Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން - އިޒްރޭލް ހަނގުރާމަ

ފަލަސްތީނުގެ ދައުލަތް ގާއިމުކުރުން އަވަސް ކުރުމަށް ޔޫރަޕް އާއި މުސްލިމު ގައުމުތަކުގެ ބައްދަލުވުމެއް

މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ނޯވޭ، ސްލޮވީނިއާ ފަދަ ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި، ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ އިސްވެރިޔާ ޖޯސެޕް ބޮރެލް އާއި ފަލަސްތީނުގެ ބޮޑުވަޒީރު މުޙައްމަދު މުސްޠަފާ އަދި ޣައްޒާއާ ގުޅޭ އަރަބި-އިސްލާމީ ކޮންޓެކްޓް ގްރޫޕުގެ މެންބަރުންނެވެ.

ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2024 | ހޮނިހިރު 04:39
ފަލަސްތީނުގެ ބޮޑުވަޒީރު މުޙައްމަދު މުޞްޠަފާ، ޔޫރަޕިއަން ޔޫނިއަންގެ ބޭރުގެ ސިޔާސަތުގެ އިސްވެރިޔާ ޖޮސެޕް ބޮރެލް، އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު އަބުލް ޣައިޠު އަދި ސްޕެއިންގެ ބޮޑުވަޒީރު

ފަލަސްތީނުގެ ބޮޑުވަޒީރު މުޙައްމަދު މުޞްޠަފާ، ޔޫރަޕިއަން ޔޫނިއަންގެ ބޭރުގެ ސިޔާސަތުގެ އިސްވެރިޔާ ޖޮސެޕް ބޮރެލް، އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު އަބުލް ޣައިޠު އަދި ސްޕެއިންގެ ބޮޑުވަޒީރު

ފަލަސްޠީނުގެ މިނިވަން ދައުލަތް ގާއިމުކުރުމުގެ ތާވަލެއް އެކުލަވާލުމަށް ބާރުއެޅުމަށް، ޔޫރަޕުގެ ގައުމުތަކާއި މުސްލިމު ގައުމުތަކުގެ ބައްދަލުވުމެއް ސްޕެއިންގައި ބާއްވައިފިއެވެ.

ހުކުރު ދުވަހު ސްޕެއިންގައި ބޭއްވުނު މަތީ ފެންވަރުގެ ބައްދަލުވުމެއްގައި، ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކާއި، އިޒްރޭލު-ފަލަސްޠީނުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް "ދެ ދައުލަތުގެ ހައްލު" އަވަހަށް ތަންފީޒް ކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ސާފު ތާވަލެއް އެކުލަވާލުމަށް ވަނީ ގޮވާލައިފައެވެ.

"އަޅުގަނޑުމެން މި ބައްދަލު ކުރަނީ އަނެއްކާވެސް ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް އިތުރު ބާރެއް އަޅަން، ނިމުމެއް ނެތް ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށް މަޝްވަރާކުރަން، އެ މަގު ވަރަށް ސާފު، ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމަކީ ހަމައެކަނި މަގު،" ސްޕެއިންގެ ފޮރިން މިނިސްޓަރު ހޯސޭ މެނުއެލް އަލްބަރެސް ބައްދަލުވުމާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ނޯވޭ، ސްލޮވީނިއާ ފަދަ ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި، ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ އިސްވެރިޔާ ޖޯސެޕް ބޮރެލް އާއި ފަލަސްތީނުގެ ބޮޑުވަޒީރު މުޙައްމަދު މުސްޠަފާ އަދި ޣައްޒާއާ ގުޅޭ އަރަބި-އިސްލާމީ ކޮންޓެކްޓް ގްރޫޕުގެ މެންބަރުންނެވެ. މި ގްރޫޕުގައި މިޞްރު، ސަޢޫދީ އަރަބިއްޔާ، ޤަޠަރު، ޖޯޑަން، އިންޑޮނޭޝިއާ، ނައިޖީރިއާ އަދި ތުރުކީ ހިމެނެއެވެ.

ބައްދަލުވުމުގައި އިޒްރޭލް ބައިވެރިކޮށްފައެއް ނުވެއެވެ. އަލްބަރެސް ވިދާޅުވީ، އިޒްރޭލަށް ދައުވަތު ނުދިނީ އެއީ ކޮންޓެކްޓް ގްރޫޕްގެ މެމްބަރަކަށް ނުވާތީ ކަމުގައެވެ.

އަލަލްބަރެސް ވިދާޅުވި ގޮތުގައި، ބައްދަލުވުމުގެ ބައިވެރިން، 'ދެ ދައުލަތުގެ ހައްލު' ތަންފީޒް ކުރުމަށް ދައްކަމުންދާ ވާހަކަތަކަށް އަމަލީ ސިފަ ގެނައުން އަވަސް ކުރުމަށް ތާވަލެއް އެކުލަވާލަން ބޭނުންވާ ކަމަށް ވަނީ އެއްބަސްވެފައެވެ.

މެއި 28 ގައި، ސްޕެއިން، ނޯވޭ އަދި އަޔަލެންޑުން ވަނީ ޣައްޒާ ސްޓްރިޕް އަދި ހުޅަނގު އައްސޭރި ހިމެނޭ ގޮތައް އިރުމަތީ ޖެރޫސަލަމް ވެރިރަށުގެ ގޮތުގައި ހިމަނައިގެން ފަލަސްޠީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަނެފައެވެ. މިއާއެކު، އދ. ގެ 193 މެންބަރު ޤައުމުތަކުގެ ތެރެއިން 146 ގައުމުން މިހާރު ފަލަސްތީނުގެ ދައުލަތް ބަލައިގަނެފައިވެއެވެ.

1991 ގެ މެޑްރިޑް ކޮންފަރެންސްގައި އަދި 1995-1993 ގެ އޮސްލޯ އެއްބަސްވުންތަކުގައި 'ދެ ދައުލަތުގެ ހައްލު' ކަނޑައަޅާ އެކަން ބައިނަލްއަގްވާމީ މުޖްތަމައުން ބަލައިގަނެފައިވީ ނަމަވެސް، އެކަން ތަންފީޒް ކުރުން އެތައް އަހަރެއް ފާއިތުވެގެން ދިޔައިރުވެސް އޮތީ ހުއްޓިފައެވެ.

މިކަން މިހެން އޮތްއިރު، ދާއިމީ ސުލްހައެއް ހޯދުމުގެ މަސައްކަތް އަވަސް ކުރުމުގެ އައު ރޫހެއް ފެނިގެންދާ ސަބަބަކީ ޣައްޒާ ސްޓްރިޕްގައި އިޒްރޭލާއި ފަލަސްޠީނުގެ ހަމާސް ޖަމާޢަތާ ދެމެދު ހިނގަމުންދާ ހަނގުރާމަ އަށް 11 މަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް ލޭއޮހޮރުވުން ބޮޑު މި ހަމަލާތަކަށް ނިމުމެއް ނާންނާތީ އާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގާ އަނިޔާވެރި އަމަލުތައް އިތުރުވަމުން ދިއުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހުޅަނގު އައްސޭރި އާއި އިރުމަތީ ޖެރޫސަލަމް އިޒްރޭލުން ހިފީ 1967 ގެ މެދުއިރުމަތީގެ ހަނގުރާމައިގައެވެ. އޭގެ ފަހުން އެ ސަރަޙައްދުތައް ވަނީ އިޒްރޭލުން ހިސޯރުކޮށްފައެވެ. އަނެއްކޮޅުން އެ ސަރަހައްދުތަކުގައި އިޒްރޭލު ސަރުކާރުން ޔަހޫދީ އާބާދީތައް ވަޒަންވެރި ކުރުވުން އިތުރު ކުރަމުން ގެންދިއުމުގެ ސަބަބުން މައްސަލަ ހައްލު ކުރަން ވަނީ އިތުރަށް އުނދަގޫވެފައެވެ. އިޒްރޭލުން އިރުމަތީ ޖެރޫސަލަމް އެމީހުގެ ބިމެއްގެ ގޮތުގައި ހެދީ 1980 ގައެވެ. އެހެން ނަމަވެސް އިޒްރޭލުގެ މި ނިންމުން ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

02 މެއި 2017

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ
02 މެއި 2017

އުތުރު ކޮރެއާ އިން ނިއުކްލިއަ ޓެސްޓް ކުރުން އަވަސް ކުރަނީ

02 މެއި 2017
އުތުރު ކޮރެއާ އިން ނިއުކްލިއަ ޓެސްޓް ކުރުން އަވަސް ކުރަނީ
21 އެޕްރީލު 2017

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު