Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ ސިޓީ ކައުންސިލް

ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

ކައުންސިލް އެކަތިގަނޑެއްގެ ގޮތުގައި އޮވެގެން ލިބޭ ފައިދާތަކުގެ ވާހަކަ ވެސް ދައްކަން ޖެހޭ ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2025 | ހުކުރު 04:54
އެންޑީއޭގެ ސީއީއޯ އިމާދު ޞާލިހު

އެންޑީއޭގެ ސީއީއޯ އިމާދު ޞާލިހު

ވަކި ކަމެއް ނުވާތީ ކަމަށް ބުނެ މުޅި ނިޒާމު ރޫޅާލަން ނުޖެހޭ ކަމަށާ ކޮންމެ ކަމެއް ދިމާވާއިރަށް އެ އޮންނަ ނިޒާމެއް ރޫޅާލުމަކީ ހައްލެއް ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިމާދު ސޯލިހް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ބައިބައިކޮށްލަން ސަރުކާރުން ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓާއި ގުޅިގެން ރާއްޖެޓީވީ އިން ގެނެސްދިން ބަހުސްގައި ވާހަކަ ދައްކަވަމުން އިމާދު ވިދާޅުވީ ވަކިވަކި ކައުންސިލްތައް އޮތުމުން ލިބޭނެ ފައިދާއާއި ބްލޮކް ގްރާންޓުގެ މައްސަލަ ނިޒާމުގެ ތެރެއިން ވެސް ހައްލު ކުރެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

އިމާދު ވިދާޅުވީ ވަކިވަކި ކައުންސިލްތައް އޮވެގެން ބްލޮކް ގްރާންޓުގެ މައްސަލައަށް ހައްލު ލިބޭނެ ކަން ފާހަގަކުރާއިރު ކައުންސިލް އެކަތިގަނޑެއްގެ ގޮތުގައި އޮވެގެން ލިބޭ ފައިދާތަކުގެ ވާހަކަ ވެސް ދައްކަން ޖެހޭ ކަމަށެވެ.

މިހާރުވެސް ކައުންސިލްގެ މައި އިދާރާގެ ހުރިހާ މަސައްކަތެއްގެ 80 އިންސައްތަ ކުރަނީ އެ ކައުންސިލް އެކަތިގަނޑެއްގެ ގޮތުގައި އޮވެގެންކަން އޭނާ ފާހަގަކުރެއްވިއެވެ.

އަވަށު އޮފީސްތަކަށް އަނެއްކާ ވެސް އެ ހުރިހާ މުވައްޒަފުން ލާންވެއްޖެޔާ އަޅުގަނޑުމެންނަށް ލިބޭ ބްލޮކް ގްރާންޓުން މިއަދު އަޅުގަނޑުމެންގެ މުސާރައަށް ޚަރަދުކުރަނީ 70 އިންސައްތަކަމަށް ވާނަމަ އަޅުގަނޑުމެންނަށް ލިބޭ ބްލޮކް ގްރާންޓުގައި ނޯންނާނެ އެއްވެސް އެއްޗެއް ބާކީ. ބްލޮކް ގްރާންޓު ދިނުމުގަ އޮންނަ މައްސަލަ، އައްޑޫ ހަ ރަށް އެއްކޮށްގެން 96 ބިލިއަން ރުފިޔާ ލިބޭ ކަމަށް ވާނަމަ އެއީ ދައުލަތުގެ މައްސަލައެއް. ސިސްޓަމުގެ މައްސަލައެއް. ސިޓީ ކައުންސިލްގެ މައްސަލައެއް ނޫން. އަލީ ނިޒާރުގެ މައްސަލައެއް ނޫން.
އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިމާދު ސޯލިހް

އިމާދު ވިދާޅުވީ މައްސަލައެއް އޮތިއްޔާ އެކަމަށް ވެސް ހައްލު ހޯދޭނެ ގޮތްތަކެއް ނިޒާމުގެ ތެރެއިން ފަހިވެފައިވާ ކަމަށެވެ.

އެ ބަހުސްގައި އެކަމާ ގުޅިގެން ވާހަކަދައްކަވަމުން އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ސިޓީއެއްގެ ގޮތުގައި އޮތުމުން ރާއްޖެގެ އެހެންތަނަކަށް ނުކުރާހާ ބޮޑު ހަރަދު އައްޑޫ ސިޓީއަށް ކޮށްފައިވާ ކަމަށާއި، މިހާތަނަށް އެންމެ ބޮޑު ގްރާންޓެއް ލިބިފައިވަނީވެސް އައްޑޫ ސިޓީއަށް ކަމަށެވެ.

އައްޑޫ ސިޓީ ބައިބައިކޮށް ބައެއް ރަށްރަށުގައި ވަކި ވަކި ކައުންސިލް އުފެއްދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި ގިނަ ބަޔަކު ދަނީ މިކަމާއި ދެކޮޅަށް ވާހަކަ ދައްކާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން ރައީސް މުއިއްޒުގެ މަގްސަދަކީ ނިޒާމުގެ ތެރެއިން، ދިމާވާ ދަތިތައް ހައްލުކޮށްދެއްވުން ކަމަށް ވާނަމަ އެންމެ ފުރަތަމަ ބައްދަލު ކުރާނީ އައްޑޫ ސިޓީ ކައުންސިލް އާއި ކަމަށާއި ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ ކަމަށް އައްޑޫ ސިޓީ ހުޅުދޫ ކައުންސިލަރ ހުސެއިން ފައިޒުއްރަޙްމާނު ވަނީ ވިދާޅުވެފަ އެވެ.

އެންމެ ބޮޑު ކަންބޮޑުވުމަކީ ރައްޔިތުންނަށް މިކަމުގައި އެކަށީގެންވާ މައުލޫމާތު ނުލިބި، ވާން މިއުޅެނީ ކޮން ކަމެއްކަން ނޭނގި، އަވަސް އަރުވާލައިގެން މިދަފަ ވޯޓެއް ނަގަން ކުރަމުންދާ މަސައްކަތް ކަމަށާއި، އެކަށީގެންވާ ވަގުތު ދިނުމަކާއި ނުލައި މިފަދަ ވޯޓެއް ނަގަން މަސައްކަތް ކުރަމުން ދާއިރު، މިވޯޓްގައި ގިނަ ބަޔަކު ބައިވެރިނުވެ، މައިނޯރިޓީގެ ވޯޓް އަކުން ކަންކަން ބަދަލުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލްއިމާދު ސާލިހު

ކޮމެންޓް

އިތުރަށް ކިޔާލަން

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

04 ނޮވެމްބަރު 2025
ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

26 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު

ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު

16 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް

ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު