Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ ބަނގުރޫޓުވުމުގެ ބިރު

ރާއްޖޭގެ އިގްތިސާދު އޮތީ ވެންޓިލޭޓަރުގައި: މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން

ރާއްޖޭގެ އިގްތިސާދު ބަނގުރޫޓު ވަމުންދާކަމުގެ ހުރިހާ އަލާމާތެއް މިހާރު ފެންނަން ފަށާފައިވާ ކަމަށް އެމްޓީއޭއިން ބުނެފައިވޭ

ނިއުސް ޓީމް
ނިއުސް ޓީމް | 13 ސެޕްޓެމްބަރު 2024 | ހުކުރު 01:26
މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގެ އިގްތިސާދު އޮތީ ވެންޓިލޭޓަރުގައި ކަމަށާއި އިސްލާހީ ފިވަޔަޅު ނާޅައިފި ގައުމު ބަގުރޫޓު ވެދާނެ ކަމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އެމްޓީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދުވަހުން ދުވަހަށް ގޯސްވެ، އަރައިގަނެވޭނެ މަގުތައް ބަންދުވާތީ ކަންބޮޑުވާ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ މިއަދުގެ ހާލަތަކީ ގައުމުގެ ދަރަނި އިގްތިސާދީ ރަތް ރޮނގު ހުރަސްކޮށްފައިވުން ކަމަށާއި، ބަޖެޓް ސަޕޯޓަށް ފައިސާ ލިބޭތޯ ކޮންމެ ދުވަހަކު ވެސް މި ވަނީ އެހެން ގައުމުތަކުގައި ސަލާން ޖަހަން ޖެހިފައި ކަމަށް އެމްޓީއޭއިން ބުނެފައިވެއެވެ. އެމްޓީއޭ އިން އިތުރަށް ބުނީ ކޮންމެ މަހެއް ވެސް ނިމިގެން މިދަނީ ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވިދާނެތޯ ހިތާހިތާ ސުވާލުކޮށްލަން ޖެހޭ ހާލަތުގައި ކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދު މިގޮތަށް ދެމިގެންދާ ކަމުގައި ވާނަމަ، ކުރިއަށް އޮތް ތާނގައި، ދުނިޔޭގެ އެއްވެސް ޤައުމަކުން ރާއްޖެއަށް މާލީ އެހީތެރިކަމުގެ އަތެއް ފޯރުކޮށް ނުދޭނެކަން ފާހަގަކުރަމުން އެމްޓީއޭއިން ބުނެފައިވަނީ އެއްވެސް ޝައްކެއްނެތް ގޮތުގައި ރާއްޖޭގެ އިގްތިސާދު ބަނގުރޫޓު ވަމުންދާކަމުގެ ހުރިހާ އަލާމާތެއް މިހާރު ފެންނަން ފަށާފައިވާ ކަމަށާއި އެންމެ ބޮޑު ހިތާމައަކީ މި ހުރިހާ އިންޒާރުތަކަށް ސަރުކާރުގެ އިސްވެރިން ތިބީ ދެލޯ މަރާލައިގެން ތިބުން ކަމަށެވެ.

"ދުނިޔޭގެ މާލީ އިދާރާތަކުން މިދަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން (ޑައުންގްރޭޑް ކުރަމުން) ދަށްކުރަމުން، އަދި ދުނިޔޭގެ މާލީ އިދާރާތަކުން ދެމުންދާ މިއިންޒާރުތަކަށް ސަރުކާރުން ދެލޯ މަރާލައިގެން އޮތުމުގެ ހިތި ނަތީޖާއަކަށް ވެގެންދާނީ، މި އުސޫލުން އިޤތިޞާދު ދަށްވަމުންދާ، އަދި ބަލިކަށި އިޤްތިޞާދެއް އޮތް ޤައުމަކަށް ދުނިޔޭގެ އެއްވެސް ޤައުމަކުން އަދި މާލީ އިދާރާއަކުން އެހީތެރިކަމުގެ އަތެއް ފޯރުކޮށް ނުދިނުން،" އެމްޓީއޭގެ ބަޔާނުގައި ބުންޏެވެ.

ހަމައެހެންމެ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވެ، ރައްޔިތުން ހާލުގައި ޖެހި އިގްތިސާދީ ބޮޑު ކާރިސާއެއްގެ ވިލާގަނޑު ބޯމަތިވެފައިވާ ކަމަށާއި، ސަރުކާރުން މި ހާލަތު ސިއްރުކޮށް ގައުމުގެ ހާލަތު ހާލަތު ހުރީ އެންމެ ރަނގަޅު މިސްރާބަށް ކަމަށް ދައްކާތީ ކަންބޮޑުވާ ކަމަށް ވެސް އެމްޓީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެއީ ގައުމުގެ އިގްތިސާދީ ސިޔާސަތު ރޭވުމުގެ ޒިންމާ ރައްޔިތުން ހަވާލުކޮށްފައި ތިބި އިސް ފަރާތްތަކުން ރައްޔިތުންނަށްވާ ވަރަށް ބޮޑު ހިޔާނާތެއް ކަމަށްވެސް ބުނެފައިވެއެވެ.

ސަރުކާރުން ސިޔާސީ މަގުސަދު ހާސިލު ކުރުމަށް ކުރަމުންދާ އިސްރާފުތައް ކުޑަކޮށް، ސިޔާސީ މަގާމުތައް މަދުކޮށް، ދައުލަތުގެ މުއައްސަސާތަކުގައި ރޯމާދުވާލު ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށްވެސް އެމްޓީއޭއިން ގޮވާލާފައިވެއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު