Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ މިނިވަންކަން

ޔާމީނުގެ ވެރިކަމުގައި ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް ގާނޫނަށް ގެނެވުނު ބަދަލު އުވާލީ މިސަރުކާރުން: އިމާދު

14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 12:35

މިސަރުކާރުން ރާއްޖޭގެ ބިންކޮޅެއްގެ ކުޑަ މިންވަރެއްވެސް ބޭރުގެ ފަރާތްތަކަށް ދޭން ބޭނުމެއްނުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 12:35
ފަލަސުރުޚީ ޕްރޮގްރާމްގައި އިމާދު ސާލިހު ވާހަކަފުޅުދައްކަވަނީ

ފަލަސުރުޚީ ޕްރޮގްރާމްގައި އިމާދު ސާލިހު ވާހަކަފުޅުދައްކަވަނީ

ކުރީގެ ރައީސް އަދި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް ރާއްޖޭގެ ގާނޫނު އަސާސީއަށް ގެނެވުނު ބަދަލު، ރައްޔިތުން ބޭނުންވާ ގޮތަށް އުވާލީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ކަމަށް އިމާދު ސާލިހު ވިދާޅުވެއްޖެއެވެ.

ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކުރެވޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހުގެނެސް ފާސްކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖުލައި 22 ވަނަ ދުވަހުއެވެ. ގާނޫނު އަސާސީގެ 251 ވަނަ މާއްދާއަށް އެ އިސްލާހު ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. އެ އިސްލާހު ފާސްކުރީ 70 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ ޕީޕީއެމްގެ 44 މެންބަރުންނާއި، އެމްޑީޕީގެ 10 މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ ހަތް މެންބަރުން އަދި އެމްޑީއޭގެ ފަސް މެންބަރުންގެ ވޯޓުންނެވެ. އަދި ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު، މުޅި މަޖިލިސް އިއްތިފާގުވެގެން އުވާލާފައިވަނީ 15 އޭޕްރީލް 2019 ގައެވެ.

Advertisement - newsAdvertisement

މި ގާނޫނާ ބެހޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އިމާދު ވިދާޅުވީ، 2018 ވަނަ އަހަރު ޔާމީންގެ ވެރިކަން ބަދަލުކުރީ ކީއްވެގެންކަމާއެކު ދިވެހި ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ. އޭގައި ވަރަށް ގިނަ ސަބަބުތައް ވާކަމަށް އިމާދު ވިދާޅުވިއެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލާއިރު، އެކަންކަމަށް ބަލަންޖެހޭކަމަށް އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ މިފާއިތުވި ފަސް އަހަރު އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކުރަމުންދިޔަ އެއް މަސައްކަތަކީ ރާއްޖޭގެ މިނިވަންކަން ގެއްލޭކަމަށް ބުނެ އެކަން ރައްޔިތުންނަށް ވިސްނައިދިނުމުގެ މަސައްކަތް ކަމަށެވެ. އަދި މިސަރުކާރުން ދިވެހިންގެ މަސްކަނޑު ވިއްކާލި ކަމަށް ތުހުމަތުކޮށްފައި ވާކަމަށެވެ. ނަމަވެސް ގާނޫނަށް ބަދަލު ގެނައުމުން ރާއްޖޭގެ ބިންކޮޅެއްގެ ކުޑަ މިންވަރެއްވެސް ބޭރުގެ ފަރާތްތަކަށް ދޭން ބޭނުންނުވާ ކަމަށާއި، ރައްޔިތުން އެދޭ ގޮތަށް މިސަރުކާރުން ކަންކަން ކުރަމުން ގެންދާނެ ކަމަށް އިމާދު ވިދާޅުވިއެވެ.

ޔާމީން ދައުރުގެ އަނިޔާވެރިކަމަށް އިޝާރާތްކުރައްވައި އިމާދު ވިދާޅުވީ، ފުރާޅު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރުމާއި، ސިޔާސީ ލީޑަރުން ހައްޔަރުކުރުމާއި، މިނިވަންކަމާއެކު ބަސްބުނުން އޮތީ ހުއްޓުވާފައި ކަމަށާއި، ޑިމޮކްރަސީ އޮތީ ފަހަތަށް ގޮސްފައި ކަމަށެވެ. 2018ގެ ވެރިކަން ރައްޔިތުން ނުކުމެ ބަދަލުކުރީ އެ އަނިޔާވެރިކަން ބޭނުންނުވާތީ ކަމަށާއި، އެ އަނިޔާވެރިކަމުގައި ރައްޔިތުން ސީލް ޖަހާފައިވާކަމަށް އިމާދު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިޚާބުގައި ވޯޓުލާއިރު މިކަންކަމަށް ވިސްނަންޖެހޭ ކަމަށް އިމާދު ވިދާޅުވިއެވެ.

އިމާދު ސާލިހުފަލަ ސުރުޚީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
24 އޮކްޓޯބަރު 2025

ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

24 އޮކްޓޯބަރު 2025
ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
07 އޮކްޓޯބަރު 2025

3 އަހަރުގެ މުއްދަތަކަށް އެންޑީއޭއަށް ސީއީއޯ އެއް ހޯދަނީ

07 އޮކްޓޯބަރު 2025
3 އަހަރުގެ މުއްދަތަކަށް އެންޑީއޭއަށް ސީއީއޯ އެއް ހޯދަނީ
24 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

24 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު
11 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް

11 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް
07 ސެޕްޓެމްބަރު 2025

ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

07 ސެޕްޓެމްބަރު 2025
ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު
03 ސެޕްޓެމްބަރު 2025

ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު

03 ސެޕްޓެމްބަރު 2025
ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު
21 އޯގަސްޓު 2025

ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން

21 އޯގަސްޓު 2025
ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން
07 ޖޫން 2025

ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު

07 ޖޫން 2025
ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް