Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓްރާންސްޝިޕްމަންޓް ބަނދަރު މަޝްރޫއު

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމާއި ގުޅޭ ރިޕޯޓު ކޮމިޓީން ފާސްކޮށްފި

ކޮމިޓީން އިލްތިމާސްކުރާ 3 ކަމަކާއެކު، ރިޕޯޓު އޮތް ގޮތަށް ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވުމަށް ނިންމި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 މާރިޗު 2022 | ބުދަ 09:40
އިޤްތިޞާދީ ކޮމިޓީއިން، އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ ޤަރާރު ދިރާސާކުރުން

އިޤްތިޞާދީ ކޮމިޓީއިން، އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ ޤަރާރު ދިރާސާކުރުން

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ނިންމައި އެކަމާއި ގުޅޭ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް އިޤްތިސާދީ ކޮމިޓީން ފާސްކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވަނީ ކޮމިޓީން އިލްތިމާސްކުރާ 3 ކަމަކާއެކު، ރިޕޯޓު އޮތް ގޮތަށް ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވުމަށް ހުށައަޅުއްވާފައެވެ. އެއްކަމެއްގެ ގޮތުން ޓްރާންސްޝިޕްމަންޓް ބަނދަރު ތަރައްޤީ ކުރުމުގެ އިތުރުން ބަންކަރިންގ ޚިދުމަތާއި އާގުބޯޓު ފަހަރަށް ޚިދުމަތް ދިނުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ސަރުކާރުގެ އިދަރާތަކުގައި އެދުން ހިމެނެއެވެ.

Advertisement - newsAdvertisement

ދެވަނަ ކަމެއްގެ ގޮތުން އާގުބޯޓުފަހަރަށް ބޭނުންވާ ސަޕްލައި އަދި ސެކިިއުރިޓީ ޚިދުމަތް ފޯރުކޮށްދިނުމާއި ފަޅުވެރިން ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ޤާނޫނާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމާއި ގުޅުންހުރި އިދާރާތަކުގައި އިލްތިމާސް ކުރުން ހިމެނެއެވެ.

ކޮމިޓީގެ ތިންވަނަ އިލްތިމާސްއަކީ އާގުބޯޓުފަހަރުތަކަށް ދެވޭ ޚިދުމަތްތަކަކީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ހަރުދަނާ އުސޫލެއްގެ ތެރެއިން ދެވޭ ޚިދުމަތްތަކެއްކަން ކަށަވަރު ކުރުމަށް މޮނިޓަރިންގ ނިޒާމެއް ޤާއިމު ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އިލްތިމާސް ކުރުމެވެ.

މެމްބަރު އިސްމާއިލް އަހުމަދުގެ މި ހުށައެޅުއްވުމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ވަނީ ތާއީދު ކުރައްވާފައެވެ. ވުމާއެކު، މި ރިޕޯޓު އޮތްގޮތަށް ތަޅުމަށް ފޮނުވުމަށް ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެން މެމްބަރުންގެ އިއްތިފާޤުންނެވެ.

އިހަވަންދިއްޕޮޅު ބަނދަރުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދި ހޯރަފުށީ ދައިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހަޅުއްވާފައިވާ ގަރާރު ދިރާސާ ކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިންމާފައިވަނީ އިތުރު ދިރާސާއެއް ކުރުމަކާ ނުލައި، ބޭރު ބަޔަކަށް މަސައްކަތް ދިނުމުގެ ބަދަލުގައި ދިވެހި ކުންފުންޏަކާއި ހަވާލުކޮށްގެން ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ.

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސް ކުރުމަކީ އެތައް އަހަރެއްގެ އިޤްތިސާދީ ހިފެހެއްޓުމަކުން މިންޖުވާނެ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގެ މެމްބަރުން ވިދާޅުވެއެވެ.

މެމްބަރުން ވަނީ މިއީ މިހާރުން މިހާރަށްވެސް ފަށައިގެން ކުރިއަށް ގެންދެވިދާނެ އަދި، ދައުލަތަށްވެސް ބޮޑެތި މަންފާތަކެއް ލިބިގެންދާނެ މަސައްކަތެއްކަން ފާހަގަކޮށްފައެވެ. އެގޮތުން ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމު ކުރެވެންދެންވެސް ފަސޭހައިން ބައެއް ކަންކަން ހަމަޖަައްސައިގެން މިހާރުން މިހާރަށްވެސް މި މަސައްކަތް ފެށިދާނެކަން މެމްބަރުން ފާހަގަކުރެއްވިއެވެ. އެކަމަށްޓަކައި އެ ސަރަޙައްދުން ދަތުރުކުރާ އާގުބޯޓުފަހަރުތަކަށް ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކޮމިޓީން ކުރަންޖެހޭކަމަށް މެމްބަރުން ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ޝިޕިންގްގެ ދާއިރާއިން އިތުރު މަންފާ ހޯދައި ދާއިރާ ފުޅާކުރުމަށްޓަކައި އުތުރުގެ އެ ސަރަޙައްދުން ދަތުރުކުރާ ބޯޓުފަހަރަށް ކުރޫއިން ބަދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުން ވަރަށް މުހިންމުކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެ ސަރަޙައްދު ހުރަސްކޮށް ދުވާލެއްގެ މައްޗައް އެވްރެޖްކޮށް 45 - 55 އާއި ދެމެދުގެ އަދަދެއްގެ އާގު ބޯޓް ފަހަރު ދަތުރުކުރަމުންދާއިރު، ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމު ކުރެވެންދެން އެ ސަރަޙައްދުގައި ފެށިދާނެ ޙަރަކާތްތަކެއް ބަޔާންކުރައްވައި، ހއ.ހޯރަފުއްޓާއި، ތުރާކުނާއި، އުލިގަމުގެ ކައުންސިލު މެމްބަރުން ސޮއި ކުރައްވައި ނެރުއްވާފައިވާޤަރާރެއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ހުށަހަޅުއްވާފައެވެ. 

އެ ޤަރާރާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރައީސްވެސް މިހާރު ވަނީ ކަމާ ގުޅުންހުރި އިދާރާތަކަށް އަންގަވާފައެވެ.

އިހަވަންދިއްޕޮޅުގެ އިގްތިސާދުއިގްތިސާދީ ތަސައްވުރުރައްޔިތުންގެ މަޖިލިސްހއ. ހޯރަފުށިހއ.ތުރާކުނުހއ.އުލިގަމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި

ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި

31 އޮކްޓޯބަރު 2025
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި

30 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު