Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އަމިއްލަފުޅަށް މުސާރާތައް ކުޑަކުރައްވައިގެން ގައުމު ބަދުނާމު ނުކުރައްވާށެވެ!

އަމިއްލަފުޅަށް ހެއްދެވުނު އެތައް ގޯހެއްގެ އަގު މުވައްޒަފު މީހާ ދައްކަވަން ޖެހުމަކީ މުއިއްޒުގެ ނާގާބިލްކަމުގެ ހެއްކެއް ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2024 | ބުރާސްފަތި 13:27
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު

ބުރާސްފަތި ދުވަހު ހެނދުނު ހޭލިއިރު، ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ޕޯސްޓެއް އަނެއްކާވެސް އެކްސް އިން ފެނިއްޖެއެވެ. އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ޚަރަދު ކުޑަކުރެއްވުމަށް އިތުރު ފިޔަވަޅެއް އެޅުއްވި ވާހަކަ އެވެ. ރައީސް ހިމެނިވަޑައިގަންނަވާ ގޮތަށް އެތައް ބައެއްގެ މުސާރަ އުނިކުރައްވަން ނިންމެވިވާހަކަ އެވެ. ރައީސްގެ މުސާރައިން 50 ޕަސެންޓެވެ. 12،000 ރުފިޔާއިން މަތީގެ މުސާރަ ލިބޭ އެންމެންގެ މުސާރައިން 10 ޕަސެންޓެވެ.

މީހަކު ހައިރާނެއް ނުވާނެތޯއެވެ. ގައުމަށް މިއުޅެނީ ކީއްވެގެންތޯއެވެ. ލައިގަނެގެން މިއުޅެނީ ކޮން ކަމެއްތޯއެވެ. ޖެހިގެން މިއުޅެނީ ކޮން ގިލަންވެރިކަމެއްތޯއެވެ. ގައުމު މިއޮތީ ކޮވިޑް19 ގެ ހާލަތުގައިތޯ އެވެ. ބޯޑަރުތައް ހުރީ ބަންދުކޮށްފައިތޯއެވެ. ނުވަތަ ގައުމަށް ބަޔަކު ހަމަލާދީ ގައުމު ހަނގުރާމައިގެ ހާލަތަކަށް ވެއްޓުނީތޯއެވެ. ނުވަތަ ސުނާމީ ކަހަލަ ގުދުރަތީ ކާރިސާއެއް ގައުމަށް ދިމާވީތޯއެވެ؟ ނޫނެކެވެ.

ވިސްނާ ވިސްނާ ވިސްނުން ކޮޅުން ލިއިރުވެސް ވެގެން އުޅޭ ގޮތެއް ނުވިސްނުނެވެ. ތަފާސް ހިސާބު އެހުރީ ދިމާއަށް ފެންނާށެވެ. ފަތުރުވެރިން އަންނަލެއް ވީ އިތުރެވެ. އާމްދަނީ ލިބޭ އެހެން ވަސީލަތްތަކެއް ބަންދެއް ނުވެއެވެ. މަސް އެބަ ބާނަ އެވެ. ބޭރުގެ އެހީ އެބަލިބެއެވެ. ޓެކްސް ދައްކާ މިންވަރު ވީ އިތުރެވެ. ޖުރިމާނާ އާއި ނުދައްކާ ހުރި ފައިސާ ދައުލަތައް ލިބޭލެއްވީ އިތުރެވެ. ސަރުކާރުތަކުން ބޮޑެތި ޚަރަދުތަކެއް ކުރަމުން އައި ޕީއެސްއައިޕީ ހުރިހާ ޕްރޮޖެކްޓްތަކެއް ހުރީ ހުއްޓާލާފައެވެ. ވި އިރު މަދުވީ ކޮން އެއްޗެއްތޯއެވެ. ބޮޑުވީ ކޮން ޚަރަދެއްތޯއެވެ. ހަމަ ނުޖެއްސިގެން މިއުޅެނީ ކޮންކަމެއްތޯއެވެ. ސިޔާސީ މަގާމުތައް 2000ށް ވުރެ މަތިވެ، ރިކަރެންޓް ޚަރަދު އިންތިހާއަށް ބޮޑުވުން އެއީ ބޮޑުވި ޚަރަދޭ ބުނާނަމަ އެއީ ކާކުގެ މައްސަލައަކުން ދިމާވި ކަމެއްތޯއެވެ. 700ށް ވުރެ އިތުރު ނުކުރާނަމޭ ވިދާޅުވި، ސިޔާސީ މަގާމުތަކުގެ އަދަދު 2000ން މައްޗަށް ގެންދިއައީ ކާކުތޯއެވެ. ރައީސްގެ މުނިފޫހިފިއްލެވުމަށް އާ ރަށަށް ކުރައްވާ ޚަރަދު ލައްކަ ލައްކައިން ބޮޑުވެގެން ދިއުން އެއީ ބޮޑުވި ޚަރަދޭ ބުނާނަމަ އެއީ ކާކުގެ ސަބަބުން ބޮޑުވި ޚަރަދެއްތޯއެވެ. ކުޅިވަރާ މަޖާކުރުމަށް ދައުލަތުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން އާ ރަށަށް ކުޅިވަރު ކުޅެން ދަނީ ރައްޔިތުންނެއް ނޫނެއް ނޫންތޯއެވެ. އިންޑިއާ ދެކެ ރުޅި އައިސްގެން ތުރުކީއަށް ވަޑައިގެން 500 މިލިއަން ރުފިޔާ ޚަރަދު ކުރައްވާ ޑްރޯން އެއް ބައްލަވައިގަތުން އެއީ ބޮޑުވި ޚަރަދެއް ކަމަށް ބުނާނަމަ އެކަން ކުރަން ބުނީ ކޮން ރައްޔިތަކުތޯއެވެ.

މުސާރަ ކުޑަ ނުކުރައްވާނެ ކަމަށާއި، ވަޒީފާއިން މީހުން ނުކަޑާނެ ކަމަށާއި، ރަށްރަށުގައި ހިނގާ ތަރައްގީގެ އެއްވެސް މަޝްރޫޢު އެއް ހުއްޓަވާނުލައްވާނެ ކަމަށާއި، ފައިސާ ހުރީ ހަމަޖެހިފައި ކަމަށާއި، އެއްވެސް ދައްޗެއް ނެތް ކަމަށާއި، ހާސްވާން ނުޖެހޭ ކަމަށް ވިދާޅުވެ، ވައުދުވެވަޑައިގަތީ ކާކުތޯއެވެ. އެ ވައުދުތައް އެގޮތަށް ވާން އެއްވެސް މީހެއް ރައީސް އަރިހުގައި ދެންނެވިތޯއެވެ.

ވީއިރު ވެރިކަމަށް އަހަރެއް ނުވަނީސް އަމިއްލަފުޅު މުސާރައިން 50 އިންސައްތަ އުނިކުރައްވާ ދެން ތިބި މީހުންގެ މުސާރައިން 10 އިންސައްތަ އުނިކުރައްވައިގެން ސާބިތުކޮށްދެއްވަން ބޭނުންފުޅުވަނީ ކޮން ކަމެއްތޯއެވެ. ދިވެހިރާއްޖެ އަކީ ތިޔަ ހީފުޅުކުރައްވާ ކަހަލަ ނިކަމެތި ގައުމެއް ނޫނެއް ނޫންތޯއެވެ. މިއީ މިގައުމުގެ ރައީސަކަށް ހުންނަ ބޭފުޅަކަށް މުސާރަ ނުދެވޭވަރުގެ ބަލިކަށި ގައުމެއްވެސް ނޫނެއްނޫންތޯއެވެ. މީއީ ފަޚުރުވެރި ގައުމެކެވެ. މި ގައުމުގައި ރައީސްކަން ކުރެއްވި ރައީސަކަށް ގައުމު ދުވަހަކު ވެސް ދަރާފައެއް ނެތެވެ. ވީއިރު، އެ ބަދުނާމު ގައުމުގެ ބޮލުގައި އަޅުއްވަން ތިޔަ އުޅުއްވަނީ ކީއްވެގެންތޯއެވެ. ރައްޔިތަކު ދައްކަން އޮތް ޓެކްސް ފައިސާއެއް ނުދައްކައެއް ނެތެއް ނޫންތޯއެވެ. ކިތައްމެ ދައްޗަސް، ކިތައްމެ ނިކަމެއްޗަސް، ދިވެހިން އުޅެނީ ދައްކަންޖެހޭ ކޮންމެ ޓެކުހެއް ދައްކައިގެންނެވެ. ކުރި ކޮންމެ ޖޫރިމަނާއެއް ވެސް ދައްކައިގެންނެވެ. ސަރުކާރުން ހޯދި ކޮންމެ ޚިދުމަތަކަށް ދައްކަން ޖެހުނު ކޮންމެ ފީއެއް ބަރާބަރަށް ދައްކައިގެންނެވެ. ވިއްކި ކޮންމެ އަގެއްގައި ކާބޯތަކެތި ގަނެގެންނެވެ.

ވީއިރު، އަމިއްލަފުޅަށް ހެއްދެވުނު އެތައް ގޯހެއްގެ އަގު މުވައްޒަފު މީހާ ދައްކަން ތިޔަ ޖައްސަވަނީ ކީއްވެތޯއެވެ. ކުޑަ މުސާރަ ލިބޭ މީހާގެ ވާނޮޅި ބުރިކޮށްލައްވަން ތިޔަ ދިމާކުރެއްވީ ކީއްވެތޯއެވެ. ގައުމަށް އެފަދަ ހާލަތެއް މެދުވެރިވުމުން އެކަން ދިވެހިން ގަބޫލުކުރާނެ އެވެ. އެއްބާރުލުން ވެސް ދޭނެއެވެ. މީގެ ކުރިން ވެސް އެފަދަ ދަނޑިވަޅުތަކުގައި ދިވެހިން އޮންނާނީ އެކަން ސާބިތުކޮށްދީފައެވެ. އެކަމަކު މިއަދު މިއީ އެހާލަތެއް ނޫނެއްނޫންތޯއެވެ. ރައީސަށް ގައުމުގެ އިޤްތިސާދު މެނޭޖް ނުކުރެއްވުމުގެ އަގު ދިވެހިން ދައްކަންޖެހޭ ހާލަތެއް ނޫނެއްނޫންތޯއެވެ.

މަގޭ ރިޕޯޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރައީސް ޑރ މުޙައްމަދު މުއިއްޒު ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު