Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް-ފަލަސްތީން

ވެސްޓް ބޭންކުގެ މިސްކިތެއްގައި ޔަހޫދީން ހުޅު ޖަހައި، ގެއްލުން ދީފި

ގަވައިދާ ޚިލާފަށް ވަޒަންވެރިވެގެން އުޅޭ ޔަހޫދީން ދޭ ހަމަލާ ތަކުގެ އިތުރުން އިޒްރޭލުގެ ބާރުތަކުން ފާއިތުވި މަހު ވެސްޓް ބޭންކުގައި ޖުމްލަ 1,584 ހަމަލާ ދީފައިވެއެވެ. މީގެ ތެރޭގައި ސީދާ ޖިސްމާނީ ގޮތުން ދެވުނު ހަމަލާތަކާއި، ގެދޮރު ތަޅާލުމާއި، އަދި ޒައިތޫނި ގަސްތައް އުފުރާލުން ފަދަ ޖަރީމާތައް ހިމެނޭ.

ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2025 | ބުރާސްފަތި 15:52
އިސްރާއީލުގެ ވަޒަންވެރިން ވެސްޓް ބޭންކުގެ އަލްޙައްޖާ ހަމީދާ މިސްކިތުގައި ރޯކޮށް ގެއްލުން ދީފައި

އިސްރާއީލުގެ ވަޒަންވެރިން ވެސްޓް ބޭންކުގެ އަލްޙައްޖާ ހަމީދާ މިސްކިތުގައި ރޯކޮށް ގެއްލުން ދީފައި

ގަދަކަމުން ވެސްޓް ބޭންކުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީންގެ ބަޔަކު ވެސްޓް ބޭންކުގައި މިސްކިތެއްގައި އަލިފާން ރޯކޮށް މިސްކިތުގެ ތެރެއަށް ގެއްލުން ދީފި އެވެ.

މިއީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ރަށްވެހިން ހިންގާ އަނިޔާވެރި ޢަމަލުތަކުގެ ތެރެއިން އެންމެ ފަހުން ބުރާސްފަތި ދުވަހު ހިންގި ހާދިސާއެވެ.

ފަލަސްޠީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާއިން، ރިޕޯޓުކުރި ގޮތުގައި، މިސްކިތައް ހަމަލާ ދިނީ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތުގައެވެ.

ޙައްޖާ ޙަމީދާ މިސްކިތުގައި ރޯކޮށްލީ މިސްކިތުގެ ދޮރުމައްޗަށް އަލިފާން ހިފާ މާއްދާއެއް އަޅައި ގެން ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.

މިސްކިތުގެ ހުރިހާ ތަނަކަށް އަލިފާން ފެތުރުނަ ނުދިނުމަށް އެ ސަރަހައްދުގެ މީހުން މަސައްކަތް ކޮށްފައިވެއެވެ.

މީގެއިތުރުން، މިސްކިތުގެ ފާރުތަކުގައި ޢަރަބިންނާއި މުސްލިމުންނާ ދެކޮޅު ނަސްލީ ތަފާތުކުރުމުގެ ޝިޢާރުތައް ސްޕްރޭ ކޮށްފައި ވެއެވެ.

އިޒްރޭލުގެ ބާރުތަކުން ފާއިތުވި މަހު ވެސްޓް ބޭންކުގައި ޖުމްލަ 1,584 ހަމަލާ ދީފައިވެއެވެ. މީގެ ތެރޭގައި ސީދާ ޖިސްމާނީ ގޮތުން ދެވުނު ހަމަލާތަކާއި، ގެދޮރު ތަޅާލުމާއި، އަދި ޒައިތޫނި ގަސްތައް އުފުރާލުން ފަދަ ޖަރީމާތައް ހިމެނެއެވެ.

އެންމެ ގިނައިން އަނިޔާވެރިކަން ތަޙައްމަލުކުރަން ޖެހުނު ސަރަޙައްދުތަކަކުގެ ތެރޭގައި ރާމަﷲ، ނާބްލުސް، އަދި އަލް-ޚަލީލް ސަރަޙައްދު ހިމެނެއެވެ.

ޖުލައި 2024 ގައި، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން، ކުރި ހުކުގައި ވެސްޓް ބޭންކު ގަދަ ކަމުން ހިފައިގެން އިޒްރޭލުން ތިބި ތިބުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ވެސްޓް ބޭންކާއި އިރުދެކުނު އަލް-ޤުދުސް ގައި ހުރި ހުރިހާ ސެޓްލްމަންޓްތައް ހުސްކުރުމަށް ވެސް އައިސީޖޭ އިން ވަނީ ގޮވާލާފަ އެވެ.

ކޯޓުގެ އެޑްވައިޒަރީ އޮޕީނިއަން އަކީ ގާނޫނީ ގޮތުން ތަންފީޒު ކުރުން ލާޒިމު އެއްޗެއް ނޫން ނަމަވެސް، 57 އަހަރުގެ ހިސޯރު ކުރުމުގެ ގާނޫނީ ހައިސިއްޔަތާ ބެހޭ ގޮތުން އައިސީޖޭ އިން ނިންމި ނިންމުމަކީ ތާރީޚީ މުހިންމު ނިންމުމެއްގެ ގޮތުގައި ގިނަ ގައުމުތަކުން ބަލައިގަނެ އެވެ.

ވެސްޓް ބޭންކުއިޒްރޭލް-ފަލަސްޠީން

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
އިޒްރޭލް، ޣައްޒާ ހަނގުރާމަ: އެއްބަސްވުމާއި އިޒްރޭލުން ޚިލާފުވާތީ ރާއްޖެ އިން އެކަން ކުށްވެރިކޮށްފި

އިޒްރޭލް، ޣައްޒާ ހަނގުރާމަ: އެއްބަސްވުމާއި އިޒްރޭލުން ޚިލާފުވާތީ ރާއްޖެ އިން އެކަން ކުށްވެރިކޮށްފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު