Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާސަންދައިގެ އާ ޕޯޓަލް

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

މިހާތަނަށް އދ. ގެ 10 ރަށެއް ވަނީ މި ޕޯޓަލްގެ ތެރެއިން ގުޅާލެވިފައި

ޖުމާނާ ތައުފީގު
ޖުމާނާ ތައުފީގު | 20 ފެބުރުއަރީ 2017 | ހޯމަ 13:11
"ވިނަވި" ޕޯޓަލްގެ ޚިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

"ވިނަވި" ޕޯޓަލްގެ ޚިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އިޖުތިމާޢީ އަދި ސިއްހީ އިންޝުއަރެންސްގެ ޤައުމީ ނިޒާމް ކަމަށްވާ އާސަންދައިން ދެމުން ގެންދާ ޚިދުމަތްތައް ކުރިއަށް ވުރެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އާ ޕޯޓަލްއެއް ތަޢާރަފްކޮށްފިއެވެ.

"ވިނަވި" ގެ ނަމުގައި މި ތަޢާރަފު ކުރެވުނު އާ ޕޯޓަލްގެ ޚިދުމަތް އދ. އަތޮޅުގައި ފަށާފައިވާއިރު، މިހާތަނަށް އެއަތޮޅުގެ 10 ރަށެއް ވަނީ މި ޕޯޓަލްގެ ތެރެއިން ގުޅާލާފަފައެވެ. ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ތެރޭގައި އީ ޕޯޓަލް ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް އާސަންދަ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ ހުސައިން ޒާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާސަންދައިން މީގެ ކުރިން ގެންގުޅެމުން އައި ޕޯޓަލްއަށް މި ގެނެވުނު ބަދަލާ އެކު ތަޢާރަފް ކުރި އާ ޚިދުމަތްތަކުގެ ތެރޭގައި ބަލި މީހާގެ ހުރިހާ މެޑިކަލް ހިސްޓްރީ ބަލާލެވުމާއި، ބަލިމީހާ ކުރިން ހޯދާފައިވާ ހުރިހާ ފަރުވާތަކެއްގެ ތަފްސީލު ޑޮކްޓަރުންނަށް ބަލާލެވުން ހިމެނެއެވެ.

މީގެ އިތުރުން، ޑޮކްޓަރުންނަށް އޮންލައިންކޮށް ބޭސް ފިހާރަތަކަށް ބޭސް ސިޓީ ފޮނުވުމާއި، ބަލިމީހާ އޭނާގެ އައިޑިކާޑު ދައްކާލުމުން ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހުން ފަދަ ޚިދުމަތްތައް ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ ސިއްހީ ޚިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލުމަށްޓަކައި، ސިއްހީ ޚިދުމަތް ދޭ ތަންތަނުގައި އާސަންދައިގެ މުއައްޒަފުން އަންނަނީ ވިނަވީގެ ދަށުން ޚިދުމަތް ދިނުމުގެ ތަމްރީނުތައް ހަދަމުންނެވެ.

އިތުރަށް ކިޔާލަން

26 މެއި 2017

ސިޓީ ކައުންސިލްތަކަށް ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ތަނެއް ހަމަނުޖެހިފައި

26 މެއި 2017
ސިޓީ ކައުންސިލްތަކަށް ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ތަނެއް ހަމަނުޖެހިފައި
24 މެއި 2017

ސުޕްރީމް ކޯޓުގެ ހުކުމާއެކު މިފެންނަނީ މަޖިލިސް ވާވެފައި އޮތް ތަނެއްގެ ގޮތުގައި:މާރިޔާ

24 މެއި 2017
ސުޕްރީމް ކޯޓުގެ ހުކުމާއެކު މިފެންނަނީ މަޖިލިސް ވާވެފައި އޮތް ތަނެއްގެ ގޮތުގައި:މާރިޔާ
22 މެއި 2017

އަދީބަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށް އެދިއްޖެ

22 މެއި 2017
އަދީބަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށް އެދިއްޖެ
12 މެއި 2017

އޭޑީކޭ ހޮސްޕިޓަލުން އާސަންދަގެ ހިދުމަތްދޭން ފަށައިފި

12 މެއި 2017
އޭޑީކޭ ހޮސްޕިޓަލުން އާސަންދަގެ ހިދުމަތްދޭން ފަށައިފި
09 މެއި 2017

އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ

09 މެއި 2017
އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު