތް ހިންގަމުންދަނީ އެންމެ ދެމެހެއްޓެނިވި ގޮތެއްގައެއް ނޫން: އިމާދު

23 ސެޕްޓެމްބަރު 2024
ދައުލަތް ހިންގަމުންދަނީ އެންމެ ދެމެހެއްޓެނިވި ގޮތެއްގައެއް ނޫން: އިމާދު
21 ޖުލައި 2024

ސަރުކާރުގެ އިދާރާތަކުން އެކައްޗެއް ކިޔާ، އިޤްތިސާދީ އަސްލު ޙާލަތު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ: ފަތުހުﷲ

21 ޖުލައި 2024
ސަރުކާރުގެ އިދާރާތަކުން އެކައްޗެއް ކިޔާ، އިޤްތިސާދީ އަސްލު ޙާލަތު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ: ފަތުހުﷲ
23 އޮކްޓޯބަރު 2023

މަސްތުވާތަކެތީގެ މައްސަލައަކީ ސިޔާސީ ފިކުރަކާއި ނުވަތަ ސަރުކާރަކާއި ގުޅެންޖެހޭ ކަންކަމެއް ނޫން: އިމާދު

23 އޮކްޓޯބަރު 2023
މަސްތުވާތަކެތީގެ މައްސަލައަކީ ސިޔާސީ ފިކުރަކާއި ނުވަތަ ސަރުކާރަކާއި ގުޅެންޖެހޭ ކަންކަމެއް ނޫން: އިމާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު