Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް

އަޅުގަނޑުމެންގެ ޕާޓީން މަދަކުން ނޫން މަޖިލީހުގެ މެންބަރުން ހޮވަން ޚަރަދު ކުރީކީ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 15 އޯގަސްޓު 2017 | އަންގާރަ 12:30
ރައީސް ޔާމީން އޭރުގެ ނައިބު ރައީސް އަދީބާއެކު

ރައީސް ޔާމީން އޭރުގެ ނައިބު ރައީސް އަދީބާއެކު

މަރަށް ތެޅުނުއިރު ހާމާނުވެސް ލައްކަ ތެޅުން ތެޅޭތީ ފެނެއެވެ. ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގި މީހާ ކޮސްގޮވާ މަންޒަރު އެކަންޏެއް ނޫނެވެ. ހެދޭ ނުހެދޭ ނޭނގި ތެޅިފޮޅޭތަން ވެސް ފެނެއެވެ. ހަމަ އެބީދައިން ކޮންމެ މީހަކު ވެސް މަރަށް ތެޅޭއިރު ސަލާމަތަަށް އެދި ކުރެވެން އޮތް ކަޮންމެ ކަމެއްވެސް ކުރާނެ ކަމީ ކަށަވަރު ކަމެކެވެ.

ފަހަކަށް އައިސް ރައީސް ޔާމީނާމެދު މީހުން ދައްކާ ވާހަކަތައް ކޮންމެހެން ދައްކާކަށް ނެތީމެވެ. ޚުދު އެމަނިކުފާނު އަމިއްލަފުޅަށް އެދައްކަވާ ވާހަކަތައް ފުދެއެވެ. އެމަނިކުފާނު ވިދާޅުވާ ގޮތައް ނަމަ ފަހަރުގައި "ބޯ ގޮވާ" ހިސާބަށް ވަޑައިގެންނެވުނީއެކޭ އަޅުގަނޑު ދަންނަވާކަށް ނެތީމެވެ. އަދި އަޖަލު ޖެހި ނުވަތަ އެވިދާޅުވާ ގޮތެއް ވެގެން ވާކަމެކޭ ވެސް ބުނާ ހިތެއް ނެތެވެ. އެކަމަކުވެސް މިހާރު އެދައްކަވާ ވާހަކަތަކުން ރައްޔިތުން ކަންބޮޑުވެއެވެ. ރާއްޖޭގެ ރައްޔިތުންގެ ވެރިއަކަށް ހުންނެވި ބޭފުޅާއަށް ރައްޔިތުންގެ ފައިސާއިން ބޭސް ކުރައްވައިގެން ވެސް އެހާލަތު ރަނގަޅު ކުރަން ޖެހިއްޖެ ކަހަލައެވެ. ނާފަހެ ރައީސް ޔާމީން ތިޔަ ދައްކަވަނީ އާދައިގެ ވާހަކަ ތަކެއް ނޫނެވެ. ވޮށް އަލިވާ ހިސާބު ދެއްކޭ ކަހަލަ ވާހަކަތަކެއް ވެސް ނުމެ ނޫންމެއެވެ. ޒުވާނުންގެ ދުވަސްވަރެއްގައި އެނގޭނީ ޒުވާނުންގެ ބަހުން ބުނިއްޔާ ކަންނޭނގެއެވެ. މިހާރު ތިޔަ"ފަޅުއްވަނީ އާދައިގެ ފެޅުމެއް" ނޫނެވެ.

މައިގަނޑު ގޮތެއްގައި މަނިކުފާނުގެ ވާހަކަތަކަކީ ފައިސާއެވެ. ފައިސާ ފައިސާ ފައިސާއެވެ. އޭރު ލިބުނު ފައިސާއާ އެބަޔަކަށް ދިން ފައިސާއެވެ. އެފައިސާ އަކީ އެފައިސާ ދިން މީހާގެ އެއްޗެއް ނޫން ކަމާއި މަނިކުފާނުގެ ފައިސާ ކަމެވެ. ފައިސާ ލިބުނީމާ އެއީ ހަލާލު އެއްޗެއްތޯ އެކަކު ވެސް ނުބަލާނެ ކަމަށް ވިދާޅުވި ފައިސާއެވެ. ފައިސާ ލިބުނީމާ އޭގައި ނުހިފާނީ ކާކުތޯއޭ ވިދާޅުވާ ވާހަކައެވެ. ފައިސާ ދީގެން ހޯދި މެންބަރުންނާ އެމެންބަރުން ފައިސާއަށް ދިޔަ ވާހަކައެވެ. އޭރު ބޭނުން ކުރަމުން ދިޔައީ ރައްޔިތުންގެ ފައިސާއޭ މީހުން ގޮވާ ނެގިއިރު ވެސް އެފައިސާ އޭރު ހުއްދަވީ ވާހަކައެވެ. އެފައިސާ އޭރު ހޯދައިދީ މަޖިލީހުގެ މެޖޯރިޓީ ހޯދައިދިން މީހާ ޚާލިދުބުނު ވަލީދަށް ވީ ވާހަކައެވެ. ހަމަ އެފައިސާ މިއަދު ހަރާމްވެ އެފައިސާ ހޯދައިދިން މީހާ އެފައިސާގެ ޒިންމާ ނަގަން ޖެހޭނެ ކަމުގެ ވާހަކައެވެ. އަމިއްލަ ގެއަށް ވެއްދި ފައިސާ އޭރު ހަލާލް ވެފައި މިއަދު އެފައިސާ ހަރާމް އެއްޗަކަށްވި ވާހަކައެވެ. ފައިސާގެ ވާހަކަ ދައްކާ މީހުންނަށް ހަމައެކަނި ފެނުނީ އެގެއަށް ފައިސާ ވައްދާތީ ކަމަށް ވިދާޅުވި ވާހަކައެވެ. ފައިސާ ފައިސާ ފައިސާއެވެ. އޭރުވެސް މިހާރުވެސް ހަމަ ފައިސާއެވެ.

ރައީސް ޔާމީނެވެ. މިހުރިހާ ފައިސާއެއްގެ ވާހަކަ ތިޔަ ވިދާޅުވަނީ އަމިއްލަ ފުޅަށެވެ. ތިޔަ ވިދާޅުވަނީ މަނިކުފާނަށާއި ތިޔަ ވިދާޅުވާ އަދީބުގެ އިތުރުން އެފައިސާ ގެންދިޔަ މީހުންނާ އެފައިސާ ދިނީމާ ހިފި މީހުންނަށް ނޫނީ ނޭނގޭނެ ވާހަކަ ތަކެކެވެ. އަދި އެކަހަލަ ވަހުމްތަކެއްގައި ބަޔަކު މީހުން ދެއްކީތީ އޭރު ދޮގު ކުރެއްވި ވާހަކަތަކެކެވެ.

ރައީސް ޔާމީން! ތިޔަ ވިދާޅުވާ އަދީބު ދިވެހިނަށް އެނގުނީކީ މިއަދަކު ނޫނެވެ. އަދީބު އަދީބަކަށް ވީގޮތާއި، ދީބުގެ އަދީބަކަށް އަދީބު ހެއްދެވީ މަނިކުފާނު ނޫން ކަމަށް ޤަބޫލް ކުރާނެ އެއްވެސް މީހަކު މިއުޑު ބަޅުކުރި ހިސާބަކު ނޫޅޭނެއެވެ. އަދި އެއަދީބު އަދީބަކަށް ހެއްދެވީ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށާއި މަނިކުފާނު ހިތުހުރި ގޮތކަށް ވެރިކަން ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯއްދަވަންކަން އޮޅޭނެ އެކަކުވެސް ނެތެވެ. އޭރު ވެސް އާއްމުން ދެއްކީ ހަމަ އެފައިސާތަކުގެ ވާހަކައެވެ. އެކަމަކު މެންބަރުން ހޯއްދަވަން އެފައިސާ ހޭދަކުރެއްވިކަން މަނިކުފާނަށް ތިޔަ ވިދާޅުވެވުނީ އެމެންބަރުން މަނިކުފާނު ތިޔަވިދާޅުވާ ގޮތަށް ނަމަ ފައިސާއަށް ދިޔަ ފަހުންނެވެ.

"އަޅުގަނޑުމެންގެ ޕާޓީން މަދަކުން ނޫން މަޖިލީހުގެ މެންބަރުން ހޮވަން ޚަރަދު ކުރީކީ. މީގައި ބޮޑު ހޭދައެއް ކޮށްދެއްވީ އަހުމަދު އަދީބު. އެހެންވީމަ ޑޭ ވަން އިން ފެށިގެން އަހުމަދު އަދީބު ގެންގުޅުއްވި ފައިސާއަކީ ހަލާލު ނޫން، ހައްގު ނޫން ފައިސާ ކަމަށްވާ ނަމަ އަޅުގަނޑުމެން އެބަ ޖެހޭ ވިސްނާލަން،" މަނިފާނަށް ތިޔަ ވިދާޅުވެވުނީ ހަމަ އެހެން މީހުންވެސް ދައްކާ ގޮތަށެވެ.

ރައީސް ޔާމީން!. ތިޔަ ވިދާޅުވަނީ ހަމަ ރަނގަޅަށެވެ. ތިޔައީކީ މީހުންނަށް އޮޅިފައި އޮތް ކަންކަމެއް ނޫނެވެ. އަދި އެހެން ޕާޓީތަކުގައި ތިބި މެންބަރުންނާއި ކައުންސިލަރުންނާ އިދިކޮޅު އެކްޓިވިސްޓުން މުލިއާގޭގައި ސޮއިކޮށް ނެގިއިރު ވެސް ރައްޔިތުން ތިޔަ ވާހަކަ ދެއްކިއެވެ. އޭރު މަނިކުފާނާ ޖެހިވަޑައިގެން އިންނަވަނީ ވެސް ތިޔަވިދާޅުވާ އަދީބެވެ. ނޫންނަމަ މަނިކުފާނުގެ އަނބިކަނބަލުންގެ އަރިހުގައި ވެސް އިންނެވީ ހަމަ އަދީބެވެ.

ދެން ތިޔަ ވިދާޅުވަނީ ވެސް މީހުން ސިއްރުން ކިޔާ އުޅުނު ވާހަކަތަކެކެވެ. ޓްވީޓް ތަކުގައި ލިޔެއުޅުނު ވާހަކަތަކެވެ. ރައްޔިތުން އޭގެ ހަޤީގަތް އެނގެން ބޭނުންވެފައި ތިބި ވާހަކަ ތަކެކެވެ.

"އެފައިސާ ވަދެފައި ވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް ނޫން. ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ޚަރަދުކޮށްފައި ހުންނާނީ އަހުމަދު އަދީބު. އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން. މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލުކުރެވޭ ނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ."

ތިޔަ ވިދާޅުވީ ހަމަ ރަނގަޅަށް ތޯއެވެ. އެހެން މިބުނަނީ މަނިކުފާނުގެ ގާތުގައި މިހާރު އުޅުއްވާ ބޭފުޅުންނަށްވެސް އެފައިސާ ލިބުނު ކަމަށް ބުނާތީއެވެ. އަދީބު ހިފައިދީފައި ހުރި ފްލެޓެއްގައި އުޅުނު މީހުންނެވެ. ތިން ހަތަރު ފިހާރަ ނަގުދު ފައިސާ ދީފައި ގަނެލަދީގެން އަދީބު އަރިހުގައި ގެންގުޅުނު މީހުންނޯލައެވެ. ތެޔޮ ފިހާރަތަކާއި މާލޭގެ ރަނގަޅު ހިސާބުތަކުން ބަސްބުނި ހިނދުން ގޯތި ގަނެލަދިން މީހުންނެވެ. އަތުގައި އޮތް އަނގޮޓިއާ އަގުބޮޑު ގަޑި ގަނެލެވޭވަރުގެ މީހަކު ނެތް ކަމަށް ވިދާޅުވާ މީހުންނެވެ. އަދީބު ވަރުގެ މީހަކު ނެތިގެން އޭރު އުޅުނު މީހުން އަދިވެސް މަނިކުފާނުގެ ގާތުގައި ތިބީތީއެވެ.

ނޫނޭވާ މަނިކުފާނު ގަދައެވެ. ތިޔަ ހުރީކީވާ އާދައިގެ ގަޓެއް ނޫނެވެ. ތިޔަ ހުރިހާ ވާހަކައެއް ވެސް ތިޔަ ދައްކަވަނީ ހަމަ އަމިއްލަފުޅަށެވެ. ތިޔަވަރުގެ ރައީސެއް ދެނެއް މިބިމަކަށް ލިބޭނެ ހެނެއް ހީއެއް ނުވެއެވެ. ދެރައީ އިންސާފާއި ހަމަހަމަ ޤައުމަކަށް ވާދުވަހަކުން މަނިކުފާނު އަޒުލު ކުރާނެތީއެވެ. ދައްކަން ޖެހޭ ފައިސާތައް ނުދެއްކި ގޯތި ގެދޮރު ވިއްކާން ޖެހޭނެތީއެވެ. ވެރިކަމުގެ ޝަރުތު ގެއްލިއްޖެކަމަށް ކަނޑައަޅައިލެވޭވަރުގެ މަޖިލީހަކަށް އެތަން ބަދަލު ވެދާނެތީއެވެ. އިންސާފްވެރި ހުކުމެއް ކުރާ ކޯޓަކުން ކުރާ ނިޔާއަކުން މަނިކުފާނު ތިޔަ ހައްދަވާ އެނދުގައި ބާއްވައިގެން މަރުގެ ހުކުމް ތަންފީޒް ކުރަން ޖެހޭ މީހަކަށް މަނިކުފާނު ވެދާނެތީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމިއްލަފުޅަށް ވެރިކަން ބޭނުންވި ދުވަހު އެހެން މީހުންގެ އަބުރާ އިއްޒަތް އޮތީ ކޮންތާކުތޯއެވެ؟

އަމިއްލަފުޅަށް ވެރިކަން ބޭނުންވި ދުވަހު އެހެން މީހުންގެ އަބުރާ އިއްޒަތް އޮތީ ކޮންތާކުތޯއެވެ؟

24 އޯގަސްޓު 2025
އަމިއްލަފުޅަށް ރައީސް ވެވަޑައިގެންނެވި އިއުތިރާފް!

އަމިއްލަފުޅަށް ރައީސް ވެވަޑައިގެންނެވި އިއުތިރާފް!

02 މާރިޗު 2025
ފަސޭހަކަމާއެކު ދެވަނަ އަދި ތިންވަނަ ދައުރެއް ހޯއްދެވެން އޮތް ހަމައެކަނި ގޮތަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަމިއްލަފުޅަށް އައްޔަން ކުރެއްވުންތޯ؟

ފަސޭހަކަމާއެކު ދެވަނަ އަދި ތިންވަނަ ދައުރެއް ހޯއްދެވެން އޮތް ހަމައެކަނި ގޮތަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަމިއްލަފުޅަށް އައްޔަން ކުރެއްވުންތޯ؟

28 އޮކްޓޯބަރު 2024
އަމިއްލަފުޅަށް މުސާރާތައް ކުޑަކުރައްވައިގެން ގައުމު ބަދުނާމު ނުކުރައްވާށެވެ!

އަމިއްލަފުޅަށް މުސާރާތައް ކުޑަކުރައްވައިގެން ގައުމު ބަދުނާމު ނުކުރައްވާށެވެ!

24 އޮކްޓޯބަރު 2024
އދ އަށް ރައީސަކު މިއުޅެނީ އަލަށް ގޮސްގެންތަ!؟

އދ އަށް ރައީސަކު މިއުޅެނީ އަލަށް ގޮސްގެންތަ!؟

25 ސެޕްޓެމްބަރު 2024

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު