Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންޑީއޭ ސީއީއޯ

3 އަހަރުގެ މުއްދަތަކަށް އެންޑީއޭއަށް ސީއީއޯ އެއް ހޯދަނީ

އިމާދު ސޯލިހު ވަކިކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްވެ، މިހާރު ވަގުތީ ގޮތުން މަޤާމު ބަލަހައްޓަނީ މުހައްމަދު ރާޝިދު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2025 | އަންގާރަ 13:35
ނޭޝަނަލް ޑްރަގް އެޖެންސީ

ނޭޝަނަލް ޑްރަގް އެޖެންސީ

3 އަހަރުގެ މުއްދަތަކަށް ސީއީއޯއެއް ހޯދަން ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން އިއުލާނުކޮށްފިއެވެ.

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މި އިއުލާން ފުރަތަމަ ކުރީ ހޯމަ ދުވަހުއެވެ. ހޯމަ ދުވަހު ކުރި އިއުލާން ފަހުން އެންޑީއޭއިން ވަނީ ބާތިލުކޮށްފައެވެ. ފަހުން އަންގާރަ ދުވަހު އަނެއްކާ ވެސް އިއުލާން ކޮށްފައެވެ.

އެންޑީއޭގެ ސީއޯއެއް 3 އަހަރުގެ ކޮންޓްރެކްޓް މުއްދަތަކަށް އިއުލާން ކުރި އިރު އެ މަގާމް ހުސްވެ ގާނޫނުގައި ބުނާ ގޮތަށް ސީއީއޯއެއް ނަގާފައި ނުވެއެވެ. އެމަގާމުގައި ކުރިން ހުންނެވި އިމާދު ސޯލިހު ވަކިކުރިތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އަދި އެ މަގާމު ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ މުހައްމަދު ރާޝިދުއެވެ.

މުސާރައިގެ ގޮތުގައި ސީއީއޯ އަކަށް ލިބެނީ މަހަކު 35،000 ރުފިޔާ އެވެ. މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ ނޭޝަންލް ޑްރަގް އެޖެންސީގެ ބޯޑުގެ ލަފަޔާ އިރުޝާދުގެ މަތިން އޭޖެންސީ ހިންގުމުގެ އެންމެ އިސްފަރާތްކަމުގައި ވުމާއި، ނެޝަނަލް ޑްރަގް އޭޖެންސީގެ ބޯޑުގެ ނިންމުންތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމެވެ.

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަޔަ ސޯޝަލް ސައިންސަސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު ހިންގުމުގެ ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ހިންގމުގެ ދާއިރާ ނުވަތަ ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ނުވަތަ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށެއް ނުވަތަ ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށެއް ނުވަތަ މީހަކު މެރުމުގެ ކުށެއް ނުވަތަ ޓެރަރިޒަމްގެ ކުށެއް ނުވަތަ މަސްތުވާތަކެއްޗާބެހޭ ގާނޫނު ގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމެވެ.

އެންޑީއޭގެ އިއުލާނުގައި ސުންގަޑިއެއްގެ ގޮތުގައި ބުނެފައިވަނީ 06 ނޮވެންބަރ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގައެވެ.

ގާނޫނުގައި ލާޒިމުކުރާ ގޮތަށް އެންޑީއޭއަށް ސީއީއޯއެއް އައްޔަން ނުކުރެވި އެތަނުގެ ހިންގުން ވަނީ ދޯދިޔާވެފައެވެ. ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަކީ 3 މަހުން 1 މަހު ބައްދަލުވާންޖެހޭ ކައުންސިލަކަށް ވީ ނަމަވެސް އެކަން އެގޮތަށް ނުހިނގައެވެ.

އެންޑީއޭއިމާދު ސާލިހުމުހައްމަދު ރާޝިދު އިދިކޮޅުނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްނޭޝަނަލް ޑްރަގް އޭޖެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި

25 ނޮވެމްބަރު 2025
ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

24 އޮކްޓޯބަރު 2025
އެންޑީއޭ ނުހިންގި ބޮއްސުންލައިގެން ލުބުނާ އެތަނުން ވަކިކޮށްފި

އެންޑީއޭ ނުހިންގި ބޮއްސުންލައިގެން ލުބުނާ އެތަނުން ވަކިކޮށްފި

21 އޮކްޓޯބަރު 2025
އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން

އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން

06 އޮކްޓޯބަރު 2025
ނޭޝަނަލް ޑްރަގް އެޖެންސީން ޔޫރިން ކިޓް ހުސްވެ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާ ހުއްޓުމަކަށް!

ނޭޝަނަލް ޑްރަގް އެޖެންސީން ޔޫރިން ކިޓް ހުސްވެ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާ ހުއްޓުމަކަށް!

22 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު