Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހުޅަނގު އައްސޭރީގައި އިޒްރޭލުގެ ހަމަލާތައް

ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ހަމަލާތައް އިތުރުވުމާއެކު، މަހްމޫދު އައްބާސްގެ ސައުދީ ދަތުރުފުޅު ކުރުކޮށްލައްވައިފި

ސައުދީ ޢަރަބިއްޔާގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާން ވަނީ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ ރިޔާޟުގައި ބައްދަލުކުރައްވާ ފަލަސްތީން ރައްޔިތުންނާ އެކު ސައުދީ އޮތް ކަމަށް ވިދާޅުވެފައެވެ.

ރާއްޖެ އެމްވީ | 28 އޯގަސްޓު 2024 | ބުދަ 19:11
އިޒްރޭލު އަދި އެމެރިކާއާއެކު ވެފައިވާ ހުރިހާ އެއްބަސްވުމަކުން ފަލަސްތީން ވަނީ ވަކިވާން ނިންމާފައި

އިޒްރޭލު އަދި އެމެރިކާއާއެކު ވެފައިވާ ހުރިހާ އެއްބަސްވުމަކުން ފަލަސްތީން ވަނީ ވަކިވާން ނިންމާފައި

ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް އިޒްރޭލް ސިފައިން އަރާ ދެމުންދާ ހަމަލާތައް އިތުރުވުމާއެކު ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ސައޫދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލައްވާ ފަލަސްތީނަށް އެނބުރި ވަޑައިގެންފިއެވެ.

ސައުދީ ނޫސް އެޖެންސީ (އެސްޕީއޭ) އިން އަންގާރަ ދުވަހު ރިޕޯޓުކުރި ގޮތުގައި، ސައުދީ ޢަރަބިއްޔާގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާން ވަނީ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ ރިޔާޟުގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ޣައްޒާއާއި އެ ސަރަޙައްދުގައި އިޒްރޭލުން ކުރިއަށްދާ ހަނގުރާމައިގެ ޙާލަތާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

އެސްޕީއޭ އިން އިތުރަށް ބުނެފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ވަލީޢަހުދު ވަނީ މަސްރަހް ފިނިކުރަން ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ފަރާތްތަކާއެކު މަސައްކަތްކުރުމަށް ސައުދީ ޢަރަބިއްޔާ އިން ތައްޔާރަށް އޮތްކަން އައްބާސް އަށް ދަންނަވާފައެވެ. އަދި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށާއި، ގަދަރުވެރި ދިރިއުޅުމަކަށާއި، ޢަދުލުވެރި އަދި ދެމެހެއްޓެނިވި ސުލްޙައަކަށް ކުރާ މަސައްކަތުގައި ސައުދީ ޢަރަބިއްޔާއިން އެހީތެރިކަން ދޭނެ ކަމަށް ވަލީ އަހްދު ވަނީ ވިދާޅުވެފައެވެ.

ހުޅަނގު އައްސޭރީގެ އެކި އަވަށްތަކަށް އިޒްރޭލު ސިފައިން އަރާ ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 10 މީހުން ޝަހީދު ވެފައިވާ ކަމަށް ރެޑްކްރެސެންޓް އިން ބުނެފައިވެއެވެ.

ރެޑް ކްރެސެންޓުގެ ތަރުޖަމާނު އަޙްމަދު ޖިބްރީލް އާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، އިޒްރޭލުގެ ހަމަލާތަކުގައި ޖެނީން ސިޓީން ދެ މީހުން ޝަހީދުވެފައިވާއިރު، ޖެނިން ކައިރީގައި އޮންނަ އަވަށަކުން އިތުރު ހަތަރު މީހުން ޝަހީދުވެފައިވެއެވެ. އަދި ތޫބާސް ޓައުން އާ ކައިރީގައި ވާ ރެފިއުޖީ ކޭމްޕެއްގައި އިތުރު ހަތަރު މީހުން ވަނީ ޝަހީދުވެފައެވެ.

އިޒްރޭލުގެ އަސްކަރީ ތަރުޖަމާނު ބުނެފައިވަނީ، އިޒްރޭލުގެ ބާރުތަކުން ޖެނީނާއި ތުލްކަރަމްގައި އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

ހަމާސް-އިސްރާއިލް ހަނގުރާމަވެސްޓް ބޭންކުއިސްރާއީލް އަސްކަރިއްޔާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
21 ނޮވެމްބަރު 2025

ވެސްޓް ބޭންކު ގައި އިޒްރޭލުގެ އަނިޔާވެރިކަން އިތުރުވުމުން ދާތީ ތިންވަނަ އިންތިފާޟާ އެއްގެ އިންޒާރު ދީފި

21 ނޮވެމްބަރު 2025
ވެސްޓް ބޭންކު ގައި އިޒްރޭލުގެ އަނިޔާވެރިކަން އިތުރުވުމުން ދާތީ ތިންވަނަ އިންތިފާޟާ އެއްގެ އިންޒާރު ދީފި
21 ނޮވެމްބަރު 2025

ތަރައްގީ ކުރަން ކަމަށް ބުނެ ވެސްޓް ބޭންކު ގެ ފަލަސްތީނު ރައްޔިތުންގެ ބިމުގެ ބޮޑު ސަރަހައްދެއް އަތުލަން އިޒްރޭލުން ރާވަނީ

21 ނޮވެމްބަރު 2025
ތަރައްގީ ކުރަން ކަމަށް ބުނެ ވެސްޓް ބޭންކު ގެ ފަލަސްތީނު ރައްޔިތުންގެ ބިމުގެ ބޮޑު ސަރަހައްދެއް އަތުލަން އިޒްރޭލުން ރާވަނީ
13 ނޮވެމްބަރު 2025

ވެސްޓް ބޭންކުގެ މިސްކިތެއްގައި ޔަހޫދީން ހުޅު ޖަހައި، ގެއްލުން ދީފި

13 ނޮވެމްބަރު 2025
ވެސްޓް ބޭންކުގެ މިސްކިތެއްގައި ޔަހޫދީން ހުޅު ޖަހައި، ގެއްލުން ދީފި
08 ނޮވެމްބަރު 2025

ގަވައިދާ ޚިލާފަށް ވެސްޓް ބޭންކުގައި އުޅޭ ޔަހޫދީން އޮކްޓޯބަރު މަހު ފަލަސްތީނު ރައްޔިތުންނަށް 264 ށް ވުރެ ގިނަ ހަމަލާ ދީފި: އދ

08 ނޮވެމްބަރު 2025
ގަވައިދާ ޚިލާފަށް ވެސްޓް ބޭންކުގައި އުޅޭ ޔަހޫދީން އޮކްޓޯބަރު މަހު ފަލަސްތީނު ރައްޔިތުންނަށް 264 ށް ވުރެ ގިނަ ހަމަލާ ދީފި: އދ
25 އޮކްޓޯބަރު 2025

ވެސްޓް ބޭންކަކީ އިސްރާއީލްގެ ބިމަކަށް ހަދާނެ ކަމަކަށް ނުދެކެން؛ ރޫބިއޯ

25 އޮކްޓޯބަރު 2025
ވެސްޓް ބޭންކަކީ އިސްރާއީލްގެ ބިމަކަށް ހަދާނެ ކަމަކަށް ނުދެކެން؛ ރޫބިއޯ
23 އޮކްޓޯބަރު 2025

ޣައިރު ޤާނޫނީ ގޮތުން ވެސްޓް ބޭންކުގައި އާބާދުވުމަށް، އިސްރާއީލް އިން ކުރިއަށް ގެންދާ މަޝްރޫއު އަށް ހުއްދަ ދީފި

23 އޮކްޓޯބަރު 2025
ޣައިރު ޤާނޫނީ ގޮތުން ވެސްޓް ބޭންކުގައި އާބާދުވުމަށް، އިސްރާއީލް އިން ކުރިއަށް ގެންދާ މަޝްރޫއު އަށް ހުއްދަ ދީފި
12 ސެޕްޓެމްބަރު 2025

ފަލަސްތީނުގެ މިނިވަން ދައުލަތެއް ނޯންނާނެ: ނަތަންޔާހޫ

12 ސެޕްޓެމްބަރު 2025
ފަލަސްތީނުގެ މިނިވަން ދައުލަތެއް ނޯންނާނެ: ނަތަންޔާހޫ
07 ސެޕްޓެމްބަރު 2025

އިސްރާއީލްގެ ގައުމީ ސަލާމަތީ ވަޒީރު އިޓަމާރ ބެން-ގްވިރް މަރާލަން ރޭވުމުގައި ތުރުކީގެ އަތެއް ނެތް ކަމަށް އެ ގައުމުން ބުނެފި

07 ސެޕްޓެމްބަރު 2025
އިސްރާއީލްގެ ގައުމީ ސަލާމަތީ ވަޒީރު އިޓަމާރ ބެން-ގްވިރް މަރާލަން ރޭވުމުގައި ތުރުކީގެ އަތެއް ނެތް ކަމަށް އެ ގައުމުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު