Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕީއެންސީގެ ކެންޑިޑޭޓުން

ރައީސެވެ. އަމިއްލަފުޅަށް ތިޔަ ރޫޅާލައްވަނީ އަމިއްލަފުޅު ޕާޓީއެއް ނޫންތޯއެވެ؟

9 ފެބުރުއަރީ 2024 | ހުކުރު 13:47

މިހާރު ފެންނަނީ ޕީއެންސީ "ރޫޅެން" ދިޔުމުގެ ކޮޅުމަތި ކަމަށް ބައެއް ފަރާތްތަކުން ބުނޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 9 ފެބުރުއަރީ 2024 | ހުކުރު 13:47
ޕީއެންސީގެ ރައީސް އަދި ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު

ޕީއެންސީގެ ރައީސް އަދި ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބަށް ޕާޓީތަކުން ކެންޑިޑޭޓުން ނެރެ، ތައްޔާރީތައް ވަމުންދާއިރު، ސިޔާސީ ތަފާތު ކަންކަން ހިނގުމަކީ އާންމު ކަމެކެވެ. އެ ހުރިހާ ކަމެއް ހިންގަނީ ނުވަތަ ހިނގަނީ ވެސް ގިނަ ފަހަރު މަޖިލީހުގެ ގޮނޑި ކާމިޔާބުކުރުމަށްޓަކައެވެ. ވަކިން ޚާއްސަކޮށް ޕާޓީތަކުން ނުކުންނަ ފަރާތްތަކުން، އެ ޕާޓީއަށް ގޮނޑި ކާމިޔާބުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއެވެ.

އެ ކަން ކުރުމުގައި އެންމެ މައިގަނޑު ގޮތެއްގައި ބަލާނީ ޕާޓީ ބައިބައިނުވެ، ހިފެހެއްޓޭނެ ގޮތެއް ހޯދައިގެން އެ ވޯޓުތައް ހޯދޭނެ ގޮތަކަށް މަސައްކަތް ކުރުމެވެ.

އެހެން ނަމަވެސް، މި ފަހަރު މި އޮތީ މުޅިން އައު ބާވަތެއްގެ ވާހަކައެވެ. ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ނުކުންނަވާ ކެންޑިޑޭޓަށް ތާޢީދުނުކޮށް، އަމިއްލަފުޅަށް އެހެން ބޭފުޅަކަށް ތާޢީދުކުރެއްވުމެވެ. މިއީ އާންމު މީހެއްގެ ހައިސިއްޔަތުން ބަލާއިރު އައު ކަމަކަށް ވީ ނަމަވެސް، ރާއްޖޭގެ އެންމެ މަތީ މަގާމު، އާދެ, ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެފަދައިން ޢަމަލުކުރައްވާތަން ފެނުމަކީ އައު މަންޒަރެކެވެ.

މި މައްސަލައަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީޙުގެ އިންތިހާބުގައި، ޕީއެންސީގެ ފަރާތުން ޓިކެޓު ކަށަވަރުވެ، އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބަށް ޕާޓީގެ ޓިކެޓުގައި ކެމްޕޭނު ކުރައްވަމުން ގެންދަވާ ދެ ބޭފުޅެއްގެ މައްސަލައެވެ. މައްސަލަ ޖެހިގެން އުޅެނީ، މިހާރު ވެރިކަން ކުރާ ސަރުކާރުގެ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން މަޖިލީހަށް ނުކުންނަވާ ދެ ކެންޑިޑޭޓެއްގެ ބަދަލުގައި، އެ ޕާޓީގެ ރައީސް އަދި ދައުލަތުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެހެން ދެ ބޭފުޅަކަށް ތާޢީދުކުރައްވާ ފަދަ ވާހަކަތަކެއް ދައުރުވުމާ އެކުއެވެ.

އެއީ ޕީއެންސީގެ ފަރާތުން ތިމަރަފުށީގެ ދާއިރާއަށް ނުކުންނަވާ އިބްރާހިމް ސަނާހް (ސަންޓޯ) އަދި ގައްދޫ ދާއިރާ އަށް ނުކުންނަވާ މަޙްމޫދު ޝަފީގް (މަހާ)ގެ ބަދަލުގައި އަމިއްލަ ގޮތުން ނުކުންނަވާ ކެންޑިޑޭޓުންތަކަށް ރައީސް ތާއީދުކުރެއްވުމެވެ.

މި ވާހަކަތަކަކީ އާންމު ފަރާތްތަކެއްގެ ފަރާތުން އައި ވާހަކަތަކެއް ނަމަ އެއީ، ޙަގީގަތެއް ނެތް ވާހަކަތަކެއްގެ ގޮތުގައި ބެލެވުނީހެވެ. އެހެން ނަމަވެސް، މި ވާހަކަތައް އެގޮތަށް ދެއްކަވަނީ އެ ޕާޓީގެ އެންމެ އިސް މެންބަރުންވެ. އަދި އެކަން ޢަމަލުން ދައްކަވަނީ ސަރުކާރުގެ އެކި ފަންތީގައި ތިއްބެވި ބޭފުޅުންނެވެ.

މި ބޭފުޅުންގެ ތެރެއިން ސަންޓޯގެ މި ވާހަކަ މީސް މީޑިޔާގައި މި ވާހަކަ ދައުރުވާން ފެށީ، ރައީސް މުއިއްޒު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި، ރައީސް އޮފީހުގައި މަސައްކަތްކުރައްވާ ދެ ވަޒީރުން ކަމަށްވާ އާދަމް ރަމީޒް އާއި އަބްދުﷲ ނަސީރު ބައިވެރިވެވަޑައިގެން، ބަޔަކާ އެއްކޮށް ބޭއްވި ބައްދަލުވުމަކާ އެކުއެވެ.

ވަޒީރު އާދަމް ރަމީޒް އަދި އަބްދުﷲ އަކީ ރައީސް މުއިއްޒުގެ އެންމެ އަރިހުގައި ސިޓީ ކައުންސިލުގައި ވެސް މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ. އަދި ފެންނަ ފެނުމަށް ރައީސް މުއިއްޒު އެންމެ އިތުބާރު ކުރައްވާ ބޭފުޅުންގެ ތެރޭގައި އެ ދެ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ.

ކޮންމެއަކަސް، އެ ބައްދަލުވުމުގައި ރަމީޒު ދެއްކެވީ ރައީސް މުއިއްޒު، އެނާގެ އަރިހުގައި ދެންނެވި ވާހަކަތަކެވެ. އެގޮތުން ރަމީޒު ވިދާޅުވި ގޮތުގައި، ތިމަރަފުށީ ކައުންސިލު މެންބަރުންނާ އެއްކޮށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި، ރައީސްގެ ތާއީދު އޮތް ބޭފުޅާގެ ވާހަކަ ވިދާޅުވެދެއްވާނެ ކަމަށެވެ.

އެގޮތުން ރަމީޒު ވިދާޅުވި ގޮތުން، ރައީސް މުއިއްޒުގެ ތާއީދު އޮތީ، އެ ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ރިޔާޒުގެ ކޮއްކޯފުޅު، އަދި އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ އަހުމަދު ރިޔާޒަށެވެ. ދައުރުވަމުންދާ ވީޑިޔޯގައި ވަޒީރު ރަމީޒު ވިދާޅުވާ ގޮތުގައި، ރައީސް މުއިއްޒު ވަނީ ސަނާހުގެ ކެމްޕޭނުގެ މަސައްކަތްތައް ހުއްޓާލުމަށް އެންގުމަށް ރަމީޒުގެ އަރިހުގައި ދަންނަވާފައެވެ.

މިކަން ސަންޓޯގެ ކެމްޕޭނު ޓީމުން ސިފަ ކުރަނީ "ބަޣާވާތެއްގެ" ގޮތުގައިއެވެ. އެކަމާ ގުޅިގެން ތިމަރަފުށީ ދާއިރާގެ އާންމުންގެ ތެރެއިން، ސަންޓޯއަށް ތާއީދުކުރާ ގިނަ ފަރާތްތަކެއްގެ ނުރުހުން ވަނީ ރައީސް މުއިއްޒުއަށް އަމާޒުވެފައެވެ.

ދެން އޮތީ ގައްދޫ ދާއިރާއަށް ޕީއެންސީގެ ފަރާތުން ނުކުންނަވާ މަޙްމޫދު ޝަފީގް (މަހާ) އަށް ރައީސް މުއިއްޒުގެ ފަރާތުން ދެއްވި "ހަދިޔާ"އެވެ. ގައްދޫ ދާއިރާއަށް މަހްމޫދު ހޮވެވަޑައިގެންނެވީ، އިތުރު ފަސް ބޭފުޅަކާ ވާދަ ކުރައްވައިގެންނެވެ.

އެހެން ނަމަވެސް، ޕްރައިމަރީގައި ވާދަނުކުރައްވައި، ރައީސް މުއިއްޒުގެ އެންޑޯޒްމަންޓާއެކު އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ، ކުޅިވަރާ ބެހޭ ވުޒާރާގެ ނައިބު ވަޒީރު މުޙައްމަދު އަލީ މިހާރު ވަނީ އެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފައެވެ.

ތައުލީމީ ކަންކަމާ ބެހެ ވަޒީރު، ޑރ. އިސްމައީލް ޝަފީއުއާ އާއިލީ ގޮތުން ގުޅުން އޮންނަ އަލީ، މަޖިލީހަށް ނުކުންނަވާ ކަމުގެ އިއުލާން ކުރެއްވިއިރު، އޭނާ އަދި ވެސް ހުންނެވީ ސިޔާސީ މަގާމުގައެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އޭނާ އަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މިއީ ސީދާ، ޕާޓީގެ މެންބަރުގެ މެދުގައި ރުޅިވެރިކަމާއި އަދާވާތްތެރިކަން އުފެއްދުން ނޫން ދެން އިތުރު ކޮން ކަމެއްތޯއެވެ. މީގެ ކުރިން ރާއްޖޭގައި އަބަދުވެސް ޢަމަލުކުރަމުން އައީ ވެސް، ޕާޓީއަކުން ނުކުންނަވާ ކެންޑިޑޭޓަކަށް އެއިރެއްގަިއ ހުންނަވާ ރައީސަކު ތާއީދުކުރެއްވުމެވެ. ކޮންމެ އަކަސް، ޕީއެންސީން މިއަދު ފެންނަނީ ޕީއެންސީ "ރޫޅެން" ދިޔުމުގެ ކޮޅުމަތި ކަމަށް ބައެއް ފަރާތްތަކުން ބުނަނީ މިހެންވެއެވެ.

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2017

ތިޔަ ޖޯކު ޖެހުނީ ފުއާދަކަށް ނޫން! ލަދެއް ނުގަނޭތަ؟

28 އޮކްޓޯބަރު 2017
ތިޔަ ޖޯކު ޖެހުނީ ފުއާދަކަށް ނޫން! ލަދެއް ނުގަނޭތަ؟
17 އޮކްޓޯބަރު 2017

ރައީސް ވަޙީދަކީ ޕަޕެޓެއް، އަދީބަކީ ހަތިޔާރު، ތިޔަވެވުނީ އިޢުތިރާފު، ދެން އަތް ޖަހާ!

17 އޮކްޓޯބަރު 2017
ރައީސް ވަޙީދަކީ ޕަޕެޓެއް، އަދީބަކީ ހަތިޔާރު، ތިޔަވެވުނީ އިޢުތިރާފު، ދެން އަތް ޖަހާ!
07 އޮކްޓޯބަރު 2017

ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

07 އޮކްޓޯބަރު 2017
ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...
23 ސެޕްޓެމްބަރު 2017

ޝައިހް ތިޔަ ވިދާޅުވަނީ ކީކޭތޯއެވެ؟

23 ސެޕްޓެމްބަރު 2017
ޝައިހް ތިޔަ ވިދާޅުވަނީ ކީކޭތޯއެވެ؟
15 އޯގަސްޓު 2017

ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް

15 އޯގަސްޓު 2017
ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް
22 ޖޫން 2017

އަދީބު ބޭރަށް ނުފޮނުވަން ތިޔައުޅުއްވަނީ "ވެއްޓިދާނެތީ" ބިރުން!

22 ޖޫން 2017
އަދީބު ބޭރަށް ނުފޮނުވަން ތިޔައުޅުއްވަނީ "ވެއްޓިދާނެތީ" ބިރުން!
31 މެއި 2017

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

31 މެއި 2017
ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.
26 އެޕްރީލު 2017

ދަރީންނަށް ތިޔަ ދަސްކޮށްދެނީ އަނިޔާވެރިކަމެވެ!

26 އެޕްރީލު 2017
ދަރީންނަށް ތިޔަ ދަސްކޮށްދެނީ އަނިޔާވެރިކަމެވެ!
19 އެޕްރީލު 2017

ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

19 އެޕްރީލު 2017
ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟
29 މާރިޗު 2017

ތިޔަ ހުރި ގަޓެއްގެ ހަފުށް ނިކަން ސާފުކޮށް ފެނިއްޖެ

29 މާރިޗު 2017
ތިޔަ ހުރި ގަޓެއްގެ ހަފުށް ނިކަން ސާފުކޮށް ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް