Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

އަމިއްލަފުޅަށް ރައީސް ވެވަޑައިގެންނެވި އިއުތިރާފް!

ރައީސް މުޢިއްޒު އެ ވިދާޅުވީ ގޮތުން ކަމަށް ވަނީ ނަމަ، އެމަނިކުފާނުގެ ހައުސިންގ މިނިސްޓަރު ކަމުގައި މީގެ ކުރިން ނެރެފައިވާ ފްލެޓު ލިސްޓަށް އެމަނިކުފާނުގެ ނުފޫޒު އޮތް ކަމަށް އެއްބަސްވެވަޑައިގެންނެވީ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 މާރިޗު 2025 | އާދީއްތަ 08:48
ރަސްމީ ފާލަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަޑައިގަންނަވަނީ

ރަސްމީ ފާލަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަޑައިގަންނަވަނީ

ރަސްމީ ފާލަން މަރާމާތު ކުރުމަށްފަހު، އަލުން އެތަން ހުޅުވުމަށް ބޭއްވި ޙަފްލާގައި ބައިވެރިވެ ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދެއްކެވި އެވެ. އިއްތިފާގުން ނަމަވެސް، އެ ދުވަހަކީ ކުރީ ސަރުކާރުން ކަނޑައަޅާފައި އޮތް ފްލެޓު ލިސްޓު މި ސަރުކާރުން އާންމު ކުރި ދުވަހެވެ.

ހަތަރުހާސް ފްލެޓު ލިބޭ މީހުންގެ ލިސްޓެއް ކުރީ ސަރުކާރުން ކަނޑައަޅާފައި އޮތީ، ހުރިހާ މަރުޙަލާއެއް ފުރިހަމަ ކުރުމަށްފަހު އެވެ. ނަމަވެސް، ރައީސް މުޢިއްޒުގެ ވެރިކަން ފެށިގެން އައިއިރު ވެސް އެ ލިސްޓު އޮތީ ހިފަހައްޓައިފަ އެވެ. އެ ލިސްޓުގައި ގޯސްތަކެއް އޮތް ކަމަށް ވިދާޅުވެ، ލިސްޓު ރިވިއު ކުރާ ވާހަކަ ސަރުކާރުން ބުންޏެވެ.

ސަރުކާރަަށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު، އެ ލިސްޓު އާންމު ކުރުމަށް އެކި ތާރީޚުތައް ދެއްވައިފި އެވެ. ޚުދު ރައީސް މުޢިއްޒު ވެސް، އެކަމުގައި ދެ ތިން ތާރީޚެއް އޮތީ ދެއްވައިފަ އެވެ. އެންމެ ފަހުން، ރަމަޟާން މަހުގެ ކުރިން، މިދިޔަ ބުރާސްފަތި ދުވަހު އެ ލިސްޓު އާންމު ކޮށްފި އެވެ.

ސަރުކާރުން އާންމު ކުރި ލިސްޓުގައިވާ ގޮތުން ފްލެޓު ލިބެނީ 1820 މީހުންނަަށެވެ. 4000 މީހުންގެ ތެރެއިން 3119 މީހުންނަށް ފްލެޓު ނުލިބޭ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ގިނަ އަދަދެއްގެ ރައްޔިތުނަށް ލިބިފައިވާ ހައްގުން އެމީހުން މަހުރޫމު ކޮށްލުމަށްފަހު، ބުރާސްފަތި ދުވަހުގެ ރޭ ރައީސް މުޢިއްޒު ދެއްކެވި ވާހަކަ އަކުން ހިނި ނާންނާނީ ކާކު ހެއްޔެވެ؟

ބުރާސްފަތި ދުވަހުގެ ރޭ ރަސްމީ ފާލަން ދޮށުގައި ހުންނަވާ ރައީސް މުޢިއްޒު ވިދާޅުވީ ފްލެޓު ލިސްޓު ނެރުމުގައި ޒައްރެއްގެ މިންވަރު ވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށެވެ. އެއްވެސް ފަރާތަކުން އެކަމަށް ނުފޫޒު ފޯރުވާފައި ނުވާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެއީ ނުފޫޒުން އެއްކިބާވެފައިވާ ލިސްޓެއް ކަމަށެވެ.

ދެން ވިދާޅުވީ އެއީ އެމަނިކުފާނަށް ގެދޮވެރިކަމުގެ މައުލޫމާތު އެނގިވަޑައިގަންނަވަން ފެށި ހިސާބުން، ނުފޫޒެއް ނުފޯރުވާ ނެރުނު ފުރަތަމަ ލިސްޓު ކަމަށެވެ. ރައީސް ވިދާޅުވީ އެންމެ ޖޫނިއަރ ލެވެލް އިން ފެށިގެން، ސަރުކާރުގެ ކަމާ ބެހޭ ދާއިރާއި އުޅެން ފެށި ހިސާބުން ފެށިގެން ބެލި ނަމަވެސް، ނުފޫޒެއް ނެތި ނެރުނު ފުރަތަމަ ލިސްޓު ކަމަށެވެ.

އަޅުގަނޑު ހިތަށް އެރި އެވެ. ރައީސް މުޢިއްޒު އެވެވަޑައިގެންނެވީ ވަރަށް ބޮޑު އިއުތިރާފެއްތާ އެވެ! ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެމަނިކުފާނު ވަޑައިގެންނެވުމުގެ ކުރިން، ދެ ސަރުކާރެއްގައި ހައުސިންގ މިނިސްޓަރުގެ މަގާމު އަދާ ކުރެއްވި އެވެ. ކުރީގެ ރައީސް ޑޮކްޓަރު މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ދެ އަހަރު ދުވަހުގެ ވެރިކަމާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ފަސް އަހަރު ދުވަހުގެ ވެރިކަމުގަ އެވެ. ޖުމުލަ ހަތް އަހަރު ދުވަހުގެ މުއްދަތެއް ވަންދެން، ހައުސިންގ މިނިސްޓަރު ކަމުގައި ރައީސް މުޢިއްޒު ހުންނެވި އެވެ.

ރައީސް މުޢިއްޒު އެ ވިދާޅުވީ ގޮތުން ކަމަށް ވަނީ ނަމަ، އެމަނިކުފާނުގެ ހައުސިންގ މިނިސްޓަރު ކަމުގައި މީގެ ކުރިން ނެރެފައިވާ ފްލެޓު ލިސްޓަށް އެމަނިކުފާނުގެ ނުފޫޒު އޮތް ކަމަށް އެއްބަސްވެވަޑައިގެންނެވީ ނޫން ހެއްޔެވެ؟

ގައިމު އެމަނިކުފާނުގެ ހައުސިންގ މިނިސްޓަރު ކަމުގައި ދެ ފަހަރެއްގެ މަތިން ފްލެޓު ލިސްޓެއް އާންމު ކުރެއްވި އެވެ. އޭރު އެ އާންމު ކުރި ލިސްޓަށް ނުފޫޒު ފޯރުވި ކަަމަށް އަމިއްލަފުޅަށް އިއުތިރާފުވެ ވަޑައިގެންނެވީ ނޫން ހެއްޔެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު