Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނިހާންގެ ތުހުމަތު

ރައީސް މައުމޫން ފަނޑިޔާރުންނަށް ނުފޫޒް ފޯރުއްވާ ކަމަށް ދޭހަވާ ގޮތަށް ނިހާން ވާހަކަ ދައްކަވައިފި

ތިމާގެ އަމިއްލަ ކަމެއް ޖެހުނީމަ ފަނޑިޔާރުންނަށް ގުޅައި، އިންސާފުގެ ވާހަކަ ދެއްކުމަކީ ޖޯކެއް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 15 އޯގަސްޓު 2017 | އަންގާރަ 05:41
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކް

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފަނޑިޔާރުންނަށް ނުފޫޒް ފޯރުއްވާ ކަމަށް ދޭހަވާ ގޮތަށް ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކް ވާހަކަ ދައްކަވައިފިއެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި މަސައްކަތް ކުރައްވާ ބައެއް އިސްބޭފުޅުން ފަނޑިޔާރުންނަށް ގުޅާ ރިޝްވަތު ދޭން މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން ނިހާން ވިދާޅުވީ އެކަން ކުރައްވަނީ އިދިކޮޅު ފަރާތްތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ފަނޑިޔާރުންނަށް "ޑައިލްކޮށްލަން" ކެރޭ ބޭފުޅެއް ކަމަށެވެ.

Advertisement - newsAdvertisement

ނިހާން ވިދާޅުވީ ޕީޕީއެމްގައި މިހާރު ތިއްބެވި މީހުންގެ ތެރޭގައި ފަނޑިޔާރަކަށް ގުޅާ އަމިއްލައަށް ބޭނުންވާ ގޮތްތަކުގެ ވާހަކަ ދައްކަވަން ކެރޭނެ ވަރުގެ މީހަކު ނުހުންނާނެ ކަމަށެވެ. ނިހާން ވިދާޅުވީ އެގޮތަށް ފަނޑިޔާރުންނަށް ގުޅާ، ވާހަކަތައް ދެއްކުމަކީ "ހެއްވާ" ކަމެއް ކަމަށެވެ.

ވަޓްސްއެޕް ބޭނުންކޮށްގެންނާއި އިންސްޓަގުރާމް ފަދަ މުއާސަލާތީ ވަސީލަތްތައް ބޭނުން ކޮށްގެން ފަނޑިޔާރުންނަށް ނުފޫޒް ފޯރުވާ ބޭފުޅަކު އެކަން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ނިހާން ވިދާޅުވިއެވެ. ހާއްސަކޮށް ދެ ހަސްމެއްގެ މެދުގައި ޝަރީއަތުގެ މަޖިލީހުގައި ކަމެއް ނިންމަން އިންނަ ފަނޑިޔާރަކަށް އެއްވެސް މީހަކު ގުޅައި، ނުފޫޒް ފޯރުވައިގެން ނުވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަގީން އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ނުގުޅާނެ، އިދިކޮޅު ފަރާތްތަކުން މިހާރު ތިއްބެވި ބޭބޭފުޅުންގެ ތެރެއިން މިކަހަލަ ކަމަކަށް ނަމްބަރު ޑައިލްކޮށްލަން ކެރިވަޑައިގަންނަވާ ބޭފުޅަކު ހުރިއްޔާ މިރެއިން ފެއްޓިގެން އެކަން ހުއްޓަވާލައްވާ. އަޅުގަނޑުމެން ހަރުކަށި އިބާރާތުން އެކަންކަން ކުށްވެރި ކުރަން،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ތީމާގެ އަމިއްލަ ކަމެއް ދިމާވާއިރަށް ފަނޑިޔާރުގެއަށް ގުޅައި، ވަކިކަމެއް ވަކި ގޮތަކަށް ނިންމުމަށް މަސައްކަތް ކުރުމަށް ފަހު ދެން ނިކުމެ އިންސާފެއް ނެތޭ ގައުމުގެ އިސްތިގުލާލޭ ކިޔައިގެން ވާހަކަ ދެއްކުމަކީ ޖޯކެއް ކަމަށެވެ.

ރައީސް މައުމޫން ދެއްކެވި ކުޑަ ކެކުރި އާއި ބޮޑު ކެކުރީގެ ވާހަކަތަކަށް ފާޑުވިދާޅުވެ ވާހަކަ ދައްކަމުން ނިހާން ވިދާޅުވީ މިހާރު އެވާހަކަތައް ގަބޫލު ކުރަން ވަަރަށް ދަތި ކަމަށާއި އޭރު ކުރި ބުރަ މަސައްކަތުގެ ތެރެއިން ކުޑަ ކާފާއި ބޮޑު ކާފު ވެސް ވާނެ ކަމަށާއި ނަމަވެސް އެވާހަކަތައް ތަންތާ އަރާ ނުދައްކަވާ ކަމަށް ނިހާން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު