Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ވެސްޓް ބޭންކަކީ އިސްރާއީލްގެ ބިމަކަށް ހަދާނެ ކަމަކަށް ނުދެކެން؛ ރޫބިއޯ

އިސްރާއީލްގެ ދެކުނު ހުޅަނގުގައި ހުންނަ އެމެރިކާ އިން އިސްކޮށް ހިންގާ ސިވިލް މިލިޓަރީ ކޯޑިނޭޝަން ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި ރޫބިއޯ ވިދާޅުވީ، އެކަން އެގޮތަށް ހިނގާނެ ކަމަށް އެމެރިކާ އަދި އޭނާ ވެސް ނުދެކޭ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ރޫބިއޯ ދެއްވާފައި ނުވެ އެވެ.

ކަނެސެޓުގައި ނެގުނު ވޯޓަކީ އެމެރިކާގެ ވައިސް ޕްރެޒިޑެންޓް އަދި އިސްރޭލުގެ ބޮޑުވަޒީރު ދެރަކޮށްލުމަށް ނެގުނު ސިޔާސީ ވޯޓެއް ކަމަށް ރޫބިއޯ ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 އޮކްޓޯބަރު 2025 | ހޮނިހިރު 05:43
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ

އިސްރާއީލް އިން، ވެސްޓް ބޭންކަކީ އެ ޤައުމުގެ އަމިއްލަ ބިމަަކަށް ހަދާނެ ކަމަށް ނުދެކޭ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.

ރޫބިއޯ މިހެން ވިދާޅުވެފައި ވަނީ ވެސްޓް ބޭންކުގައި އާާބާދުވުމަށް އިސްރާއީލް ނިންމާފައިވާ ޕްލޭން މިދިޔަ ހަފުތާގެ ތެރޭގައި ފާސްކޮށްފައި ވަނިކޮށް، އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ހުކުރު ދުވަހު ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވެފައި ވަނީ އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލީހުގައި ނެގުނު ވޯޓަކީ ސިޔާސީ ވޯޓެއް ކަމަށެވެ. އެގޮތުން އެއީ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އާއި، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ "ދެރަކޮށްލުމަށް" ނެގުނު ވޯޓެއް ކަމަށް ރޫބިއޯ ވަނީ ވިދާޅުވެފަ އެވެ.

އިސްރާއީލްގެ ދެކުނު ހުޅަނގުގައި ހުންނަ އެމެރިކާ އިން އިސްކޮށް ހިންގާ ސިވިލް މިލިޓަރީ ކޯޑިނޭޝަން ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި ރޫބިއޯ ވިދާޅުވީ، އެކަން އެގޮތަށް ހިނގާނެ ކަމަށް އެމެރިކާ އަދި އޭނާ ވެސް ނުދެކޭ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ރޫބިއޯ ދެއްވާފައި ނުވެ އެވެ.

ޣައިރު ޤާނޫނީ ގޮތުން ވެސްޓް ބޭންކުގައި އާބާދުވުމަށް އިސްރާއީލްގެ ޕްލޭނަށް މިދިޔަ ހަފުތާގެ ތެރޭގައި ހުއްދަ ދީފައިވާއިރު، އެކަމަކީ ބައިނަލްއަޤުވާމީ މުޖުތަމައުން އިންތިހާ އަށް ކަންބޮޑުވުން ފާޅު ކޮށްފައިވާ ކަމެކެވެ. އިސްރާއީލްގެ ސަރުކާރުން ހުއްދަ ދީފައި ވަނީ، އެ ޤައުމުން ވެސްޓް ބޭންކާއި، އިރުމަތީ ޖެރޫސަލަމް ވަކި ކޮށްލައިި، ފަލަސްޠީނުގެ ބިން ދެބައި ކޮށްލާ ފަދަ، އާބާދުވުމުގެ މަޝްރޫއު އަކަށެވެ.

"އީ1"ގެ ނަމުން މަޝްހޫރު މި ސަރަހައްދުގައި އާބާދީ ވުމުގެ މަސައްކަތް މިހާތަނަށް ހުއްޓިފައި ހުއްޓިފައި އޮތީ، ފާއިތުވި 20 އަހަރުގެ ތެރޭގައި ބައިނަލްއަޤުވާމީ މުޖުތަމައުން އެކަމާ ދެކޮޅު ހަދަމުން އަންނާތީ އެވެ. ނަމަވެސް، އިސްރާއީލްގެ ޑިފެންސް މިނިސްޓްރީގެ ކޮމެޓީ އަކުން ބުދަ ދުވަހު ވަނީ، އެ ސަރަހައްދުގައި 3،400 ގެ އެޅުމުގެ ޕްލޭން އަށް ހުއްދަ ދީފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިސްރާއީލްގެ ކަނާއަތު ފިޔައިގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ވިދާޅުވެފައި ވަނީ، އެ މަޝްރޫއާ އެކު ފަލަސްޠީނު ދައުލަތެއްގެ ޚިޔާލު ފޮހެވިގެން ދާނެ ކަމަށެވެ. އޭނާ އަކީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލް އިން ހިންގަމުން އަންނަ ޖަރީމާ ތަކަށް އެންމެ ބޮޑަށް ތާއީދުކޮށް ވާހަކަ ދައްކަވާ އެކަކެވެ.

1967 ވަނަ އަހަރުގެ މެދު އިރުމަތީގެ ހަނގުރާމައިގައި އިސްރާއީލް އިން ވެސްޓް ބޭންކާއި، އިރުމަތީ ޖެރޫސަލް އަތުލުމަށް ފަހު، މިހާތަނަށް އެ ސަރަހައްދުގައި 160 ގެ ޤާއިމުކޮށް، 700،000 (ހަތް ލައްކަ) އަށް ވުރެ ގިނަ ޔަހޫގީން ދިރިއުޅެމުން ގެންދެ އެވެ.

މި ސަރަހައްދު ތަކަކީ ޣައްޒާ އާއެކު ފަލަސްޠީނުގެ މުސްތަޤުބަލުގެ ދައުލަތަށް ބޭނުންވާ ބިންތަކެވެ. މިހާރު މި ސަރަހައްދުގައި 3.3 މިލިއަން ފަލަސްޠީނު ރައްޔިތުން ދިރިއުޅެމުން ގެންދެ އެވެ.

މަސްދަރު: އޭއެފްޕީ

މާކޯ ރޫބިއޯ ވެސްޓް ބޭންކުއިޒްރޭލް-ފަލަސްޠީންޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
02 ޑިސެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި މަދޫރޯ މަޝްވަރާ ކުރައްވައިފި

29 ނޮވެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި މަދޫރޯ މަޝްވަރާ ކުރައްވައިފި
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
22 ނޮވެމްބަރު 2025

އިޒްރޭލް، ޣައްޒާ ހަނގުރާމަ: އެއްބަސްވުމާއި އިޒްރޭލުން ޚިލާފުވާތީ ރާއްޖެ އިން އެކަން ކުށްވެރިކޮށްފި

22 ނޮވެމްބަރު 2025
އިޒްރޭލް، ޣައްޒާ ހަނގުރާމަ: އެއްބަސްވުމާއި އިޒްރޭލުން ޚިލާފުވާތީ ރާއްޖެ އިން އެކަން ކުށްވެރިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު