Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސޮލިޑަރިޓީ ގޭމްސް

ސޮލިޑާރިޓީ ގޭމްސްގެ ރާއްޖޭގެ ފްލެގް ބިއަރާ އަކަށް ފާލިހް

މި ގޭމްސްގައި ރާއްޖެއިން 5 ކުޅިވަރަކުން 15 އެތުލީޓުން ވާދަކުރޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 11 މެއި 2017 | ބުރާސްފަތި 21:35
އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ ރާއްޖޭގެ ފްލެގް ބިއަރާ އަކަށް ފާލިހް ހަމަޖައްސައި އޭނާއަށް ދިދަ ހަވާލުކުރަނީ

އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ ރާއްޖޭގެ ފްލެގް ބިއަރާ އަކަށް ފާލިހް ހަމަޖައްސައި އޭނާއަށް ދިދަ ހަވާލުކުރަނީ

އަޒަރުބައިޖާންގެ ބަކޫގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ 4 ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ފްލެގް ބިއަރާ އަކަށް އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާ އަބްދުﷲ ފާލިހް ހަމަޖައްސައިފިއެވެ.

ފާލިހް ފްލެގް ބިއަރާގެ މަގާމަށް ހަމަޖައްސާ އޭނާއަށް ދިވެހި ދިދަ ހަވާލުކޮށްދެއްވީ ބުދަ ދުވަހު ބަކޫގައި އޮތް ކުޑަ ހަފްލާއެއްގައި އެމްއޯސީގެ ނައިބު ރައީސް މުހައްމަދު އަބްދުއް ސައްތާރެވެ.

ފާލިހް އަށް ފްލެގް ބިއަރާގެ މަގާމު ހަވާލުކުރުމާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގު ވިދާޅުވީ އެމްއޯސީގެ އަބަދުވެސް ވިސްނުން ހުންނަނީ މުޅިން އާ ކުޅިވަރަކުން އާ ކުޅުންތެރިއަކަށް އެ މަގާމު ހަވާލުކުރުން ކަމަށާއި އެހެން ކަމުން މިފަހަރުގެ ގޭމްސްގައި އެމަގާމު ހަވާލުކުރަން ނިންމީ ބެޑްމިންޓަން ކުޅުންތެރިއަކަށް ކަމަށެވެ.

ރާއްޖެއިން ވާދަކުރާ މިފަދަ ބޮޑެތި ގޭމްސްތަކުގައި އެކި ކުޅިވަރުތަކުން އެކި ކުޅުންތެރިން ފްލެގް ބިއަރާގެ މަގާމަށް ހަމަޖައްސާފައިވާ އިރު، މިފަހަރުގެ ގޭމްސްގައި އެގޮތަށް ފްލެގް ބިއަރާގެ މަގާމު އަދާކޮށްފައިވާ ދެ ކުޅުންތެރިއަކު ހިމެނެއެވެ. އެއީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އާއި ރާއްޖޭގެ ސްވިމިންގެ އެއްވަނަ އަންހެން ފެތުންތެރިޔާ އައިމިނަތު ޝަޖަން އެވެ.

މިފަހަރުގެ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި 5 ކުޅިވަރަކުން 15 އެތުލީޓަކު ވާދަކުރެއެވެ. އެއީ އެތުލެޓިކްސް، ސްވިމިންގ، ޓޭބަލް ޓެނިސް، ޝޫޓިން އަދި ޓެނިހެވެ.

މިމަހުގެ 12 އިން 22 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުން ހިމެނޭ ޑެލިގޭޓްގެ ޗެފް ޑެ މިޝަންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސައީދު މުހައްމަދެވެ. އަދި ޑެޕިއުޓީ ޗެފް ޑެ މިޝަންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ހޭންޑްބޯލް މޯލްޑިވްސްގެ އެކްސްކޯ މެމްބަރު މުއުމިނާ އާދަމެވެ.

ހަތަރުވަނަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސް ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެރޭ ބަކޫ ގަޑިން 8 ޖަހާއިރުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ދެވަނަ އަޔަން މޭން އަކަށް އާތިފް

ރާއްޖޭގެ ދެވަނަ އަޔަން މޭން އަކަށް އާތިފް

08 މެއި 2017
ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި

ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި

27 އެޕްރީލު 2017
ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރަނީ

ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރަނީ

19 އެޕްރީލު 2017
ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

15 އެޕްރީލު 2017
ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި

ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި

15 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު