Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން - އިޒްރޭލް ހަނގުރާމަ

ޣައްޒާ ހަނގުރާމައަށް 12 މަސް، ހަނގުރާމަ ހުއްޓުމުގެ އުއްމީދެއް ނެތް

ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމަށް %90 އެއްބަސްވެވިފައިވާ ކަމަށް އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ ވިދާޅުވެފައިވީ ނަމަވެސް، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ އެއްބަސްވުމަކާ ގާތްވެސް ނުވާ ކަމަށެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 8 ސެޕްޓެމްބަރު 2024 | އާދީއްތަ 07:07
އިޒްރޭލުން ދިން ހަމަލާއެއްގައި ޝަހީދުވެފައިވާ ކުޑަކުއްޖަކަށް ބޮސްދެނީ

އިޒްރޭލުން ދިން ހަމަލާއެއްގައި ޝަހީދުވެފައިވާ ކުޑަކުއްޖަކަށް ބޮސްދެނީ

އިޒްރޭލުން ފަލަސްތީންގެ ޣައްޒާ އަށް އަރާ ހަމަލާތައްދީ ކުށެއް ނެތް މީހުން މަރަމުންދާތާ 12 މަސް ހޮނިހިރު ދުވަހާ ހަމައަށް ވެފައިވާއިރު، ހަނގުރާމަ ހުއްޓުމުގެ ކޮޅެއް އަދި ފެންނާކަށް ނެތެވެ.

ހަމާސްއިން ޝަރުތުކުރަނީ އިޒްރޭލުގެ ހުރިހާ ސިފައިން ފަލަސްތީނުން ބޭލުމަށެވެ. ނަމަވެސް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާ އާއި މިޞްރުގެ ބޯޑަރުގެ ސަރަޙައްދެއްގައި އިޒްރޭލުގެ ސިފައިން ބަހައްޓާނެކަމަށް ބުނެފައެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމަށް 12 މަސްވެފައިވާ ކަން ފާހަގަކުރަމުން އދ. އިން ފަލަސްތީނުގެ ރެފިއުޖީންނަށް ހާއްސަކޮށްފައިވާ ޖަމިއްޔާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ (އަންރްވާ) ގެ ޗީފް ފިލިޕް ލަޒަރިނީ ވިދާޅުވެފައިވަނީ "މިހާރު މިވަރުން ފުދިއްޖެ. މިކަން އިތުރަށް ދެމިގެންދިއުމަކީ އެއްވެސް ފަރާތަކަށް ބަރުދާސްތުކުރެވޭނެ ކަމެއް ނޫން. މިއީ އިންސާނިއްޔަތުކަމަށް އިސްކަންދޭންވީ ވަގުތު،" ކަމަށެވެ. އޭނާ ވަނީ އިޒްރޭލުން ފަލަސްތީނުގައި ހިންގާ އުދުވާން ނިންމުމަކަށް ގެނެސް، މިހާރުން މިހާރަށް ހަނގުރާމަ ހުއްޓުމަށް ގޮވާލާފައެވެ.

އެމެރިކާ، ޤަޠަރު އަދި މިސްރުން އަންނަނީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި މަސައްކަތްކުރަމުންނެވެ.

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ އެންޓަނީ ބްލިންކެން ވިދާޅުވެފައިވަނީ "ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމަށް %90 އެއްބަސްވެވިފައިވާ" ކަމަށެވެ. މިކަން ދޮގުކުރަމުން އިޒްރޭލުގެ ހައްދުފަހަނަ އަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ "އެއްބަސްވުމަކާ ގާތްވެސް ނުވާ،" ކަމަށެވެ.

ފަލަސްތީނު ޕްރިޒަނަރސް ސޮސައިޓީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަދުވެގެން 9،900 ފަލަސްތީނު މީހުން އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި އެބަތިއްބެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 40،939 މީހުން ޝަހީދުވެ، 94،616 މީހުން ވަނީ ޒަޚަމްވެފައިވެއެވެ. ޝަހީދުވި މީހުންގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުގެ ރިޕޯޓުތަކުން ހާމަވެއެވެ.

ކޮންމެ ދުވަހަކު އެތައް ފަލަސްތީން މީހުން އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވަމުން ދާއިރު ހަނގުރާމަ އަށް އަވަސް ނިމުމެއް އަތުވެދާނެ ކަމުގެ އެއްވެސް ކޮޅެއް ފެންނާކަށް ނެތެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
12 ފެބުރުއަރީ 2017

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު