Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލު-ތުރުކީ

އިސްރާއީލްގެ ގައުމީ ސަލާމަތީ ވަޒީރު އިޓަމާރ ބެން-ގްވިރް މަރާލަން ރޭވުމުގައި ތުރުކީގެ އަތެއް ނެތް ކަމަށް އެ ގައުމުން ބުނެފި

ތުރުކީން ބުނީ އިސްރާއީލުގެ ވަޒީރަކު މަރާލުމުގެ ރޭވުމެއްގައި އެ ގައުމާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އިސްރާއީލުގެ މީޑިއާއިން މިކަމާ ގުޅޭ ގޮތުން ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2025 | އާދީއްތަ 01:54
އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރ އިޓަމާރ ބެން ގްވިރް

އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރ އިޓަމާރ ބެން ގްވިރް

އިސްރާއީލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރ އިޓަމާރ ބެން ގްވިރް މަރާލުމަށް ރޭވުމެއްގައި ބައިވެރިވުމެއް އޮތްކަން ކަމަށް ބުނާ ރިޕޯޓުތައް ތުރުކީން ދޮގު ކޮށްފިއެވެ.

އިސްރާއީލުގެ މީޑިއާގައި ފެތުރުނު މި ވާހަކަތަކަކީ އެ ގައުމާ ދެކޮޅަށް "ގަސްތުގައި ހިންގޭ ދޮގު މަޢުލޫމާތު ފެތުރުމުގެ ކެމްޕޭނެއް،" ކަމުގައި ތުރުކީން ވަނީ ބުނެފައެވެ.

"އިސްރާއީލުގެ މިނިސްޓަރަކު މަރާލުމުގެ ރޭވުމަކާ ގުޅޭ ގޮތުން އިސްރާއީލުގެ މީޑިއާގެ ބައެއް ރިޕޯޓުތަކުގައި [ތުރުކީ] އާ ގުޅުވައި ދައްކާފައިވާ ވާހަކަތަކަކީ އަޅުގަނޑުމެންގެ ގައުމާ ދެކޮޅަށް ގަސްތުގައި ހިންގޭ ދޮގު މަޢުލޫމާތު ފެތުރުމުގެ ކެމްޕޭނެއްގެ ނަތީޖާއެކެވެ،" ތުރުކީގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިސްރާއީލުގެ ޝިން ބެޓް ޑޮމެސްޓިކް އިންޓެލިޖެންސް ސަރވިސް އިން ބުދަ ދުވަހު ބުނެފައި ވަނީ، ހަމާސްގެ މިފަފަ ހަމަލާއެއް ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ. މި ހަމަލާގައި ގޮވާ ޒާތުގެ ޑްރޯންތަކެއް ބޭނުންކޮށްގެން އިސްރާއީލު ސަރުކާރުގެ ހައްދުފަހަނަ އެޅި ކަނާތުފިޔައިގެ ވަޒީރަކަށް އަމާޒުކޮށް ހަމަލާދޭން ރޭވިކަމަށް ބުނެފައިވެއެވެ.

ޝިން ބެޓުން ބުނެފައިވާ ގޮތުގައި، ތުރުކީގައި ހަމާސްގެ މައި މަރުކަޒެއް ހިންގާ ކަމަށް ޝައްކުކުރެވޭ ސެލްއެއްގެ މެންބަރުން އިސްރާއީލުން ހިސޯރު ކޮށްފައިވާ ވެސްޓް ބޭންކުން ވަނީ ހައްޔަރު ކޮށްފައެވެ.

"ތުރުކީ ގައި ހުރި ހަމާސް ގެ އޮފީހުން ފައިސާ ދީގެން ހިންގި މި ސެލް އިން ހެދި ޓެސްޓެއް ފެއިލްވުމާ ގުޅިގެން މި ރޭވުން ދޫކޮށްލާފައިވާ ކަމަށް" ޖެރޫސަލަމް ޕޯސްޓުން ބުރާސްފަތި ދުވަހު އެކްސްގައި ބުނެފައިވެއެވެ.

ނަމަވެސް، ތުރުކީގެ ބަޔާނުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، މިކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު މީހުން ސާފުކޮށްދީފައި ވަނީ އެމީހުންނާ ތުރުކީ އާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ރެޑް ކްރޮސްގެ އޮފިޝަލުންވެސް މިކަން ކުރިން ކަށަވަރު ކޮށްދީފައިވާ ކަމަށް ބުނެފައިވެއެވެ.

"މި ނޫސް ރިޕޯޓުތަކުގެ އަސްލު މަޤްޞަދަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި [ތުރުކީ] އާ ދެކޮޅަށް ގަސްތުގައި އޮޅުވާލައިގެން ދޮގު ތަސައްވުރެއް އުފެއްދުމާއި، އެގޮތުން [ތުރުކީ] އިން ގެންގުޅޭ ފަލަސްޠީނާ ބެހޭ ސިޔާސަތަށް ގެއްލުން ދިނުމެވެ،" ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ޣައްޒާ އަށް ވަގުތުން އިންސާނީ އެހީ ވެއްދުމަށާއި ހަނގުރާމަ ދާއިމީ ކޮށް ހުއްޓުމަކަށް ގެނައުމަށް ގޮވާލައި، މިދިޔަ އަހަރުގެ މޭ މަހު އިސްރާއީލާއެކު އޮންނަ ސީދާ ގުޅުންތައް ކަނޑާލުމަށް ފަހު، ތުރުކީން އޯގަސްޓް މަހު ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން އިސްރާއީލުގެ މަތިންދާބޯޓުތަކަށް އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައި ވެއެވެ.

"އަޅުގަނޑުމެން އިސްރާއީލާއެކު ވިޔަފާރި މުޅިން ހުއްޓާލައިފިން. އަޅުގަނޑުމެންގެ އުޅަނދުތައް އިސްރާއީލުގެ ބަނދަރުތަކަށް ދިއުމަށް ހުއްދައެއް ނުދެން. އެމީހުންގެ މަތިންދާބޯޓުތައް އަޅުގަނޑުމެންގެ ވައިގެ ސަރަހައްދަށް ވަނުމަށް ހުއްދައެއް ނުދެން،" ފޮރިން މިނިސްޓަރ ހަކަން ފިދާން އަންކާރާގައި ބޭއްވުނު ޣައްޒާއާ ގުޅޭ ޚާއްޞަ ޕާލިމެންޓަރީ ބަހުސެއްގައި ވިދާޅުވެފައިވެއެވެ.

އިސްރާއީލު-ތުރުކީއިޓަމާރ ބެން-ގްވިރްހަމާސްޣައްޒާވެސްޓް ބޭންކުހަކަން ފިދާން

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު