Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކަމަކަށްފަހު ކަމެއް އަމިއްލައަށް ފަޅައިއަރުވާ ބޮލާފޮށާ އެޅެނީ

އަދީބު ބޭރު ކުރުމަށް ކޯލިޝަނުން މަސައްކަތް ކުރުމުން ރައީސް ޔާމީން އެކަމާ ދެކޮޅު ހެއްދެވި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 7 އޯގަސްޓު 2017 | ހޯމަ 08:08
ރައީސް ޔާމީން ކުރީގެ ނަިބު ރައީސް އަދީބާއެކު

ރައީސް ޔާމީން ކުރީގެ ނަިބު ރައީސް އަދީބާއެކު

މީހުން ބުނެ އުޅެއެވެ. މަރަށް ތެޅޭއިރު ލައްކަ ތެޅުން ތެޅޭނެއެވެ. މުސްކުޅި ބަލީގައި ނޫނަކަސްް މޮޔަ ބޮލަސް އެރީމާ ކޮސްގޮވުން އިތުރުވެ ދެކެވޭ ނުދެކެވޭ ވާހަކަ އެމީހަކަށްވެސް އޮޅިދާނެއެވެ.

ރައީސް ޔާމީނަށް ވެސް އެމަނިކުފާނު އެވިދާޅުވާ ގޮތެއް ވެއްޖެ ކަމަށް ވިދާޅުވި ފަހުން ކަމެއް ނޭނގެއެވެ. ދެއްކެވޭ ވާހަކަތަކުން މީހުންގެ ގާތަށް އަންނަނީ އަމަށަކު ހިންޏެއް ނޫނެވެ. ގާތުގައި ތިބި ކުދިންކޮޅު ހީނހީނފައި އަތްޖެހިއަސް އާއްމު ރައްޔިތު މީހާގެ ގާތަށް އަންނަނީ އަލިފާން ކަހަލަ ރުޅިއެވެ. ކަމެއް ވެފައި އޮތީތީ ނުވަތަ އެއްޗެއް ފިތިފައި އޮވެގެން ބަޔަކު ކޮރު ޖައްސަޖައްސަ ޖައްސާފައި ނެށިއެއް ކަމަކު ތަންދޮރު އެނގޭ ޒުވާނުން ބާރަށް ވިކައި ގަންނަނީ ދަތްކުނޑިއެވެ.

ރައީސް ޔާމީންގެ މިހާރު ވާހަކަތަކަށް ބަލާއިރު މޮޅު ކަމެއް ކުރިން ވެފައި އޮތިއްޔާ އެއީ އެމަނިކުފާނުގެ ހިކުމަތު އަމަލީއެވެ. ރަނގަޅު ކަމެއް އޭރުވެސް ވެފައި އޮތިއްޔާ އެއީ އެމަނިކުފާނު ގައުމަށްޓަކައި ކުރެއްވި ލާމަސީލު ހިދުމަތެކެވެ. އެކަމަކު ގެއްލުން ހުރި ގޯސްކަމެއް ނުވަތަ ހިންގާފައިވާ ޖަރީމާއެއް ނަމަ އެއީ ގާތުގައި އުޅުނު ކޮންމެވެސް އެހެން މީހެއްގެ ކަމެކެވެ. އަދީބެވެ. ނާޒިމެވެ. ނުވިތާކަށް ރައީސް މައުމޫނެވެ.

ރައީސް ޔާމީނެވެ! މަނިކުފާނަށް މިއަދު އޮޅިވަޑައިގެންނެވިއަސް ރައްޔިތުން ތިބީ ހަމަހޭގައެވެ. ސިކުނޑި ގޮވާފައެއް ނޫނެވެ. އަދީބަކީ ކާކުކަމާ އަދީބުގެ ބޮހަކީ ކާކުކަމެވެ. އަދީބު ކުރީ ކާކުގެ މަސައްކަތެއް ކަމާއި އަދީބު އަދީބަކަށް ހެދީ ކާކުކަމެވެ. ކުޑަކުޑަ ކުއްޖަކު ގެނެސް އެވަރުގެ ކަމެއް ކުރުވަން ކުރި މަސައްކަތްވެސް ރައްޔިތުންނަށް ހަމަ އިއްޔެ މެންދުރު ހިނގި ކަމެއްހާ ސާފެވެ. އަދީބު ގޯސްވެގެން ކޯލިޝަނުން ތެދުވީމާ ބޮޑާހާކާލާފައި ކޯލިޝަނުން ވަކިވެ މަޖިލިސް ތެރެއިން ސަރުކާރާ ދެކޮޅަށް ތެދުވާން އުޅުނު އުޅުމެއް ނޯޅެއެވެ. އަދީބު ޚާލިދު ބުނި ވަލީދަކަށް ހެއްދެވީ މަނިކުފާނެވެ. އެންމެ ގާތުގައި އުޅުނު އެކުވެރިޔާ ނާޒިމަށް ދިގު ޖަލު ހުކުމް އައީ އަދިބާ ހެދިކަން އެންމެނަށްވެސް އެނގެއެވެ. މުޅި އުމުރު ވަޒީރު ކަމުގަ އާއި އެއްފަހަރާ ތިން ހަތަރު ޗެއަރމަން ކަމުގައި ގެންގުޅުވައިގެން ގެނެސް ވެރިކަމުގައި ބައިންދައިދިން ތުއްތޮންބެ ނަގައި އެއްލާލީ ވެސް އަދީބަށް ޓަކައިކަން ސާފު ނުވާ ހަމަ އެކަކުވެސް ނެތެވެ.

މިކަންކަމާއެކު މަނިކުފާނު ތިޔަ ވިދާޅުވާހެން އަދީބު ލައްވާ މަނިކުފާނު ކުރެއްވި ކަންކަން އެނގެނީ މީގެ ކުރިންވެސް މަނިކުފާނު ވިދާޅުވީމައެވެ. މެންބަރުންނަށް އަދީބު ބެއްސެވި ފައިސާއަކީ މަނިކުފާނުގެ ފައިސާކަން ރޭކާލީ މަނިކުފާނު އެކަން ހާމަކުރެއްވީމައެވެ. މަނިކުފާނަށް މީހުން ދެއްވާ ފައިސާގެ ކަންކަން ބެލެހެއްޓެވީ އަދީބު ކަމަށް ވިދާޅުވުމުގެ ކުރިންނެއް އެހެން މީހުންނަކަށް އެކަމެއް ނޭނގެއެވެ. މަނިކުފާނަށް އަދީބު ފޮނުވައިގެން މިލިޔަނުން ގެނެސްދިން ފައިސާގެ ވާހަކަވެސް ހާމަވީ ހަމަ މަނިކުފާނު ގެންގުޅުއްވި އަދީބާ އަދީބުގެ ކުދިންގެ ފަރާތުންނެވެ.

މަނިކުފާނެވެ. ތިޔަ ވިދާޅުވަނީ ކީކޭ ހެއްޔެވެ. މަނިކުފާނުގެ ވެރިކަމާ ދެކޮޅަށް މޭޑޭގައި މުޅި މާލެ ފުރާލީމާ އެކަމާ ދެކޮޅަށް ގޮއްވަން އުޅުނު ބޮމާ ރޯކުރަން އުޅުނު ކާރުތަކުގެ ވާހަކަ ހަމަ މަނިކުފާނަށް ނޭނގި އަދީބަށް ކުރެވިދާނެ ހެއްޔެވެ. ނާޒިމްގެ ގޭގައި ބޭއްވި ފިސްތޯލަ ބޭއްވުމުގެ ކުރިން މަނިކުފާނާ އަދީބާ މަޝްވަރާ ނުކުރާނަމަ ތިޔައީ ހަމަ ބޮޑު އަރަތެކެވެ. ދެންތިޔަ ވިދާޅުވަނީ އަފްރާޝީމް މެރިކަމަށް ބުނާ ހުމާމާ ދައުލަތުގެ އިސްވެރިއަކު ރިސޯޓެއްގައި ބައްދަލު ކުރެއްވި ވާހަކައެވެ. އަމިއްލައަށް ފަޟީޙަތްވާން ނޫނީ ތިޔައީ ދައްކާކަހަލަ ވާހަކައެއް ނޫނެވެ. އަދީބެއް ކަމަކު އެސޮރު ގެންގޮސް ރިސޯޓަކަށް ލައިގެން ވާހަކަތަކެއް ދެއްކިކަން މަނިކުފާނު ގާތު ބުނާނެ މީހަކު ނެތިއްޔާ ގާތުގައި ހަށިފާރަވެރިންނަށް ތިޔަތިބި މީހުންނާމެދުވެސް މަނިކުފާނަކަށް އިތުބާރެއް ނޯންނާނެއެވެ. ޖަލު ގޮޅިން ނެރެ ގެންދިޔަ ގާޑުންނާ، ޖަލުގެ ވެރިންނާ ރިސޯޓް އޯނަރުންނާ، އެތަނުގައި ދެން ތިބޭނެ ބައެއްގެ ތެރެއިން މަނިކުފާނަށް ހާމަ ދޮންކަޅުވެސް ބުނެލަ ދޭނެ މީހަކު ނުހުންނާނެ ކަމަކަށް ބުއްދި ހަމަޖެހޭ އެކަކު ވެސް ޤަބޫލެއް ނުކުރާނެއެވެ. އަމުދަކުން އޭރަކު ތިޔަ ބުނާ ފިނިފެންމާ ދޯނީގައި ގޮވި އެއްޗެއް ގޮވާ އަދީބާ އޮތް ގުޅުން ކެނޑި ތިޔަ ދެވެރިން ހަތުރުންނަށް ވެފައެއްވެސް ނުވެއެވެ. އޭރު ތިޔައީ ހަމ އެކައްޗެކެވެ. ދެހަށިގަނޑެއްގައިވާ އެއްފުރާނައެއް ފަދައެވެ. ނުވިތާކަށް އޭރު އެވާހަކަ މީޑިއާތަކުގަ އާއި ސޯޝަލް މީޑިއާގައި ކާޅުގޮވާހެންވެސް ގޮވާ ނެގިއެވެ. މަނިކުފާނަށް މިއަދު ރެޔަކާލީކަމަށް ވިދާޅުވީމާ ހަމަ ހައިރާންވެ އަންތަރީސްވެއްޖެއެވެ.

އެންމެ "ހަތަރު އަނާ"އަށް ރިސޯޓް ވިއްކި ވާހަކަ ދެއްކެވުން މިއަދަކު ކަމަކު ނުދެއެވެ. ޤައުމުގެ ފަޅުފަޅާ ގިރިގިރިއާ ފަޅުރައްތައް ވިއްކި ވާހަކަ އެއީ މާ ކުރީގެ ވާހަކައެކެވެ. އެވާހަކަތައް އޭރު ދެކެވުނު އެހެން ވާހަކައެއްވެސް އޮތެވެ. މަނިކުފާނު ހަނދުމަފުޅު ނެތުނީ ދެއްތޯއެވެ. ކުޑައަގުގައި އެތަންތަން ދިނަސް އޭގެން ބޮޑު ކަޓެއް ނަގާ ވާހަކައެވެ. އަދީބަށް ބައި އެޅޭ ވާހަކައެވެ. އޭގައި މަނިކުފާނުވެސް ޝާމިލްވާ ވާހަކައެވެ. މަނިކުފާނުގެ ކެންޕޭނަށް ޚަރަދު ކުރާނެ ފައިސާ ނަގާ އޭޓީއެމްއަކަށް އަދީބު ވީ އެހެންވެގެން ކަމަށް ދެކެވުނު ވާހަކައެވެ. އާދައިގެ ޑްރީމް ސައިކަލް ގަނޑެއްގައި އުޅޭ އަދީބު ބޮޑު މުއްސަންޖަކަށްވީ އެހެންވެގެންކަމަށް ދެކެވުނު ވާހަކައެވެ.

މަނިކުފާނަށް ދެއްވި ރަން ތާސްބަޔާ، އަނބިި ކަނބަލުންނަށް ދެއްވި އަގުބޮޑު އަނގޮޓިއާ އަގުބޮޑު ކާރުގެ މަތިން ހަނދުމަފުޅު ކޮށްލައްވާށެވެ. މިވާހަކަތައް އޭރު ދެއްކެވީމާ މަނިކުފާނަށް ކަމަކަށް ނުވެ ދެން ތިޔަ ދެއްކެވެނީ ހޮޅިވާހަކައެވެ.ކޮންމެއަކަސް މަނިކުފާނު ވިދާޅުވިހެން ތިޔަ ވަނީ ބޯގޮވާފައޭ ނުވަތަ ސިކުނޑި ގޮވާފައޭ ބުނާކަށް އަޅުގަނޑެއް ނެތީމެވެ. އެކަމަކު ތިޔަ ދެއްކެވޭ ވާހަކަތަކުން ބިތުފަންގި ތިޔަ ނަގަނީ އަމިއްލައަށެވެ. ކަންކަން ތިޔަ ފަޅާއަރުވާލަނީ އަމިއްލައަކަށެވެ. ބޯދަމައިގެންނެވި ރެކިވަޑައިގެންނެވޭނެޔޭ ހީފުޅުވިއަސް ތިޔަ ނެގެނީ ހަމަ އަމިއްލަ ފޮށައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

20 ޖުލައި 2017
42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

17 ޖުލައި 2017
ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!

ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!

24 ޖޫން 2017
ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

05 ޖޫން 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު