Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އދ އަށް ރައީސަކު މިއުޅެނީ އަލަށް ގޮސްގެންތަ!؟

ރައީސް މުޢިއްޒުގެ އދ ގެ ދަތުރުފުޅު ސަރުކާރުން ޕްރޮމޯޓްކުރާ ގޮތުން ހީވަނީ މިއީ ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ހަނދަން ވަޑައިގެން އުޅުއްވަނީ ހެންނެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2024 | ބުދަ 12:33
އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް މުއިއްޒު ތަގުރީރު ކުރައްވަނީ

އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް މުއިއްޒު ތަގުރީރު ކުރައްވަނީ

ރައީސް ޑރ މުޙައްމަދު މުޢިއްޒު އދ ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ފުރާވަޑައިގަތުމަށް ރައީސް އޮފީހުން ނުކުންނެވި ހިސާބުން ސަރުކާރު އަރުވާ ޖަހާފައި ކޮޅު ކޮޅު މައްޗަށް ދުއްވައިގަތީ ތިޔަހެންނަކުން ނޫނެވެ. ހީވީ ދިވެއްސަކު ފުރަތަމަ ފަހަރަށް ހަނދަށް ދިއަ ދަތުރެއް ފެށިހެންނެވެ. ނުވަތަ ރާއްޖޭގެ ފުރަތަމަ ޖައްވީ ސްޓޭޝަން އިފްތިތާހު ކުރުމަށް ރައީސް ޖައްވަށް ފުރާ ވަޑައިގަންނަވަން ނުކުތީ ހެންނެވެ. ރައީސް އދ އަށް ވަޑައިގަންނަވާ ވާހަކަ އާއި ތަގުރީރު ކުރައްވާ ވާހަކަ އާއި ސެކިއުރިޓީ ކައުންސިލަށް ވަޑައިގަންނަވާ ވާހަކަ އާއި ސައިޑް އިވެންޓްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ވާހަކަ އާއި އެކި ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވާނެ ވާހަކަތަކުން ސޯޝަލް މީޑިއާއި ސަރުކާރަށް ތާއިދުކުރާ މީޑިއާތަށް ފުރާލި އިރު ހީވަނީ އާ ކުކުޅަކަށް ގާ ބިހެއް އެޅެން އުޅޭ ހެންނެވެ.

ސަރުކާރުގެ ޕިއާރު ޓީމުތަކުގެ އިތުރުން ސަރުކާރުން ފަންޑުކޮށްގެން އައުޓްސޯސްކޮށްފައިވާ ޕީއާރު ޓީމުތަކުން ވެސް މިވާހަކަތައް ދައްކަން ފެށީ މިއީ ގައުމަށް ލިބޭނެ އެންމެ ބޮޑު ފަހުރާއި ޝަރަފު ކަމުގައި ބުނަމުންނެވެ. ނަމަވެސް އަޅުގަނޑުމެންގެ ހަނދާނުގައި ވެސް ރާއްޖޭގެ ރައީސްކަން ކުރެއްވި ގިނަ ބޭފުޅުން އެބުނާ ތަނަކަށް ވަޑައިގަތެވެ. ތަގުރީރުވެސް ކުރެއްވި އެވެ. ދިވެހި ބަހުން ވެސް ތަގުރީރު ކުރެއްވި އެވެ. ގައުމުތަކުގެ ވެރިންނާ ވެސް ބައްދަލު ކުރެއްވި އެވެ. ކްލައިމެޓް ޗޭންޖްގެ ވާހަތައް ދައްކަވައިގެން ތިމާވެށީގެ ޗެމްޕިއަން ފަދަ ލަގަބުތައް ވެސް ހޯއްދެވި އެވެ. އިނާމު ވެސް ހޯއްދެވިއެވެ. ނަމަވެސް މިހާވަރެއް އަރުވާލައިގެން އުޅެނިކޮށް ނުދެކެމެއެވެ. ނުކުރާކަށް ކަމެއް ނެތެވެ. ދައުލަތުގެ މީޑިއާއަށް ވެސް ހީވަނީ ދެ އީދު އެއްފަހަރާ އައިސްގެން އުޅޭ ހެންނެވެ. ރައީސްގެ ކޮންމެ އިވެންޓެއްގެ ކުރިއަށް ވަޒީރުންނާ އެ ފެންވަރުގެ މީސްމީހުން ލައިގެން ޕްރީ ޝޯވތައް ވެސް ހަދައެވެ. ނިމިގެން ދިޔަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް މިވަރު ޝޯވތަކެއް ނުހަދައެވެ. ނިންމާލީމާ އެ ދެއްކެވި ވާހަކަފުޅުގެ ޝަރަހަ ގެނެސްދޭ އަފްޓަރ ޝޯވ ވެސް ހަދައެވެ. ހާފްޓައިމް އޮތް ނަމަ ހާފްޓައިމް ޝޯވ ވެސް ހަދާނެ ކަން ޔަގީނެވެ. އެނަލިސްޓުންނާ ޕެނަލިސްޓުން ލައްވާ ރައީސް ކުރައްވަން އުޅުއްވާ ކަންކަމާ ކުރައްވަފާނެ ކަންކަމާ ނުކޮށް ދޫކޮށްލައްވަފާނެ ކަންކަމާ ވިދާޅުވެދާނެ އެއްޗަކާ ވިދާޅު ނުވެދާނެ އެއްޗެއްގެ ވާހަކަ ދައްކަވާއިރު ހީވަނީ މިއުޅެނީ ވޯލްޑްކަޕްގެ ފައިނަލް މެޗް އެނަލައިޒް ކުރަން ޖެހިގެން ހެންނެވެ. އަދި މިހާވަރަކުން ނިންމައެއް ނުލައެވެ. ފައިސާ ދީގެން ބޭރުގެ މީޑިއާތަކުން ރައީސް އާއި ގުޅޭ ޚަބަރުތައް ކިޔުއްވާފައި އެ ޚަބަރު ކިޔައިފި ކަމުގެ ވާހަކަ ވެސް ދައްކަވަނީ އެވެ. ކުދިން ކުދިން ލައްވާ ޓިކްޓޮކް ވެސް ކުޅުވަނީ އެވެ. ކުރު ފިލްމު ވެސް ހަދުވަނީ އެވެ. ސަހަރޯއެވެ. މިއޮތީވާ ކަމެކެވެ.

ތެދަށް ދަންނަވާނަމަ ހަނދާން ވަނީ ޅަ ދުވަހުގެ މަތިންނެވެ. އަލަށް އިންޑިއާ އަށް ދިޔަ ދުވަހުގެ މަތިންނެވެ. އަހެއް ފެނުމުން އެ ހުއްޓުވައިގެން ފޮޓޯ ނެގި ހަނދާނެވެ. އޭގެ މައްޗަށް އެރި ހަނދާނެއެވެ. އޭގެ ވަށައިގެން އަތް އުނގުޅި ހަނދާނެވެ. އެންމެ ފުރަތަމަ ވޯޓާ ފޯލް އެއް ފެނުނު ހަނދާނެވެ. ވޯޓާ ފޯލް ފަހަތުން ފެންނަ ގޮތަށް ފަރުބަދަ ގަނޑެއްގެ މަތީގައި ކުރުއަތް މައްޗަށް އޮވެގެން ފޮޓޯއެއް ނެގި ހަނދާނެވެ. އެކަމަކު މިއީ އެ ދުވަހެއް ނޫނެއް ނޫންތޯއެވެ. އދ އަށް ވަޑައިގެން އެ އުޅުއްވަނީ ޓީނޭޖް ބޯއީ އެއް ނޫނެއް ނޫންތޯއެވެ. މީހުން ބުނަނީ ރަނގަޅު ވާހަކަ އެކެވެ. ރަނުން އުއްތިއަސް ދަގަނޑުން ދަބަރު ހިލޭނެ އެވެ. ތުރުކީ އަށް ވަޑައިގެން އުޅުއްވީ ވެސް އެހެންނެވެ. އުޅުއްވީ އުސްމާނުގެ ސެޓްގައި ފޮޓޯ ނަންގަވާށެވެ. ޗައިނާގައި ވެސް ހަމަ އެހެންނެވެ. ބޮޑު ފާރު ކައިރީގައި ވެސް ނެންގެވީ ފޮޓޯ އެވެ. ބާކީ ދެން އޮތީ ތާޖު މަހާލް ދޮރުމަތީ ފޮޓޯއެއް ނެންގެވުން ކަށްނޭނގެއެވެ. ތެދު ތެދަށް ދަންނަވާނަމަ މާ އާ ކަމެއް ނުހިގައެވެ. މާ އާ ވާހަކަފުޅެއްވެސް ނުދައްކަވައެވެ. މޮޅު ޚިޔާލެއްވެސް ހުށައެއް ނާޅުއްވައެވެ. އަޑަށް ބާރުލައްވާފައި ދެއްކެވީ ވެސް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވި ކްލައިމެޓްޗޭންގެ ވާހަކައެވެ. ކަން އޮތީ މިހެން ނަމަ ސަރުކާރުން މިއުޅެނީ ކިހިނެއްވެގެން ތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއުޅެނީ ސަރުކާރާއި، މަޖިލިސް، އަދި އެމްޑީޕީގެ ވެސް މައްސަލައެއް ނޫން!

މިއުޅެނީ ސަރުކާރާއި، މަޖިލިސް، އަދި އެމްޑީޕީގެ ވެސް މައްސަލައެއް ނޫން!

13 އޯގަސްޓު 2020
ކޮވިޑް-19: ރާއްޖެ މިހާރު ދާން މިއުޅެނީ ކޮން މިސްރާބަކަށް؟

ކޮވިޑް-19: ރާއްޖެ މިހާރު ދާން މިއުޅެނީ ކޮން މިސްރާބަކަށް؟

27 މެއި 2020
ފާއިތުވި 7 ދުވަސް ތެރޭގައި ވައިރަސް އަލަށް ޖެހުނު މީހުންގެ އަދަދު ދޮޅުލައްކައަކަށްވުރެ ގިނަ

ފާއިތުވި 7 ދުވަސް ތެރޭގައި ވައިރަސް އަލަށް ޖެހުނު މީހުންގެ އަދަދު ދޮޅުލައްކައަކަށްވުރެ ގިނަ

24 މާރިޗު 2020
ކޮވިޑް-19: މިއުޅެނީ ތިން ވަނަ ބޮޑު ހަނގުރާމަ ފެށިގެންތޯ އެވެ!

ކޮވިޑް-19: މިއުޅެނީ ތިން ވަނަ ބޮޑު ހަނގުރާމަ ފެށިގެންތޯ އެވެ!

10 މާރިޗު 2020
އިންޑިއާގައި ވެގެން މިއުޅެނީ ކިހިނެއް؟

އިންޑިއާގައި ވެގެން މިއުޅެނީ ކިހިނެއް؟

22 ޑިސެމްބަރު 2019

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު