Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަތުހަރު މަރުވުން

އަތުހަރު ހައްޔަރުކުރުމާއި، އޭނާ އަށް ސިއްހީ ފަރުވާ ދިނުން އަދި އޭނާ މަރުވި ގޮތް މިދަނީ ބަލަމުން - އެޗްއާރްސީއެމް

އަތުހަރު އަށް އަައިޖީއެމްއެޗްގައި ފަރުވާދީފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ހުއްޓާ އޭނާ ބަންދުގަ ހުރި ޖަލުގައި އޭނާ ދަންޖެހުމާއި ގުޅިގެން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2024 | ހޯމަ 19:15
ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި މީހާ

ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި މީހާ

އަންހެނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުއްޓާ މަރުވެފައިވާ ށ.މިލަންދޫ، ހެޕީލޭންޑް، އާދަމް އަޠުހަރު ހައްޔަރުކުރުމާއި، އޭނާ އަށް ސިއްހީ ފަރުވާ ދިނުން އަދި އޭނާ މަރުވި ގޮތުގެ މައްސަލަ ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމުން ބުނީ ހޯމަ ދުވަގެ ހަވީރުގެ ވަގުތެއްގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔައުވި ށ.މިލަންދޫ، ހެޕީލޭންޑް، އާދަމް އަޠުހަރު 2024 އޮގަސްޓް 29 ވަނަ ދުވަހުގެ ރޭގަނޑު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތްކުރުމުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުން ބާރުގެ ބޭނުންކޮށްފައިވާގޮތް ބަލަމުންދާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން އަނިޔާ ލިބުނު ފަރާތް ތަކަށް އެރޭ ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަމަލުކޮށްފައިވާ ގޮތް ވެސް ބަލާނެ ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފައެވެ. ހަމައެހެންމެ މި ހާދިސާގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެދަށަށް އާދަމް އަޠުހަރު ގެންދިއުމަށްފަހު އޭނާއަށް ސިއްޙީ ފަރުވާ ފޯރު ކޮށްދިނުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަމަލު ކޮށްފައިވާ ގޮތް ހާދިސާ ހިނގި ރެއިން ފެށިގެން އެ ކޮމިޝަނުން ބަލަމުންދާ ކަމަސް ވަނީ ބުނެފައެވެ. މީގެއިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައި އާދަމް އަޠުހަރު ވަނިކޮށް 2024 ސެޕްޓެމްބަރު 01 ވަނަ ދުވަހު އާދަމް އަޠުހަރު އަމިއްލައަށް މަރުވާން އުޅުނު ހާދިސާއާ ގުޅޭ މަޢުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެ ވަގުތުން ފެށިގެން ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ހަރަކާތްތެރިވެ މިކަމާ ގުޅުންހުރި މައުލޫމާތުތައް އެއްކޮށް މި މައްސަލަ ވެސް ކޮމިޝަނުން ބަލަމުންދާކަމުގައި ދަންނަވަމެވެ. ހަމަ އެހެންމެ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައި ހުއްޓާ އާދަމް އަޠުހަރު ނިޔާވި މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތް ވެސް ކޮމިޝަނުން ބަލަމުންދާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އޭނާ މަރުވީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. އޭނާ ނިޔާވީ ހޯމަ ދުވަހުގެ 16:08 އެހާކަށް ހާއިރު ކަމަށް ފުލުހުން ވަނީ އައިޖީއެމްއެޗާއި ހަވާލާދީ ބުނެފައެވެ. އަތުހަރު އަށް އަައިޖީއެމްއެޗްގައި ފަރުވާދީފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ހުއްޓާ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ ބަންދުގަ ހުރި ޖަލުގައި އޭނާ ދަންޖެހުމާއި ގުޅިގެންނެވެ. އޭނާ ނިޔާވި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަހުގީގުކުރަމުންނެވެ. އަދި އޭނާ މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ އެއް ހަދަން ނިންމާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ އާއި ގުޅިގެން މިނިވަން މުއައްސަސާތަކުން ކުރާ ތަހުގީގަށް ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

27 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު