Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް އޮލިމްޕިކް ކޮމެޓީ

ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

މިއީ އޭޝިއާ ސަރަހައްދުގެ ޤައުމެއްގައި މި ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ސެޕްޓެމްބަރު 2024 | ބުރާސްފަތި 04:59
2022 ވަނަ އަހަރު އޮތް ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ދިދަ ވިހުރާލަނީ

2022 ވަނަ އަހަރު އޮތް ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ދިދަ ވިހުރާލަނީ

ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ ރީޖަނަލް ބައްދަލުވުން ދިވެހި ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގައި މި ބައްދަލުވުން ކުރިއަށް ދާނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް، ކްރޮސްރޯޑްސްގަ އެވެ. މިއީ އޭޝިއާ ސަރަހައްދުގެ ޤައުމެއްގައި މި ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމަކީ އޭޝިއާ އަދި އޭޝެނިއާ ސަރަހައްދުގެ ޤައުމުތަކުގެ ބައްދަލުވުމެކެވެ.

އެކަމާ ގުޅޭ ގޮތުން "ރާއްޖެ އެމްވީ"އާ ވާހަކަ ދައްކަވަމުން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) ޖެނަރަލް ސެކްރެޓަރީ އަޙުމަދު ސައީދު (ތަމޫ) ވިދާޅުވީ، ރާއްޖޭގައި އޮންނަ އެ ބައްދަލުވުމުގައި 22 ޤައުމަކުން ބައިވެރިވާނެ ކަމަށެވެ. އެއީ އޭޝިއާ ސަރަހައްދުގެ ހަތް ޤައުމުގެ އިތުރުން، އޯޝެނިއާ ސަރަހައްދުގެ 15 ޤައުމެވެ. ތަމޫ ވިދާޅުވީ ކޮންމެ ޤައުމަކުން ވެސް ތިނެއް ނުވަތަ ދެ ބައިވެރިން އެ ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށެވެ. އަދި ބައްދަލުވުމުގެ ބައިވެރިން ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ކަމަށް ވެސް ތަމޫ ވަނީ ވިދާޅުވެފަ އެވެ.

ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގެ އެކި ޤައުމުތަކުން ބައިވެރިވަމުން އަންނަ، ކުޅިވަރު ގޭމްސް އެކެވެ. އެންމެ ފުރަތަމަ ރާއްޖެ އިން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވެފައި ވަނީ 1986 ވަނަ އަހަރު އެވެ. އެހެން ނަމަވެސް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ރާއްޖެ އިން ވަނީ ކޮމަންވެލްތުން ވަކިވާން ނިންމައިފަ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ އިން ކޮމަންވެލްތުން ވަކިވާން ނިންމީ 2016 ވަނަ އަހަރު އެވެ. އެ ނިންމުމާއެކު ރާއްޖެ އަށް ވަނީ 2018 ވަނަ އަހަރު އޮތް ކޮމަންވެލްތު ގޭމްސް އިން ފުރުސަތު ގެއްލިފަ އެވެ.

ނަމަވެސް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ކުރީ ކޮޅު ރާއްޖެ އިން ވަނީ އަލުން ކޮމަންވެލްތުގައި އަލުން ބައިވެރިވާން ނިންމައިފަ އެވެ. ކޮމަންވެލްތުގައި އަލުން ބައިވެރިވާން ނިންމައި ރާއްޖެ އިން އެކަން ހުށަހެޅުމާއެކު، 2020 ވަނަ އަހަރު ވަނީ ކޮމަންވެލްތުގައި ރާއްޖެ ބައިވެރިކުރަން ނިންމައިފަ އެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އޮތް ކޮމަންވެލްތު ގޭމްސްގައި ދިވެހި ރާއްޖެ އިން ވަނީ ވާދަކޮށްފަ އެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2018

އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން މިއަހަރު ބ. ގޮއިދޫގައި

03 އެޕްރީލު 2018
އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން މިއަހަރު ބ. ގޮއިދޫގައި
18 ސެޕްޓެމްބަރު 2017

ފަސްވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނެ އެތްލީޓު ހޮވައިފި

18 ސެޕްޓެމްބަރު 2017
ފަސްވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނެ އެތްލީޓު ހޮވައިފި
14 ސެޕްޓެމްބަރު 2017

2024 އަދި 2028 ގެ އޮލިމްޕިކް ގޭމްސް ބާއްވާ ސިޓީތަށް ކަނޑައަޅައިފި

14 ސެޕްޓެމްބަރު 2017
2024 އަދި 2028 ގެ އޮލިމްޕިކް ގޭމްސް ބާއްވާ ސިޓީތަށް ކަނޑައަޅައިފި
16 މެއި 2017

ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލުން ސާއިދުއަށް ހަތަރުވަނަ

16 މެއި 2017
ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލުން ސާއިދުއަށް ހަތަރުވަނަ
16 މެއި 2017

ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލަށް ސާއިދު ދަތުރުކޮށްފި

16 މެއި 2017
ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލަށް ސާއިދު ދަތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު