Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެދުއިރުމަތީގެ ހަމަނުޖެހުން

ސީރިއާއަށް އިޒްރޭލުން ބޮން އަޅާ، 5 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

ލުބުނާނުގެ ވައިގެ ސަރަހައްދު މެދުވެރިކޮށް އިސްރާއީލުން ދިން މި 'އުދުވާނީ ހަމަލާ' އަމާޒުކޮށްފައިވަނީ ސިފައިންގެ މަރުކަޒުތަކަށެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 9 ސެޕްޓެމްބަރު 2024 | ހޯމަ 07:20
އިޒްރޭލުން ގާޒާސިޓީއަށް ދިން ހަމަލާއެއްގެ ފައިލް ފޮޓޯއެއް

އިޒްރޭލުން ގާޒާސިޓީއަށް ދިން ހަމަލާއެއްގެ ފައިލް ފޮޓޯއެއް

އިޒްރޭލުން ސީރިއާއަށް އަނެއްކާވެސް ބޮން އަޅާ، މަދުވެގެން 5 މީހުން މަރުވެ، އިތުރު 19 މީހުން ޒަޚަމްވެފައިވާ ކަމަށް ސީރިއާގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓުކޮށްފިއެވެ.

މަސްޔާފްސިޓީ ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވިގޮތުގައި "މި ހަމަލާގައި ގެއްލުން ލިބުނު ފަރާތްތަކަކީ ސީރީއާގެ އާންމު ރައްޔިތުން،" ނެވެ.

ސީރިއާގެ ސަލާމަތީ މަސްދަރުތަކުން ބުނާގޮތުގައި، ލުބުނާނުގެ ވައިގެ ސަރަހައްދު މެދުވެރިކޮށް އިސްރާއީލުން ދިން މި 'އުދުވާނީ ހަމަލާ' އަމާޒުކޮށްފައިވަނީ ސިފައިންގެ މަރުކަޒުތަކަށެވެ.

އާދިއްތަ ދުވަހު އިޒްރޭލުން ދިން މި ހަމަލާގެ ސަބަބުން ސީރިއާގެ މެދު ތެރޭގައި އޮންނަ ހަމާގެ ހުޅަނގުގައިވާ މަސްޔާފް ސިޓީ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ސީރިއާގެ ރަސްމީ ނޫސް އޭޖެންސީ ކަމުގައިވާ ސަނާ އިން ބުނެފައިވެއެވެ.

ސަނާ އިން ރިޕޯޓުކުރާގޮތުގައި، ނަން ހާމަނުކުރުމަށް ޝަރުތުކޮށް އެ ނިއުސް އެޖެންސީއަށް މައުލޫމާތު ދިން ސެކިއުރިޓީ އޮފިޝަލަކު ބުނި ގޮތުގައި  އިޒްރޭލުން ލުބުނާނުގެ ވައިގެ ސަރަހައްދުން ސީރިއާގެ ގިނަ ސިފައިންގެ މަރުކަޒުތަކަކަށް "ވައިގެ ހަމަލާއެއް" ދީފައިވެއެވެ. އަދި އިޒްރޭލުން ހަމަލާ ދޭން ފެށުމާއެކު، ސީރިއާގެ ދިފާއީ ބާރުތަކުން އިޒްރޭލުގެ މިސައިލް ތަކަށް ހަމަލާދީ ބައެއް މިސައިލް ވައްޓާލާފައިވާ ކަމަށްވެސް އޭނާ އިތުރަށް މައުލޫމާތު ދެމުން ބުނެފައިވާކަމަށް ސަނާއިން ރިޕޯޓުކުރެއެވެ.

މިހަމަލާ ދީފައިވަނީ އިޒްރޭލުން ކަން އިޒްރޭލް ސިފައިން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.  

އާދީއްތަ ދުވަހު އިޒްރޭލުގެ މިހަމަލާ އައިސްފައިވަނީ، މެދު އިރުމަތީގެ މަސްރަޙް އިތުރަށް ގޯސްވަމުންދާ ދަނޑިވަޅެއްގައެވެ.

ޖުލައި މަހު ޓެހެރާނުގައި ހުންނަވަނިކޮށް، ހަމާސްގެ ކުރީގެ އިސްވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން އިރާނުގެ އިސް އޮފިޝަލުން އަދިވެސް އަންނަނީ އޭގެ ބަދަލުގައި އިޒްރޭލަށް "ހަރުކަށި އަދަބެއް" ދޭނެ ކަމަށް ބުނަމުންނެވެ. ނަމަވެސް ހަނިއްޔާ އަވަހާރަކޮށްލިތާ 40 ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރުވެސް އިރާނުގެ އެއްވެސް ހަމަލާއެއް ދީފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު