Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ފަސޭހަކަމާއެކު ދެވަނަ އަދި ތިންވަނަ ދައުރެއް ހޯއްދެވެން އޮތް ހަމައެކަނި ގޮތަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަމިއްލަފުޅަށް އައްޔަން ކުރެއްވުންތޯ؟

ފުޓުބޯޅަ މެޗަކަށް ދެޓީމު ދަނޑަށް ނުކުންނައިރު، ރެފްރީ އައްޔަން ކުރަނީ އެތަނުން އެއްޓީމުން ނަމަ އަނެއް ޓީމު ދަނޑަށް އެރުމުގެ މާނައެއް ނެތެވެ. ރެފްރީގެ ނިންމުން އަދުލުވެރިވާނެ ކަމަށް ދުށުމުގެ ބޭނުމެއްވެސް ނެތެވެ.

އާމިރު ސަލީމް
އާމިރު ސަލީމް | 28 އޮކްޓޯބަރު 2024 | ހޯމަ 13:08
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ދެ ފުށް ދެ ގޮތްކަމާ ބަހާ އަމަލާ ދިމާނުވުމާ ދޮގު ހެދުމުގެ ސިޔާސަތުތަކުގެ ވާހަކަ ރައްޔިތުން ދައްކަމުން ދަނިކޮށް މިހާރު އެވާހަކަތަކުގެ ތެރެއަށް މުޅިން އައު ވާހަކައެއް އިތުރުވެއްޖެ އެވެ. އެއީ ދައުލަތުގެ މިނިވަން މުއައްސަސާތައް ހަލާކު ކުރެއްވުމަށް ސަރުކާރުން ފަށައިގެން އުޅޭ މަޝްރޫޢުތަކުގެ ވާހަކައެވެ. މި ސަރުކާރުގެ ކުރީ ކޮޅުން ފެށިގެން މިޒާތްޒާތުގެ ވާހަކަތައް އިވެމުން ދިއަ ނަމަވެސް އެވާހަކަތައް އިވެމުންދިއައީ އެހާ އަޑު ހަރުކޮށެއް ނޫނެވެ.

ނަމަވެސް ގައުމީ ބޭންކް ހިންގެވެމުގެ ތެރެއަށް ސަރުކާރުން ވަން އާދަޔާ ޚިލާފު ގޮތާ ބޭންކުގެ އިސްމަގާމަށް ބޭފުޅަކުން އައްޔަނު ކުރެއްވުމަށް ކަން ކުރެއްވި ގޮތާއެކު މި ޒާތުގެ ވާހަކަތަކުގެ އަޑު ވަރަށް ގަދަވެއްޖެއެވެ. އެއްވާހަކައެއް އެއްގޮތަކަށް ގިނަބަޔަކު ދައްކާނަމަ އެވާހަކައެއްގައި އަސްލެއް ނެތި އެއް ނުދާނެއެވެ. ފާޅުކަން ބޮޑުގޮތެއްގައި ސަރުކާރުން މިކަން ފެށި ގައުމީ ބޭންކާ ހިސާބުން ނަމަވެސް މިއަދު މިކަން މިވަނީ އާއްމު ކަމަކަށް ވެފައެވެ. ހަލާކު ކުރައްވާތީ ފެންނަނީ އާދައިގެ ތަންތަނެއް ވެސް ނޫނެވެ.

ހަފްތާގެ ތެރޭގައި ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު އެއް ކަމަކީ އިލެކްޝަންސް ކޮމިޝަނަރ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އެއީ ރައީސް މުއިއްޒު އައްޔަން ކުރާ ބަޔަކަށް ހެދުމަށް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ވާހަކަ އެވެ. ދައުލަތުގައި ހުންނަ މުއައްސަސާތަކުގެ ތެރެއިން އެންމެ މުހިއްމު ދެ މުއައްސަސާގެ އެންމެ އިސްމަގާމު އެއީ ރައީސް މުއިއްޒު އައްޔަނު ކުރައްވާ މަގާމަކަށް ހައްދަވަން ބޭނުންވި ހިސާބުން ރައީސްގެ ނިޔަތް ގޯސްކަމާ މެދު ޝައްކެއް ކުރާނެ ޖާގައެއް އެބައޮތްތޯއެވެ.

ވެރިކަމުގެ ހުވާ ކުރެއްވި ހިސާބުން މުޅިންވެސް އިވެމުން ދިއައީ ދިހަ އަހަރުގެ ވެރިކަމެއް ރައީސް މުއިއްޒު ބޭނުންފުޅުވާ ވާހަކައެވެ. އެވާހަކަ ފަހުން 15 އަހަރަށް މިހާރު 20 އަހަރަށް ވެސް ބަދަލު ވެއްޖެއެވެ. ދިގު މުއްދަތެއްގައި ވެރިކަން ކުރެއްވުމުގެ ޝައުގުވެރިކަން ރައީސް މުއިއްޒުގެ ހިތްޕުޅުގައި އޮތުމަކުން މައްސަލައެއް ނެތެވެ. އެކަމަކު ސުވާލަކީ ރައީސްގެ އެ އުއްމީދު ފުރިހަމަ ކުރުމަށް ދިވެހި ދައުލަތް ގުރުބާން ކުރައްވަން ޖެހިވަޑައިންނެވީތޯއެވެ. ހަމަ ރިތިކޮށް ހިނގަ ހިނގާ އޮތް މި ގައުމާ ދުނިޔޭގެ ނެތް ފެންވަރުގެ ފެހި ޤާނޫނު އަސާސީއާއި ތަހުޒީބު ކޮންމެ ގައުމެއްގައި ހުރިއްޔާ ހުރިހާ މުއައްސަސާތަކެއް ހަލާކު ކުރައްވައިގެން އަމިއްލަފުޅު އެދުން ފުރިހަމަ ކުރައްވަން ޖެހުނީތޯއެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމު މިހަކާ ހަވާލުކުރަނީ އިދާރީ ގޮތުން ގައުމު ހިންގާށެވެ. ހިނގާތޯ ބަލާށެވެ. ރައްޔިތުންގެ މައްޗަށް ޒިންމާވެ ޖަވާބުދާރީވާށެވެ. ރައްޔިތުންގެ ޚަޒާނާ އަމާނާތްތެރިކަމާއެކު ބަލަހައްޓާށެވެ. އެއީ ވާރުތައިން ލިބުނު ތަރިކަ މުދާގަޑެއް ކަމަށް އެއްވެސް ރައީސަކަށް ހީފުޅުވާނަމަ އެއީ ގޯހެކެވެ. ކުށެކެވެ. ކުށް ހީއެކެވެ. އަމިއްލަފުޅު ޖާހާ ވެރިކަމުގެ ލައްޒަތަށްޓަކައި ގައުމު ހަލާކު ކުރުމަކީ ބޭ އިންސާފެކެވެ. ރައްޔިތުން ހަވާލުކުރި އަމާނާތަށް ވެވޭ ޚިޔާނާތެކެވެ.

ފުޓުބޯޅަ މެޗަކަށް ދެޓީމު ދަނޑަށް ނުކުންނައިރު، ރެފްރީ އައްޔަން ކުރަނީ އެތަނުން އެއްޓީމުން ނަމަ އަނެއް ޓީމު ދަނޑަށް އެރުމުގެ މާނައެއް ނެތެވެ. ރެފްރީގެ ނިންމުން އަދުލުވެރިވާނެ ކަމަށް ދުށުމުގެ ބޭނުމެއްވެސް ނެތެވެ.

ހަމަ މި ބީދައިން ރައީސް ކަމުގެ މަގާމުގައި ހުރި ބޭފުޅަކު އަދި އަމުދުން 15، 20 އަހަރު ވަންދެން ވެރިކަމުގެ ޝައުގުވެރިކަމުގައި ހުންނެވި ބޭފުޅަކު އިންތިޚާބުތަކާ ބެހޭ ކޮމިޝަންގެ ވެރިޔަކަށް ހުންނަން ޖެހޭ މީހާ އަމިއްލަފުޅަށް ކަނޑައަޅުއްވަން ނިންމަވާ ހިސާބުން އެހެން ބަޔަކު އިންތިޚާބުގައި ވާދަކުރަން ނުކުތުމުގެ މާނައެއް ނެތެވެ.

ގަބޫލު ކުރައްވާށެވެ. އަމިއްލަފުޅު ޒާތަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުން ރެކިވަޑައިގަންނަވަން އޮތް ހަމައެކަނި ހައްލަކީ އެ މައްސަލަތައް ބަލަން އޮތް ކޮމިޝަންގެ ރައީސް އަމިއްލަފުޅަށް އައްޔަންކުރުން ކަމަށް ގަބޫލުފުޅު ކުރެއްވޭ ނަމަ އަމާޒު ހިފިފައި ތިޔަ ހުންނެވީ މުޅިން ނުބައި ދިމާލަކަށެވެ. އަދި ފަސޭހަކަމާއެކު ދެވަނަ އަދި ތިންވަނަ ދައުރެއް ހޯއްދެވެން އޮތް ހަމައެކަނި ގޮތަކީ އިންތިޚާބު ތަކާ ބެހޭ ކޮމިޝަންގެ ވެރިއަކަށް ހުންނަވާ މީހާ އެއީ އަމިއްލަފުޅަށް އައްޔަން ކުރައްވާ މީހަކަށް ހެއްދެވުން ކަމަށް ދެކިވަޑައިގަންނަވާ ނަމަ ތިޔަ ވަޑައިގެންނެވެނީ މުޅިން އެހެން ދިމާއަކަށެވެ. ގައުމު ތިޔަ ސޮއްސާލެއްވެނީ އެތައް އަހަރެއްގެ ފަހަތަށެވެ. ފުނޑުފުނޑު ތި ކުރައްވަނީ އެތައް އަހަރަކުން ދިވެހިން ހޯދި ޑިމޮކްރަސީއެވެ. އެހެންވެއްޖެ ނަމަ ރައީސް ވެވަޑައިގަންނަވާނީ ރޮބަޓް މޮގާބޭ ފަދަ، ކިމްޖޮންއުން ފަދަ ޚުދުމުޚުތާރު ވެރިއަކަށެވެ.

މަގޭ ރިޕޯޓްޑރ. މުހައްމަދު މުއިއްޒުއޭސީސީއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު