Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ އިގްތިސާދު

މި ސަރަހައްދުން މި އަހަރު އެންމެ ބޮޑަށް އިގްތިސާދީގޮތުން ކުރިއަރާނެ ގައުމެއްކަަމަށް ބެލެވެނީ ރާއްޖެ

11 ޖެނުއަރީ 2023 | ބުދަ 13:53

މިއީ އެ ބޭންކުން މީގެކުރިން ލަފާކޮށްފައިވާ އަދަދަށްވުރެ %2 ދަށް އަދަދެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 ޖެނުއަރީ 2023 | ބުދަ 13:53
ފަތުރުވެރިން

ފަތުރުވެރިން

މި ސަރައްދުގެ ގައުމުތަކުގެ ތެރެއިން މިއަހަރު އެންމެ ބާރު ސްޕީޑްގައި ކުރިއަރާނެކަމަށް ބެލެވެނީ ރާއްޖޭގެ އިގްތިސާދުކަމަށް، ވޯލްޑް ބޭންކުން ބުނެފިއެވެ.

ދުނިޔޭގެ އިގްތިސާދު މަސްރަހު ދިރާސާކުރުމަށްފަހު ވޯލްޑް ބޭންކުން އާއްމުކުރި ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓްގައި ބުނެފައިވަނީ، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ރާއްޖޭގެ އިގްތިސާދު %8.2ށް ކުރިއަރާނެ ކަމަށެވެ. މި ސަރަހައްދުން އެންމެ ބޮޑަށް ކުރިއަރާނީ ރާއްޖެ ކަމަށް ބުނިނަމަވެސް މިއީ އެބޭންކުން މީގެކުރިން ލަފާކޮށްފައިވާ އަދަދަށްވުރެ %2 ދަށް އަދަދެއްކަން ފާހަގަކޮށްލެވެއެވެ.

Advertisement - newsAdvertisement

ރާއްޖޭގެ އިގްތިސާދު %12.4ށް ކުރިއަރާނެކަމަށް މީގެ ކުރިން ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ. އެ އަދަދު ދަށްވެފައިވަނީ ކޮވިޑަށްފަހު އިގްތިސާދީ ކުރިއެރުން ލިބެމުން އައި ސްޕީޑް މި އަހަރު މަޑުޖެހި، އާންމު ހާލަތަށް ގައުމު ދާނެ ކަމަށް ބެލެވޭތީއެވެ. އެ ރިޕޯޓްގައި ވާގޮތުން އެންމެ ބޮޑު ކުރިއެރުމެއް ލިބޭނީ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ވަނީ ބުނެފައެވެ.

ކޮވިޑަށްފަހު އިގްތިސާދު ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާއިރު، ކޮވިޑް-19ގެ ފިޔަވަޅުތަކާއެކު ގައުމުތަކަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު ވަނީ ދަށްވެފައެވެ. އެކަމުގެ ސަބަބުން އެ ގައުމުތަކަށް ބޭރު ފައިސާގެގޮތުގައި ލިބޭ އާމްދަނީ ވަރަށް ބޮޑުތަން މަދުވެފައިވާކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.

ރާއްޖޭގެ އިގްތިސާދު ކުރިއެރިނަމަވެސް، ގިނަ ގޮންޖެހުންތަކެއް ދިމާވާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ. ވޯލްޑް ބޭންކުން ބުނީ، ޔޫރަޕާއި އެމެރިކާގެ އިގްތިސާދަށް ދިމާވާ ހީނަރުކަމުގެ ހާލަތު ރާއްޖެއަށް ކުރާނެކަމަށެވެ. މީގެއިތުރުން، ކުދި ގައުމުތަކަށް ބަލާއިރު ރާއްޖެއަކީ ދަރަނީގެ ރިސްކްބޮޑު ގައުމެއްކަމަށް އެ ރިޕޯޓްގައިވެއެވެ. އެ ރިޕޯޓްގައި ބުނެފައިވަނީ ދުނިޔޭގެ މާލީ ބާޒާރުގައި އިންޓަރެސްޓް ރޭޓްތައް ބޮޑުވެގެން ދިއުމާއެކު ދަރަނި ދެއްކުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އިގްތިސާދީ ތަސައްވުރުފަތުރުވެރިން

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2024

ވ.އަތޮޅު ރިސޯޓެއްގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ

21 އޮކްޓޯބަރު 2024
ވ.އަތޮޅު ރިސޯޓެއްގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ
14 އޮކްޓޯބަރު 2024

ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް މަރުވެއްޖެ

14 އޮކްޓޯބަރު 2024
ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް މަރުވެއްޖެ
22 ސެޕްޓެމްބަރު 2024

އިޤްތިސާދީ ތަސައްވުރު ބިނާ ކުރަންވާނީ އާންމު ރައްޔިތު މީހާގެ އަސާސީ ކަންކަން ފުރިހަމަ ކޮށްދިނުމަށްފަހު: އިމާދު ސާލިޙު

22 ސެޕްޓެމްބަރު 2024
އިޤްތިސާދީ ތަސައްވުރު ބިނާ ކުރަންވާނީ އާންމު ރައްޔިތު މީހާގެ އަސާސީ ކަންކަން ފުރިހަމަ ކޮށްދިނުމަށްފަހު: އިމާދު ސާލިޙު
21 ޖުލައި 2024

ސަރުކާރުގެ އިދާރާތަކުން އެކައްޗެއް ކިޔާ، އިޤްތިސާދީ އަސްލު ޙާލަތު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ: ފަތުހުﷲ

21 ޖުލައި 2024
ސަރުކާރުގެ އިދާރާތަކުން އެކައްޗެއް ކިޔާ، އިޤްތިސާދީ އަސްލު ޙާލަތު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ: ފަތުހުﷲ
06 މެއި 2024

ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

06 މެއި 2024
ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި
06 އޮކްޓޯބަރު 2023

މުސްތަގުބަލުގައި ޓޫރިޒަމް އެކި ދާއިރާތަކުގެ މަތީ މަގާމުތަކުގައި ވެރިންނަށް ތިބޭނީ ދިވެހިން: މިނިސްޓަރު މައުސޫމް

06 އޮކްޓޯބަރު 2023
މުސްތަގުބަލުގައި ޓޫރިޒަމް އެކި ދާއިރާތަކުގެ މަތީ މަގާމުތަކުގައި ވެރިންނަށް ތިބޭނީ ދިވެހިން: މިނިސްޓަރު މައުސޫމް
14 މާރިޗު 2023

އަނެއްކާވެސް ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

14 މާރިޗު 2023
އަނެއްކާވެސް ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ
13 ޖެނުއަރީ 2023

މި އަހަރުތެރޭ އިތުރު 9 ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވޭ: މިނިސްޓްރީ

13 ޖެނުއަރީ 2023
މި އަހަރުތެރޭ އިތުރު 9 ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވޭ: މިނިސްޓްރީ
21 ޑިސެމްބަރު 2022

ސަންޖޭ ރާއްޖެ އަށް ކުރި ހަނީމޫން ދަތުރު ބޮޑު ސަޕްރައިޒް އަކަށް

21 ޑިސެމްބަރު 2022
ސަންޖޭ ރާއްޖެ އަށް ކުރި ހަނީމޫން ދަތުރު ބޮޑު ސަޕްރައިޒް އަކަށް
20 ޑިސެމްބަރު 2022

ފަތުރުވެރިކަން ރަނގަޅަށް ދަމަހައްޓަން ރާއްޖޭގެ "އެކްސްކްލޫސިވް އިމޭޖް" ހިފަހައްޓަން ޖެހޭ: ޑރ. މައުސޫމް

20 ޑިސެމްބަރު 2022
ފަތުރުވެރިކަން ރަނގަޅަށް ދަމަހައްޓަން ރާއްޖޭގެ "އެކްސްކްލޫސިވް އިމޭޖް" ހިފަހައްޓަން ޖެހޭ: ޑރ. މައުސޫމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް