Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

މެޗުގެ ފެށުން ދިޔައީ ރަނގަޅަކަށް ނޫން: ފްލިކް

28 އޯގަސްޓު 2024 | ބުދަ 09:20

ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ޑެނީ އޮލްމޯ އާއެކު، ބާސެލޯނާ އިން ކުރި މަސައްކަތް ރަނގަޅު ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އޯގަސްޓު 2024 | ބުދަ 09:20
ބާސެލޯނާ އިން ކުޅުނު މެޗުގައި ފްލިކް

ބާސެލޯނާ އިން ކުޅުނު މެޗުގައި ފްލިކް

ސްޕެނިޝް ލީގުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފެށުން ދިޔައީ ރަނގަޅަށް ނޫން ކަމަށް، ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ މޮޅުވީ، މެޗުގައި ވަޔެކާނޯ އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. ބާސެލޯނާ އިން މެޗުގެ ދެ ލަނޑު ވެސް ޖެހީ ފަހު ހާފުގަ އެވެ.

އެމެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބާސެލޯނާ ކޯޗު ފްލިކް ބުނީ، މެޗުގެ ފުރަތަމަ ވަގުތުތައް ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އެގޮތުން ބާސެލޯނާ އަށް އެންމެ ރަނގަޅަށް ނުކުޅެވުނު ކަމަށާއި، ބޯޅަ ހިފަހައްޓައިގެން އެންމެ ރަނގަޅަށް ކުޅެވިފައި ނެތް ކަމަށެވެ. ޚާއްސަކޮށް ކުޅުންތެރިން އެކުވެގެން އެއްވެސް ކަމެއް ކުރެވުނު މަންޒަރު ނުފެނުނު ކަމަށާއި، ނަމަވެސް ދެ ވަނަ ހާފުގައި ވަރަށް ބޮޑަށް ކުޅުން ރަނގަޅު ކުރި ކަމަށް ވެސް އޭނާ ބުންޏެވެ.

ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ޑެނީ އޮލްމޯ އާއެކު، ބާސެލޯނާ އިން ކުރި މަސައްކަތް ރަނގަޅު ކަމަށް ފްލިކް ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ފާއިތުވި އަހަރުތަކު ކުޅެފައިވާ މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، މިފަހަރު ވެސް އުނދަގޫ މެޗަކަށް އުންމީދު ވެސް ކުރި ކަމުގައި ފްލިކް ބުންޏެވެ. އެހެން ނަމަވެސް، އެ މެޗުން ލިބުނު މޮޅަކީ، ޚާއްސަކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މޮޅު ވެވުނީ، ދެ ވަނަ ހާފުގައި ދެއްކި ތަފާތުން ކަމަށް ވެސް ފްލިކް ޤަބޫލު ކުރެ އެވެ. ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓު ލިބިފައި އޮތުމަކީ ހިތްހަމަ ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އިތުރަށް ފްލިކް ބުނީ އުނދަގޫ މެޗުތަކާއި، ޕްރެޝަރު މެޗުތައް ކުރިއަށް އޮތީ ކަމަށާއި، ބާސެލޯނާ އިން މިހާރު ކުރަމުން އަންނަ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އުންމީދަކީ ކޮންމެ މެޗަކުން ވެސް ތިން ޕޮއިންޓު ހޯދުން ކަމަށާއި، ކުޅުންތެރިން މަސައްކަތް ކުރާނީ އެ އަމާޒުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

ބާސެލޯނާހަންސީ ފްލިކް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
19 އޮކްޓޯބަރު 2025

ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި

19 އޮކްޓޯބަރު 2025
ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް