Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިޤްތިސާދީ އަސްލު ޙާލަތު

ސަރުކާރުގެ އިދާރާތަކުން އެކައްޗެއް ކިޔާ، އިޤްތިސާދީ އަސްލު ޙާލަތު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ: ފަތުހުﷲ

ދައުލަތެއްގެ ގޮތުގައި ހިނގާއިރު، ދައުލަތުގެ އިދާރާތަކުން ދައްކާ ވާހަކަތައް ދިމާވާން ޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޖުލައި 2024 | އާދީއްތަ 08:40
ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް

ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް

މިއީ އެއް ދައުލަތެއް ކަމަށާއި، ދައުލަތުގެ އެކި އިދާރާތަކުން ދައްކާ ވާހަކަވެސް އެއްގޮތްވާން އެބަޖެހޭކަމަށް ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވެއްޖެއެވެ.

ފަތުހުﷲ އެހެން ވިދާޅުވީ ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ، ދައުލަތެއްގެ ގޮތުގައި ހިނގާއިރު، ދައުލަތުގެ އިދާރާތަކުން ދައްކާ ވާހަކަތައް ދިމާވާން ޖެހޭ ކަމަށެވެ. އެގޮތުން އެއްކޮޅުން ޤައުމު ބަނގުރޫޓުވެއޭ ކިޔާއިރު، ދައުލަތުގެ އަނެއް އިދާރާއިން އެއާ ޚިލާފަށް ވާހަކަ ދައްކާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ފަތުހުﷲ ވިދާޅުވީ، މިއަދުގެ ސަރުކާރު ބޮޑަށް ސިފަ ކުރެވެނީ "ޕޮޕިއުލަރިޓީ ކޮންޓެސްޓެއް" ގެ ގޮތުގައި ކަމަށެވެ. އެގޮތުން މަޤުބޫލުކަން ހޯދުމަށްޓަކައި މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަވާން ޖެހޭ ވާހަކަ އެއްކޮޅުން ދައްކާއިރު، ބަހާ އަމަލާ ދިމާނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ސަރުކާރުން މަސައްކަތް ކުރަނީ އާންމުން ބަަލައިގަންނާނެ ފަދަ ވާހަކަ ދައްކައިގެން މަޤްބޫލުކަން ހޯދުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު އިންތިހާއަށް ގިނަވެ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް މުވައްޒަފުންގެ މުސާރައަށް ހަރަދުކުރަންޖެހި، މާލީ އަދި އިގްތިސާދީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ ރާއްޖެއަށް އަންނަނީ އެކަމުގެ ނޭދެވޭ އަސަރުކުރަމުންނެވެ.

އިގްތިސާދީ ތަސައްވުރުކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2024

އިޤްތިސާދީ ތަސައްވުރު ބިނާ ކުރަންވާނީ އާންމު ރައްޔިތު މީހާގެ އަސާސީ ކަންކަން ފުރިހަމަ ކޮށްދިނުމަށްފަހު: އިމާދު ސާލިޙު

22 ސެޕްޓެމްބަރު 2024
އިޤްތިސާދީ ތަސައްވުރު ބިނާ ކުރަންވާނީ އާންމު ރައްޔިތު މީހާގެ އަސާސީ ކަންކަން ފުރިހަމަ ކޮށްދިނުމަށްފަހު: އިމާދު ސާލިޙު
11 ޖެނުއަރީ 2023

މި ސަރަހައްދުން މި އަހަރު އެންމެ ބޮޑަށް އިގްތިސާދީގޮތުން ކުރިއަރާނެ ގައުމެއްކަަމަށް ބެލެވެނީ ރާއްޖެ

11 ޖެނުއަރީ 2023
މި ސަރަހައްދުން މި އަހަރު އެންމެ ބޮޑަށް އިގްތިސާދީގޮތުން ކުރިއަރާނެ ގައުމެއްކަަމަށް ބެލެވެނީ ރާއްޖެ
09 މާރިޗު 2022

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމާއި ގުޅޭ ރިޕޯޓު ކޮމިޓީން ފާސްކޮށްފި

09 މާރިޗު 2022
އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމާއި ގުޅޭ ރިޕޯޓު ކޮމިޓީން ފާސްކޮށްފި
19 ނޮވެމްބަރު 2021

ބަލިމަޑުކަމެއްގެ ތެރެއިން އިގްތިސާދު ކޮޅަށް ޖަހައި ނަމޫނާ ދައްކައިފި

19 ނޮވެމްބަރު 2021
ބަލިމަޑުކަމެއްގެ ތެރެއިން އިގްތިސާދު ކޮޅަށް ޖަހައި ނަމޫނާ ދައްކައިފި
08 މާރިޗު 2021

ރާއްޖޭގައި ލޮނު އުފެއްދުން

08 މާރިޗު 2021
ރާއްޖޭގައި ލޮނު އުފެއްދުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު