Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ހުކުރު ދުވަހުވެސް ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުވެއްޖެ، އެތައް ގެޔެއް ފުނޑުކޮށްލައިފި

ހުކުރު ދުވަހު އިޒްރޭލުން ޣައްޒާ އަށް ވަރުގަދަ ހަމަލާތައް ހުއްޓުމެއްނެތި ދެމުން ދިޔައިރު، ލުބްނާންގެ ޙިޒްބުﷲ ގެ ހަނގުރާމަވެރިންނާ އިޒްރޭލާ ދެމުދު ލުބުނާނު-އިޒްރޭލު ބޯޑަރު ސަރަޙައްދުގައި ހަނގުރާމަ އިތުރަށް ގަދަވަމުން ދިޔަކަން ފާހަގަ ކުރެވޭ

ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2024 | ހޮނިހިރު 01:49
ފުނޑުވެފައިވާ އިމާރާތުގެ ދަށުގައިވާ ފަލަސްތީނުގެ ކުޑަ އަންހެން ކުއްޖަކު ސަލާމަތް ކުރުމަށް އެހީތެރިން މަސައްކަތް ކުރަނީ

ފުނޑުވެފައިވާ އިމާރާތުގެ ދަށުގައިވާ ފަލަސްތީނުގެ ކުޑަ އަންހެން ކުއްޖަކު ސަލާމަތް ކުރުމަށް އެހީތެރިން މަސައްކަތް ކުރަނީ

ހުކުރު ދުވަހު ޣައްޒާއަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 34 ފަލަސްތީނު މީހުން ޝަހީދުވެއްޖެއެވެ.

ރަފަހް ސިޓީގައި، މިސްބާހް ސަރަޙައްދުގައި ހުރި ދެ ގެއަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާގައި ތިން ކުޑަކުދިން ހިމެނޭ ގޮތަށް މަދުވެގެން 13 ފަލަސްތީން މީހުން ޝަހީދުވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން އަލްޖަޒީރާއަށް މަޢުލޫމާތު ދީފައިވެއެވެ.

މިސްރުގެ ބޯޑަރާ ގާތުގައިވާ ރަފަހްގެ ސިޓީއަށް ވައިގެ މަގުން ހަމަލާދެމުންދާއިރު އިޒްރޭލު ސިފައިން އެއްގަމު މަގުން ޓޭންކުތަކުގައި ދަނީ ވަންނަމުންނެވެ.

ޣައްޒާގެ މެދުތެރޭގައިވާ ދީރުލް-ބަލާހް ގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ޠާރިޤު އަބޫ ޢައްޒޫމް ބުނި ގޮތުގައި، މި ހަމަލާގައި އެ ދެ ގެ ވަނީ މުޅިން ސުންނާފަތި ވެފައެވެ.

ހަމާސްގެ ހަނގުރާމަވެރިންނާއި އިޒްރޭލް ސިފައިންނާ ދެމެދު މި ސަރަހައްދުގައި ހަމަލާތައް ބަދަލު ކުރެވެމުންދާއިރު، ފަލަސްތީނުގެ ސިވިލް ޑިފެންސް އޮފިޝަލުން ގެންދަނީ ހަމަލާދިން ދެ ގެ ހުރި ސަރަހައްދަށް ވާސިލް ވުމަށް މަސައްކަތް ކުރަމުން ކަމަށް އަލްޖަޒީރާގެ ރިޕޯޓަރ ބުނެފައިވެއެވެ.

އަލްޖަޒީރާގެ ރިޕޯޓަރ ބުނާ ގޮތުގައި ފުނޑުވި އިމާރާތުގެ ދަށުގައި މީހުން ތިބިކަމަށް ވަނީ ބެލެވިފައެވެ.

ރޮއިޓަރސް ނިއުސް އޭޖެންސީއަށް ފަލަސްތީނުގެ އާންމުން މައުލޫމާތު ދީފައިވާ ގޮތުގައި، ރަފަހްގެ ހުޅަނގު އުތުރު ސަރަޙައްދަށް އިޒްރޭލުގެ ޓޭންކުތަކުން އަރަމުން ދާއިރު، މަތިންދާ ބޯޓުތަކުން ޓޭންކްތައް އަންނަނީ އެހީތެރިވަމުންނެވެ.

ހަމާސް މީޑިއާ އިން ބުނާ ގޮތުގައި އެ ސަރަހައްދުގައި ބާރުގަދަ ގޮވުންތަކުގެ އަޑު ކެނޑިނޭޅި ދަނީ އިވެމުންނެވެ. އިޒްރޭލު ސިފައިން މި ސަރަހައްދުގެ އެތައް ގެއަކަށް ހަމަލާދީ ވަނީ ގޮއްވާލާފައެވެ.

ރަފަހްގެ ތަންނޫރު ސަރަޙައްދަށް ވަތް އިޒްރޭލު ސިފައިންނާ ހަމާސްގެ ހަނގުރާމަވެރިން ކުރިމަތިލާ ވަރުގަދަ ހަމަލާތަކެއް އިޒްރޭލު ސިފައިންނަށް ދެމުންދާ ކަމަށް ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ފަލަސްޠީނުގެ ސިއްޙީ އޮފިޝަލުން ބުނާ ގޮތުގައި، ޣައްޒާގެ މެދުތެރޭ ސަރަޙައްދުގައިވާ ނުސައިރާތު ރެފިއުޖީ ކޭމްޕަށް އިޒްރޭލުގެ ޓޭންކުތަކުން ދިން ހަމަލާއެއްގައި 8 މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވިއެވެ. އަދި ޣައްޒާ ސިޓީގައި ހުރި ގެއަކަށް ދިން ވައިގެ ހަމަލާއެއްގައި އިތުރު 6 މީހުން ޝަހީދުވިއެވެ.

އުތުރުގެ ބައިތު ހަނޫންގައި، ކާރަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެފައިވެއެވެ.

އިޒްރޭލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ، ފާއިތުވި ހަފްތާތަކުގައި ރަފަހްގައި ހަރަކާތްތެރިވި އަސްކަރީ ބާރުތަކުން އެތައް ސަތޭކަ ފަލަސްތީނުގެ ހަނގުރާމަވެރިން މަރާލައި، ބިންގަރާސްތަކާއި، ގޮވާ ތަކެތި ހޯދައި، އަދި އަސްކަރީ އިންފްރާސްޓްރަކްޗަރ ހަލާކުކޮށްފައިވާ ކަމަށެވެ.

ހުކުރު ދުވަހު އިޒްރޭލުން ޣައްޒާ އަށް ވަރުގަދަ ހަމަލާތައް ހުއްޓުމެއްނެތި ދެމުން ދިޔައިރު، ލުބްނާންގެ ޙިޒްބުﷲ ގެ ހަނގުރާމަވެރިންނާ އިޒްރޭލާ ދެމުދު ލުބުނާނު-އިޒްރޭލު ބޯޑަރު ސަރަޙައްދުގައި ހަނގުރާމަ އިތުރަށް ގަދަވަމުން ދިޔަކަން ފާހަގަ ކުރެވެއެވެ.

އޮކްޓޯބަރު 7 ގެ ފަހުން އިޒްރޭލުން ގެނަދަނީ ގާޒާއަށް ހުއްޓުމެއް ނެތި ހަމަލާދެމުންނެވެ. މިގޮތުން، ފަލަސްތީނުގެ ސިއްޙަތާ ބެހޭ މިނިސްޓްރީގެ ހިސާބުތަކުން 41,000ށް ވުރެ ގިނަ ފަލަސްޠީނު މީހުން ވަނީ ޝަހީދުވެފައެވެ. ޣައްޒާގެ، 2.3 މިލިއަން މީހުންގެ އާބާދީގެ ގާތްގަނޑަކަށް އެންމެން ކަހަލަ ގޮތަކަށް އެމީހުންގެ ގެދޮރުން ނެރެ، ކާބޯތަކެއްޗަށް ޖެހި ބަނޑުހައިހޫނުކަން މުޅި ޣައްޒާގެ އާބާދީއަށް ވަނީ ފެތުރިފައެވެ. ދުނިޔޭ ކޯޓުން ތުހުމަތު ކޮށްފައިވަނީ ޣައްޒާގައި އިޒްރޭލުން ހިންގަމުންދަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ހަނގުރާމައެކެވެ. އިޒްރޭލުން މިކަން ވަނީ ދޮގުކޮށްފައެވެ.

ހަމާސް-އިސްރާއިލް ހަނގުރާމަފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު