Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހެޔޮވެރިކަމެއް ކުރައްވަން މިވަރުގެ ރައީސަކު ނުހުންނަވާނެ!

އާބާދީގައި 500 ހަމަ ނުވާ ރަށްރަށުގައި ވެސް ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން އަންނަނީ ހިންގަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2021 | ހުކުރު 12:02
ރައީސުލްޖުމްހޫރިއްޔާ ހިމަންދޫގެ ބަނދަރު ހުޅުއްވައިދެއްވަނީ

ރައީސުލްޖުމްހޫރިއްޔާ ހިމަންދޫގެ ބަނދަރު ހުޅުއްވައިދެއްވަނީ

ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ވެރިއަކުވެސް ގިނަ ވައުދުފުޅުތަކެއް ވެއެވެ. ރައްޔިތުންގެ އެދުމުގެ މަތިންނާއި އަމިއްލަފުޅަށެވެ. ނަމަވެސް ގިނަ ފަހަރު ވެރިކަމަށް ވަޑައިގެން ތަފާތު ކުރުންތައް ފެނެއެވެ. ބޮޑެތި އާބާދީއާއި ކުދި އާބާދީތައް ތަފާތު ކުރެވެއެވެ. މިއީ ރައްޔިތުންގެ ނިމުމެއް ނެތް ޝަކުވާއެކެވެ. މި ޝަކުވާތަކަށް ހައްލެއް ނުލިބި ޒަމާންތަކެއް ވެގެންދިޔައެވެ. ނަމަވެސް މިހާރު މަންޒަރު ބަދަލުވެއްޖެއެވެ. ބޮޑު އާބާދީއެއް ކުޑަ އާބާދީއެއް ބެލުމެއް ނެތެވެ. ކުލަޔަކަށް ސިޔާސީ ފިކުރަކަށް ބެލުމެއް ނެތެވެ.

މިކަމުގެ ސާފު އެއް ހެއްކަކީ ޒަމާންތަކެއް ވަންދެން ބާކީ ވެފައި ތިބި އާބާދީތަކަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތައް މިއަދު ފަހިވެގެންދާ މަންޒަރު ފެންނަން ފެށުމެވެ. އެއީ ބޯހިޔާވަހިކަމަށް ވިޔަސް، ސާފު ބޯފެނާއި ނަރުދަމާ ނިޒާމް ކަމަށް ވިޔަސްމެއެވެ. ބަނދަރެއް ކަމުގައި ވިޔަސް ދަތުރުފަތުރު ކަމުގައި ވިޔަސް މިކަން އޮތީ މިހެންނެވެ.

2018 ވަނަ އަހަރުގެ ކެމްޕޭންގެ ފަހުކޮޅެވެ. އއ. އަތޮޅުގައި އެންމެ ބާކީވެފައި އޮތް ރަށް ކަމުގައި ވެސް ދެންނެވިދާނެއެވެ. އއ. ހިމަންދޫއަށް އެއިރުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހާއި، ރިޔާސީ ކެންޑިޑޭޓުގެ ނާއިބު ފައިސަލް ނަސީމް ވަޑައިގަތެވެ. ފެނުނު މަންޒަރުތަކުން ހީވީ މިއީ 90ގެ އަހަރުތަކުގެ ކުރީކޮޅު ހެންނެވެ. ބަނދަރެއް ނެތެވެ. އެ ދެބޭފުޅުންނާއި ވަޑައިގެންނެވި އެހެނިހެން ބޭފުޅުން ފައިބައިވަޑައިގަންނަވަން ޖެހުނީ ވަރަށް ހާލުގައެވެ.

ރަށަށް ވަޑައިގެންނެވުމާއެކު ރަށުގެ ރައްޔިތުން އެމަނިކުފާނަށް އެރުވީ ލިސްޓެކެވެ. ލިސްޓުގައި ވަނީ ބަނދަރެއް ބޭނުންވާ ވާހަކައެވެ. ދަތި އުނދަގުލުގެ ވާހަކައެވެ. އެތައް ޝަކުވާތަކެކެވެ. އާބާދީގައި 800 މީހުން އެއިރު ހަމައެއް ނުވެއެވެ. ނަމަވެސް އުއްމީދުތަކެެއް ގެންގުޅުނު ރައްޔިތުން ދިރިއުޅެމުން އައި ރަށެކެވެ. އަޅުގަނޑު ރިޕޯޓުގައި މި ފާހަގަކޮށްލި ލިސްޓަކީ ކުރީގައި ވެރިކަން ކުރެއްވި ބޭބޭފުޅުންނަށް ވެސް ރައްޔިތުން އެރުވި ލިސްޓެކެވެ. ނަމަވެސް އެ ލިސްޓަކީ ކުންޏާއެކު ބޭރުކޮށްލެވުނު އަގެއް ނެތް ކަރުދާހެވެ.

2018 ވަނަ އަހަރު ކެމްޕޭނުގައި އެރަށަށް ވަޑައިގެން، ހިމަންދޫ މީހުން ބުނާ ގޮތުންނަމަ ދިވެހި ދީބުގެ އުއްމީދާއި ގުޅިފައިވާ ރައްޔިތުންގެ ހިތްތަކުގެ ރައީސަށް އެރުވި ލިސްޓުގައި ހުރި ކަންކަން ފުރިހަމަވާން ފަށައިފިއެވެ. ސަރުކާރުގެ ފުރަތަމަ އަހަރުގައި އެރަށުގެ ރައްޔިތުން އެދުނު ކަހަލަ ބޮޑު ބަނދަރެއްގެ މަސައްކަތް ރައްޔިތުންގެ ކުންފުނި އެމްޓީސީސީއާއި ހަވާލުކޮށްގެން ފެއްޓެވިއެވެ. ރައްޔިތުންގެ ކުންފުނި ހިންގަން ހުންނެވި އާދަމް އާޒިމާއި ޓީމުން ރައީސްގެ މި ވައުދުފުޅު ފުއްދަވަން މަސައްކަތް ފައްޓަވައި ނިންމަން ހަވާލު ކުރި ތާރީޚުގެ ކުރިން މަސައްކަތް ނިންމާލައި ރައްޔިތުންގެ ތަކުލީފުތަކަށް ނިމުން ގެންނެވިއެވެ.

ނިމިގެން ދިޔަ ހަފުތާގައި ރައީސް ސާލިހު އއ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފަހު މަންޒިލެއްގެ ގޮތަށް ހިމަންދޫއަށް ވަޑައިގެންނެވިއިރު ރަށުގެ ކުދި ބޮޑު، ޒުވާން އަދި މުސްކުޅި އުމުުރުގެ އެންމެން ކަހަލަ ގޮތަކަށް ހިތާއި ހިތުން ރައީސަށް ދެންނެވި ހޫނު މަރުހަބާއިން ފެނިގެން ދިޔައީ އެ ރައީސަކީ އެ ރައްޔިތުން ބާކީނުކޮށް ތަރައްގީގެ މަންޒިލަކަށް ގެންދަވާނެ ރައީސެއް ކަމެވެ. މިއަދު އެ ރަށަށް އަރައި ފައިބަން ޖެހެނީ ޒަމާނީ ބަނދަރަކުންނެވެ. މޫސުމީ ވިއްސާރައިގައި އޮޑިވެރިން ދޯނި އަޅާފައި ގެޔަށް ވަދެ ނިދާލަނީ އަނެއް ދުވަހު ވެސް އެ ދޯނިން މަހަށް ދެވޭނެހާ ރައްކާތެރިކަމާއެކު ދޯނި އޮންނާނެކަމުގެ ޔަގީންކަމާއެކުއެވެ.

މިއީ އަދި ކުޑަކުޑަ މިސާލެކެވެ. އެރަށުގައި ރައްޔިތުންގެ އެދުމުގެ މަތިން ރައްޔިތުންނަށްޓަކައި 10 މަޝްރޫއެއް އެކި މަރުހަލާގައި އެބަހުއްޓެވެ. ވޭނާއި ތުރާލާއި ހިތްދަތިކަމުގައި އަހަރުގެ ބޮޑު ބައެއްގައި ރަށުގެ ނިވާފަށުގައި ތިބި ށ. ފޯކައިދޫ އަކީ ވެސް މިފަދަ މިސާލެކެވެ. އެތައް ރައްޔިތުންގެ މުދަލާއި ފުރާނައަށް ނުރައްކާވި ޒަމާންވީ މައްސަލައަށް ވެސް ރައީސް ސާލިހު ހައްލު ގެނެސްދެއްވިއެވެ. އެރަށުގެ ބަނދަރުވެސް ހައްދަވަން ފައްޓަވައި ވައުދުފުޅު ފުއްދެވިއެވެ.

މީގެ ކުރިން ހުޅުނގު މޫސުމުގެ ވިއްސާރައާއި، މޫސުން ގޯސް ދުވަސްތަކުގައި އޮޑިދޯނި ފަހަރުގެ ވެރިނަ ނިވަލެއް ހޯދުމަށް ރެއާއި ދުވާލު ނުނިދާ އުފުލަން ޖެހުނު ތަކުލީފަށް މިވަނީ ނިމުމެއް އަންނަން ފަށާފައެވެ. ކައިރި ރައްރަށުގެ ބަނދަރުން ޖާގައެއް ލިބޭތޯ ރަށުގެ ބޭރުގައި ނަގިލި އަޅައިގެން ތިބެން ޖެހުނު ދިގު އިންތިޒާރަށް މިއަދު ވަނީ ނިމުމެއް އަންނަން ފަށާފައެވެ.

17 އަހަރު ވަންދެން ފޯކައިދޫ ރައްޔިތުން ކުރަހަމުން ދިޔަ ބަނދަރު ހުވަފެނުގައި މިއަދު ކުލަޖައްސައިދެނީ މި ސަރުކާރުންނެވެ. ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވައި އެ ޝަކުވާތަކަށް މާސިންގާ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ވެސް އިޖާބަ ދެއްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ ކެމްޕެއިނުގެ ތެރޭގައި ވައުދުވެވަޑައިގެންނެވި ފަދައިން އެކަން ރަނުން ރަނަށް ކޮށްދެއްވާން ފަށްޓަވާފައެވެ.

ފޯކައިދޫ ބަނދަރު ހެދުމަށް ބުރާސްފަތި ދުވަހު އެރަށަށް ވަނީ ހެވީ ވެހަކަލާއި ބޭނުންވާ އާލާތްތައް ޖަމާކުރަން ފަށާފައެވެ. ކޮޅުވެއްޓިއަކަށްފަހު ކޮޅުވެއްޓިއަކުން އެދަނީ މަސައްކަތަށް ބޭނުންވާ ސާމާނު ރަށުގެ ގޮނޑުދޮށަށް ބާލަމުންނެވެ. މަންޒަރު ބަލަން ތިބި އެރަށުގެ ރައްޔިތުންގެ ލޮލުން ކަރުނަ ފާއްދާލި މި މަސައްކަތަކީ ހަގީގަތުގައިވެސް ފެންބޮވައިގެންފައިވާ މީހަކަށް ފެންފޮދެއް ލިބުމުން ކުރެވޭ އިހުސާސްފަދަ އިހުސާސެއް ކުރެވޭ މަސައްކަތެކެވެ.

މިއީ އަދި ކުޑަކުޑަ މިސާލުތަކެކެވެ. ރައީސް ސާލިހު އިސްކަމެއް ދެެއްވަނީ ރައްޔިތުންގެ މުހުތާދު ފުއްދެވުމަށެވެ. ކުޑައެއް ބޮޑެއް ނެތިއެވެ. ކުލައެއް ފިކުރަކަށް ނުބައްލަވައެވެ. މިވަރުގެ ވެރިއަކު މި ދީބާއި ހަވާލު ނުވާކަމަށް ރައްޔިތުން ބުނެއެވެ. ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ މި ރައީސްގެ ވާހަކަ ދައްކައި އެމަނިކުފާނަށް މަރުހަބާ ނުދަންނަވާ ރައްޔިތެއް ނެތެވެ. މިއީ ހެޔޮވެރިކަން ކުރައްވަން އެނގިވަޑައިގަންނަވާ ހެޔޮ ވެރިއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންމެ ދުވަހަކު މިނަވަންކަން ދިފާއު ކުރައްވަން އެ ކުރައްވަނީ ކޮން މަސައްކަތެއް ބާވައެވެ؟

ކޮންމެ ދުވަހަކު މިނަވަންކަން ދިފާއު ކުރައްވަން އެ ކުރައްވަނީ ކޮން މަސައްކަތެއް ބާވައެވެ؟

05 ނޮވެމްބަރު 2024
އދ އަށް ރައީސަކު މިއުޅެނީ އަލަށް ގޮސްގެންތަ!؟

އދ އަށް ރައީސަކު މިއުޅެނީ އަލަށް ގޮސްގެންތަ!؟

25 ސެޕްޓެމްބަރު 2024
ރައީސްގެ ތަގުރީރު ފެއިލްވެ، އެއް ޖަލްސާއެއްގައި ދެ ފަހަރު ތަގުރީރުކުރައްވަން ޖެހިވަޑައިގަތުމަކީ ކޮންފަދަ ކަމެއްތޯ؟

ރައީސްގެ ތަގުރީރު ފެއިލްވެ، އެއް ޖަލްސާއެއްގައި ދެ ފަހަރު ތަގުރީރުކުރައްވަން ޖެހިވަޑައިގަތުމަކީ ކޮންފަދަ ކަމެއްތޯ؟

21 ޑިސެމްބަރު 2023
ހަވާއީ އަލިފާންގަނޑު: "މިވަރުގެ ކަމަކާ ކުރިމަތިވެދާނެއޭ ދުވަހަކުވެސް ހިތަކަށް ނާރާ"

ހަވާއީ އަލިފާންގަނޑު: "މިވަރުގެ ކަމަކާ ކުރިމަތިވެދާނެއޭ ދުވަހަކުވެސް ހިތަކަށް ނާރާ"

14 އޯގަސްޓު 2023
ޔާމީންއަކީ ގުޅިގެން ވެރިކަން ކުރައްވަން ދަންނަ ބޭފުޅެއް ނޫން

ޔާމީންއަކީ ގުޅިގެން ވެރިކަން ކުރައްވަން ދަންނަ ބޭފުޅެއް ނޫން

01 ޖޫން 2022

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު