Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އަލް-މަވާސީ އަށް އިޒްރޭލުން ދިން އަނިޔާވެރި ހަމަލާ ކުށްވެރިކުރުން އޮހެނީ

އިޒްރޭލުން ބޭނުން ކުރީ އެމެރިކާގެ ބޮން ކަމަށް ބެލޭ، މީހުންގެ ހަށިތައް ވަނީ ވިރިފައެވެ.

ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2024 | ބުދަ 01:49
ސެޕްޓެމްބަރު 10 ވަނަ ދުވަހު އަލް-މަވާސީ ރެފިއުޖީ ކޭމްޕަށް 900ކިލޯގްރާމްގެ ބޮން އިޒްރޭލުން އަޅާފައިވޭ

ސެޕްޓެމްބަރު 10 ވަނަ ދުވަހު އަލް-މަވާސީ ރެފިއުޖީ ކޭމްޕަށް 900ކިލޯގްރާމްގެ ބޮން އިޒްރޭލުން އަޅާފައިވޭ

އަލް-މަވާސީ ކޭމްޕަށް އިޒްރޭލުން ދިން އަނިޔާވެރި ހަމަލާ ދުނިޔޭގެ ލީޑަރުން ކުށްވެރި ކޮށްފިއެވެ.

މަވާސީ ކޭމްޕަކީ ފަލަސްތީންގެ ރެފިއުޖީން ދިރިއުޅޭ "ރައްކައުތެރި" ސަރަހައްދެއްގެ ގޮތުގައި އިޒްރޭލުން ކަނޑައަޅާފައިވާ ސަރަހައްދެކެވެ.

ސެޕްޓެމްބަރު 10 ވަނަ ދުވަހު ޔަހޫދީ ސިފައިން ރެފިއުޖީ ކޭމްޕްގައި މީހުން ނިދާފައި ތިއްބާ ދަންވަރު ދިން އަނިޔާވެރި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 19ށް އަރާފައިވާއިރު އަދިވެސް މި އަދަދު މައްޗަށް ދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ހަމަލާގައި 60 ށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އަލްޖަޒީރާ އިން ކޮށްފައިވާ ތަހުގީގުން ބެލެވެނީ މި ހަމަލާގައި އިޒްރޭލުން ބޭނުންކޮށްފައިވަނީ އެމެރިކާ އިން އުފައްދާފައިވާ އެމްކޭ-84 ބޮމެވެ.

ޣައްޒާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި 2000 ޕައުންޑް (900 ކިލޯގްރާމް) ގެ ބޮން އާންމުގެ ތެރެއަށް އޮއްސާލުމުގެ ނަތީޖާއެއްގެ ގޮތުން ހަމަލާ އަމާޒުވި މީހުންގެ ހަށިތައް ވަނީ ވިރިގެން ގޮސްފައެވެ.

އަލްޖަޒީރާގެ ތަހުގީގު ރިޕޯޓްގައި ބުނެފައިވަނީ، ބޮންއެޅި ސަރަހައްދަކީ މީހުން ބޯކޮށް ދިރިއުޅޭ ސަރަހައްދެއް ކަމަށާއި އެތަނުގައި މަދުވެގެން މީހުން އުޅޭ 60 ޓެންޓް ހުރި ކަމަށެވެ.

ސެޓެލައިޓް ފޮޓޯ އިން ފެންނަ ގޮތުގައި ބޮން އެޅުމުގެ ސަބަބުން ސަރަހައްދުގައި ގާތްގަނޑަކަށް 15 މީޓަރުގެ ފުޅާ ވަޅުގަނޑެއް އުފެދިފައިވާ ކަމަށްވެސް އަލްޖަޒީރާ އިން ބުނެއެވެ.

ޖުލައި މަހުގެ 13 ވަނަ ދުވަހު ވެސް އިޒްރޭލު ސިފައިން މަވާސީ ކޭމްޕަށް ހަމަ މިހާ ބާރުގަދަ ބޮންއަޅާފައިވެއެވެ. އެ ހަމާލާގައި ހަމާސްގެ އަސްކަރީ ކޮމާންޑަރު މުހައްމަދު ދީފް ޝަހީދު ކޮށްލި ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ހަމާސް އިން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

.

ޣައްޒާގައި ކުރިއަށްދާ ޕޯލިއޯ ވެކްސިން ޕްރޮގްރާމަށް އިޒްރޭލު ސިފައިންގެ ދުއްތުރާތައް ކުރިމަތިވި ނަމަވެސް އުތުރުގެ ސަރަހައްދުގައި ޕްރޮގްރާމް ކުރިއަށްދާ ކަމަށް އދ އިން ބުނެފައިވެއެވެ. ވެކްސިން ދިނުމުގައި ހަރަކާތްތެރިވާ އދ ގެ އޮފިޝަލުންނާ ދިމާލަށް އިޒްރޭލު ސިފައިންގެ މީހަކު ބަޑި ޖަހާ އަދި އިޒްރޭލުގެ ބުލްޑޯޒަރުތަކުން އޮފިޝަލުންގެ އުޅަނދުތަކަށް ގެއްލުންދީފައިވާ ކަމަށް އަންރްވާ ގެ ވެރިޔާ ވަނީ ވިދާޅުވެފައެވެ.

އަނެއްކޮޅުން ހުޅަނގު އައްސޭރީގެ ތޫބާސް އަށް އިޒްރޭލު ސިފައިން އަރާ އެ ސަރަހައްދުގައި ކާފިއު އިއުލާން ކޮށްފައިވާ ކަމަށް ވަފާ ނިއުސް އޭޖެންސީން ބުނެފައިވެއެވެ.

ޑްރޯންތަކާއި ހެލިކޮޕްޓަރުތައް ތޫބާސް ސިޓީގެ މަތިން އުދުހެމުންދާކަމަށާއި އެތަނުގައި ހުންނަ ޓާކިޝް ގަވަރމެންޓް ހޮސްޕިޓަލް ބަންދުކޮށް އެ ސަރަހައްދުގެ ވަށައިގެން އޮންނަ ހިސާބުވެސް އިޒްރޭލް ސިފައިން ބަންދުކޮށްފައިވާ ކަމަށްވެސް ވަފާ ނިއުސް އޭޖެންސީން ބުނެއެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގެ ނާބުލްސް އާއި ތުލްކަރިމްގެ ނޫރް ޝަމްސް ކޭމްޕްގައި ވެސް އިޒްރޭލް ސިފައިން ގެންދަނީ ރެއިޑް ކުރަމުންނެވެ.

އިޒްރޭލުން ޣައްޒާ އަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 41،020ށް ވަނީ އަރާފައެވެ. އަދި ހަމަލާތަކުގައި 94،925 މީހުން ޒަޚަމްވެފައިވެއެވެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު