Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވ. އާރަށު މައްސަލަ

ކުށް ސާބިތުވި ނަމަވެސް ކުށް ކޮށްގެން ހޯދި މަންފާ ދައުލަތަށް ނުނެގުނު: ދައުލަތުން އިޖުރާއަތު ބޮލާލައި ޖެހީތަ؟

އިޖުރާއަތު ބޮލާލައި ޖަހައިފިނަމަ އެއީ އިޖުރާއީ އައިބެކޭ ނުބުނެވޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 އެޕްރީލު 2023 | ބުދަ 04:21
ރައީސް ޔާމީނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވި މައްސަލައިގެ ޙުކުމް

ރައީސް ޔާމީނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވި މައްސަލައިގެ ޙުކުމް

ވ. އާރަށު މައްސަލާގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި އަމުރު  ބާތިލުކަމަށް ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން އަންގާރަ ދުވަހު މިވަނީ ޙުކުމް ކުރައްވާފައެވެ.

އެއާއެކު އެންމެންވެސް އުފައްދަމުންދާ ސުވާލަކީ، މަނީ ލޯންޑަރިންގ ގެ ކުށް ޔާމީނުގެ މައްޗަށް ސާބިތުވި ނަމަވެސް، ކުށް ކޮށްގެން ހޯދާފައިވާ ފައިސާއާއި އޭގެ މަންފާގެ ގޮތުގައި ހިމެނޭ 52 މިލިއަން ރުފިޔާ ދައުލަތަށް އެ ގެއްލިގެން ދިޔައީތޯއެވެ؟ އަދި އެކަމުގައި އޮތީ ކާކުގެ އިހުމާލެއްތޯއެވެ؟

ހައިކޯޓުގެ ޙުކުމުގައި އަލިއަޅުވާލާފައިވާ ބައެއް ކަންކަމާއި، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ފާހަގަވާ ބައެއް ކަންކަން އެބަހުއްޓެވެ.

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ތަފާތު ތިން ޙާލަތެއްގައި އަމުރު ކުރެވިދާނެކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުން އެނގެއެވެ.

އެއީ، މައްސަލައިގައި ދަޢުވާލިބޭފަރާތަށް ޙުކުމް ކުރާއިރު އެ ޙުކުމާއެކުގައި އެފަދަ އަމުރެއް ނެރުމާއި، ޙުކުމް ކުރުމަށްފަހު، އެފަދަ އަމުރެއް ނެރުމާއި، އެފަދަ އަމުރެއް ނެރެފައިވަނިކޮށް ފަހުން ފެންނަ ހަމައެފަދަ މުދަލާއި ފައިސާ ހިމެނުމަށް އަމުރު އިސްލާޙުކުރުން ނުވަތަ އައު އަމުރެއް ނެރުމެވެ.

ޙުކުމްކުރިއިރު، ކުށްކޮށްގެން ހޯދާފައި ވާ މުދަލާއި ފައިސާއަކީ ކޮބައިކަން އެނގިފައިވާނަމަ، ޙުކުމް ކުރާއިރު އެ ފައިސާއާ މުދާ ދައުލަތަށް ނެގުމަށް އަމުރު ކުރަންވާނެކަމަށް އެއީ ދައުލަތަށް އޮތް އިލްތިޒާމް (އޮބްލިގޭޝަން) އެއް ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނާ ޙަވާލާދީ ފަނޑިޔާރުން ވިދާޅުވެއެވެ.

މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، ދައުލަތުން ދަޢުވާކުރި އިރުވެސް، ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ބަޔާންކޮށް އައިޑެންޓިފައިކޮށް ހުށަހަޅާފައިވެއެވެ.

މައްސަލައިގައި ޝަރީޢަތުންވެސް އެ މުދަލާއި  ފައިސާ އަދި އޭގެން ލިބިފައިވާ މަންފާގެ ވާހަކަ ދެކެވިފައިވެއެވެ. ނަމަވެސް ޙުކުމުގައި އެ ފައިސާ ދައުލަތަށް ނެގުމަށް އަމުރު ކޮށްފައި ނުވަނީއެވެ.

އެހެންނަމަވެސް ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ އައިޑެންޓިފައި ކުރެވިފައިވާ ޙާލަތުގައި އަދި ދައުލަތުން ދަޢުވާކުރިއިރުވެސް، އެ މުދަލާއި ފައިސާ ނެގުމަށް އެދިފައިވާ ޙާލަތުގައި، ޙުކުމުގައި އެ ކަމަށް އަމުރުކޮށްފައިނުވުމަކީ، ޖިނާއީ ދަޢުވާތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމުގެ އުޞޫލާ ޚިލާފުކަމެއްކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

އޭގެ އިތުރުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ނެގުމަށް އަމުރުކުރަނީ ކޮންމެ މަޙައްލެއްގައި ކަމުގައި ވީނަމަވެސް، އެ އަމުރު ނެރުމުގެ ކުރިން މައްސަލައިގެ ޚަސްމުންނަށް ލިބިގެންވާ ޙައްޤުތައް ކަށަވަރުވެފައިވުމަކީ ލާޒިމްކަމެއްކަން ފަނޑިޔާރުން އިތުރަށް ފާހަގަ ކުރައްވައެވެ. އެގޮތުން އެ ޙައްޤު ކަށަވަރުކުރުމުގެ ގޮތުން، އެފަދަ އަމުރެއް ނެރުމުގެ ކުރިން ދެފަރާތުން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް އަދި އެ ހުށަހެޅުންތަކާމެދު ބަހުސްކޮށް ވާހަކަ ދެއްކުމަށް ފުރުސަތު ލިބިދޭން ޖެހެއެވެ.

އެހެން ގޮތަަކަށް ބުނާނަމަ، މައުޟޫޢީ މައްސަލައިގެ ޤަޟިއްޔާގެ ބޭރުން ނިންމާ އަމުރުތަކުގައިވެސް މައްސަލައިގައި ހިމެނޭ އަނެއް ފަރާތުގެ ބަހުސް އަޑުއެހުމުގެ އުޞޫލަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބިންވަޅު ނެގިފައިވާ އުޞޫލެއްކަމަށްވާއިރު، މި މައްސަލައިގައި އަމުރު ނެރެފައިވަނީ މި އުޞޫލާ ޚިލާފަށެވެ.

އެގޮތުން ބަލާއިރު، ޙުކުމް ކުރިތާ 2 މަސްދުވަސް ފަހުން ނެރެފައިވާ މި އަމުރަކީ އަމުރު ރައްދުވާފަރާތް ޝަރީޢަތަށް ޙާޟިރުކުރުމަކާ ނުލައި، އެފަރާތަށް އެނގުމެއް ނެތި، މައްސަލައިގެ ޤަޟިއްޔާ ބަލައި ނިމުނުކަން އިޢުލާނު ކުރިތާ ދުވަސްތަކެއްފަހުން ދައުލަތުން ފޮނުވި ސިޓީއަކާ ގުޅިގެން ނެރެފައިވާ އަމުރެކެވެ.

އެހެންނަމަވެސް ޙުކުމަށް ބަލާއިރު، މިފަދަ އަމުރެއް ނެރެފާނެކަމަށް ތަޞައްވަރުކުރެވޭ އެއްވެސް ވާހަކައެއްވެސް ޙުކުމުގައި ނެތްކަން ފަނޑިޔާރުން ފާހަގަ ކުރައްވައެވެ.  

ޙުކުމް ކުރިތާ 2 މަސް ފަހުން އަމުރަށް އެދި ހުށަހެޅި މަޤްބޫލު ސަބަބެއްވޭތޯ ދައުލަތާ ސުވާލުކުރުމުން ބުނެފައިވަނީ މީގެ ކުރިން ޔާމީނުގެ  މައްޗަށް ކްރިމިނަލް ކޯޓުގައި ސާބިތުވިކަމަށް ކަނޑައެޅި ޤަޟިއްޔާއެއްގައި އަމުރު ނެރުމަށް ސިޓީއަކުން އެދުމުން އެ ޤަޟިއްޔާގެ އިސްތިއުނާފު ނިމުމުން އަމުރު ނެރުމާމެދު ގޮތެއް ނިންމާނެކަމަށް ބުނުމުން، އެއީ ކްރިމިނަލް ކޯޓުގައި އަމަލު ކުރަމުންދާ ގޮތްކަމަށް ބަރޯސާ ވެވުނީއެވެ.

ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ޕްރޮސިކިއުޝަނުން އެދިފައިވާކަން އެއްވެސް ދެބަސްވުމެއްނެތި އެނގެއެވެ.

އެހެންނަމަވެސް ދައުލަތުން އެދިފައިވާކަމެއް މައުޟޫޢީ މައްސަލައިގެ ޤަޟިއްޔާގެ ނިންމުމުގައި ހިމަނާފައިނުވާމަ، އެކަމަށް ޢަދުލުގެ ނިޒާމު ގައި އޮންނަ ޙައްލަކީ އިސްތިއުނާފު ކުރުންކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

މައްސަލައިގެ ޙުކުމްކޮށް ނިމުމަށްފަހު، މި ޙާލަތުގައި، ޕްރޮސެކިއުޝަނަށް ކްރިމިނަލް ކޯޓުގައި ހަމަ އެ އަމުރަށް ދެވަނަ ފަހަރަށް އެދުމުގެ ފުރުޞަތު ދިނުމަކީ ފާޅުކަން ބޮޑު ބޭއިންސާފެއް ކަމަށާއި، އަދި އެއީ ޤާނޫނީ އިންތަކާއި މިންތަކުގެ ބޭރުން ދެވޭ ފުރުސަތެއް ކަމަށް ބެލެވޭކަމަށް މައްސަލަ ނިންމެވި ފަނޑިޔާރުން ވިދާޅުވިއެވެ.

ފަނޑިޔާރުން ވިދާޅުވީ، މި މައްސަލާގައި އަމުރު ހޯދުމުގެ ނަމުގައި ކޮށްފައި އޮތް ކަމަކީ ކޯޓް ޕްރޮސެސް ނަހަމަގޮތުގައި ބޭނުންކުރުން ކަމަށް ބެލެވޭ ކަމަށެވެ.

 ސަބަބަކީ، ޕްރޮސިކިއުޝަނުން ކްރިމިނަލް ކޯޓުގައި ނެރެދިނުމަށް އެދުނު އަމުރާމެދު އެ ޤަޟިއްޔާގައި ގޮތެއް ނިންމުން ޤާނޫނީގޮތުން ލާޒިމްވިނަމަވެސް، އެ ފަދަ ނިންމުމެއް އެ ޤަޟިއްޔާގައި ނިންމާފައިނެތުމުން، އެކަން އިސްތިއުނާފު ކުރުމުގެ ބަދަލުގައި ހަމަ އެ އަމުރު ނެރެދިނުމަށް އަލުން އެދިފައިވާތީއެވެ.

މައުޟޫޢީ މައްސަލަ ބަލަމުންގެންދާ ޤަޟިއްޔާގައި ޙުކުމްކޮށް މައްސަލަ ނިމުނުކަން އިޢުލާނު ކުރުމަށްފަހު، ކުށެއް އޮތްކަމަށް ބެލެވޭ ޙާލަތުގައިވެސް، އިމްލާ ކުށެއްފަދަ ކަމެއް އިޞްލާޙު ކުރުމުގެ އިތުރުން، ނިމިފައިވާ މައްސަލައަކަށް އިތުރު ބަދަލެއް މިހައިތަނަށް މީގެކުރިން ގެނެސްފައިވާކަން އެނގޭކަށްނެތްކަމަށް ޙުކުމުގައި ބުނެއެވެ.

ދައުލަތުން ދެކޭ ގޮތުގައި އެއީ ފަހުން ރަނގަޅުކުރެވޭނެ އިޖުރާއީ ޢައިބެކެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 356 ވަނަ މާއްދާގެ ދަށުން ޙުކުމުގައި އަމުރު ހިމަނާފައިނެތުމުން މައްސަލައިގެ މައުޟޫޢުއަށް އަދި މައްސަލައިގެ ނިޔާއަށް އަސަރު ނުކުރާކަމަށާއި، އަސާސީ ޙައްޤެއް ގެއްލިގެން ނުދާކަމަށާއި، އަދި ވީ އެންމެ އަވަހަކަށް އިޖުރާއަތު ރަނގަޅުކުރެވެން އޮތްކަމަށް ދައުލަތުން ދެކުނެވެ.

ފަނޑިޔާރުން ދެކިލައްވާ ގޮތުގައި އިޖުރާއަތާ ޚިލާފު ވެއްޖެނަމަ ނުވަތަ އިޖުރާއަތު ބޮލާލައި ޖަހައިފިނަމަ އެއީ އިޖުރާއީ އައިބަކަށްވުމާ ޚިލާފަށް ޤާނޫނާ ޚިލާފުވުމުގެ ސަބަބުން އެ ޢަމަލެއްގެ ނަތީޖާ ބާޠިލުވާފަދަ ޢަމަލުތަކެވެ.

ހައިކޯޓުގެ ޙުކުމަށް ބަލާއިރު ފާހަގަވާ ބައެއް ކަންކަމަކީ، ދައުލަތުން ދައުވާގައި އެ ފައިސާ ނަގައިދިނުމަށް އެދުނު ކަމެވެ. ނަމަވެސް ޙުކުމުގައި އެކަން ބަޔާންކޮށްފައި ނެތްކަމެވެ.

ދައުލަތުން އެދިފައިވާކަމެއް މައުޟޫޢީ މައްސަލައިގެ ޤަޟިއްޔާގެ ނިންމުމުގައި ހިމަނާފައިނުވާނަމަ އޮންނަ ޙައްލަކީ އިސްތިއުނާފު ކުރުން ކަމެވެ. ނަމަވެސް ދައުލަތުން އެފަދަ އިސްތިއުނާފެއް ހުށަނާޅައި، އަނެއްކާވެސް ހަމަ އެ އަމުރު ނެރެދޭން އެދުނު ކަމެވެ.

އަދި ދައުވާލިބޭ ފަރާތަށް އެނގުމަކާއި ނުލައި، އެ އަމުރު ނެރެދީފައިވާ ކަމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

 ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

11 ނޮވެމްބަރު 2017
ޑިވައިޑް އެންޑް ރޫލް: ބައިބައިކޮށްގެން ވެރިކަން ކުރުމުގެ ފަލްސަފާ!

ޑިވައިޑް އެންޑް ރޫލް: ބައިބައިކޮށްގެން ވެރިކަން ކުރުމުގެ ފަލްސަފާ!

23 އޮކްޓޯބަރު 2017
ދައުލަތް އޮތީ ގޭންގްތަކުގެ ދަށުވެފައިތަ، ގޭންގު ކުށްތައް ނުހުއްޓުވިގެން އުޅެނީ ކީއްވެ؟

ދައުލަތް އޮތީ ގޭންގްތަކުގެ ދަށުވެފައިތަ، ގޭންގު ކުށްތައް ނުހުއްޓުވިގެން އުޅެނީ ކީއްވެ؟

10 އޮކްޓޯބަރު 2017
ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!

ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!

19 ސެޕްޓެމްބަރު 2017
ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!

ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!

18 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު