Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ދީރް އަލް ބަލާހް އަށް އިޒްރޭލުގެ ޓޭންކުތަކުން ވަންނަމުންދާއިރު މަޣާޒީ އަށް ބޮން އަޅަނީ

ދީރް އަލް ބަލާހް ކޭމްޕުގައި ތިބި ފަލަސްތީނުގެ ރެފިއުޖީން އެ ތަން ދޫކޮށް ދިއުމަށް އަމުރުކުރުމާ ގުޅިގެން، އެ ތަނުގައި ދެމުން ދިޔަ އިންސާނީ އެހީގެ މަސައްކަތް ހުއްޓާލަން މަޖުބޫރުވެފައިވާ ކަމަށް އދ އިން ވަނީ ބުނެފައި

ރާއްޖެ އެމްވީ | 27 އޯގަސްޓު 2024 | އަންގާރަ 01:50
އަލް-އަގްސާ މިސްކިތުން ނެރެ މަގުމަތިކޮށްފައިވާ ފަލަސްތީންގެ ބަލިމީހުންނާއި އެހީތެރިން

އަލް-އަގްސާ މިސްކިތުން ނެރެ މަގުމަތިކޮށްފައިވާ ފަލަސްތީންގެ ބަލިމީހުންނާއި އެހީތެރިން

އިޒްރޭލުގެ ޓޭންކުތައް ޣައްޒާގެ މެދުތެރޭގެ ދީރް އަލް ބަލާހް އަށް ވަދެގަންނަމުންދާއިރު، އިޒްރޭލުގެ މަތިންދާބޯޓުތަކުން އެ ސަރަހައްދުގެ ކައިރީގައިވާ މަޣާޒީ ރެފިއުޖީ ކޭމްޕަށް ބޮން އަޅައި، 3 ފަލަސްތީނު މީހުން ޝަހީދު ކޮށްލައިފިއެވެ.

އދ. އިން ބުނެފައިވަނީ، އިޒރޭލުން ދީރް އަލް ބަލާހްގެ ކޭމްޕުގައި ތިބި ފަލަސްތީނުގެ ރެފިއުޖީން އެ ތަން ދޫކޮށް ދިއުމަށް އަމުރުކުރުމާ ގުޅިގެން، އެ ތަނުގައި ދެމުން ދިޔަ އިންސާނީ އެހީގެ މަސައްކަތް ހުއްޓާލަން މަޖުބޫރުވެފައިވާ ކަމަށް އދ. ން ބުނެފައިވެއެވެ. ރަފަހް އަށް މިއަހަރު ކުރީ ކޮޅު އިޒްރޭލު ސިފައިން ހަމަލާ ދޭން ފެށުމުން އެތަނުގައި ހުރި އދ ގެ އެހީގެ މައި މަރުކަޒު ބަދަލު ކުރީ ދީރް އަލް ބަލާހް އަށް ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ސިއްހީ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ އިން ބުނެފައިވަނީ އދ އިން ހިންގާ އެހީގެ މަސައްކަތަކީ "ޣައްޒާގެ ހޮސްޕިޓަލްތައް ހިންގުމަށް 100 އިންސައްތަ މުހިންމު" ކަމެއް ކަމުގައެވެ. ސިއްހީ ޚިދުމަތައް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި، ބޭރު ގައުމުތަކުން އަންނަ ޑޮކްޓަރުންގެ މަސައްކަތްތައް ވިލަރެސް ކުރުން މިކަމާ އެކު މުޅިން ހުއްޓުމަކަށް އަންނާނެ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.          

އަނެއްކޮޅުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ސިފައިންނާއި އެތަނުގައި ގަދަކަމުން ވަޒަންވެރިގެން އުޅޭ ޔަހޫދީން ހަމަލާދީ 6 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވެއެވެ. މިއާއެކު، އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ މިނިސްޓަރު އިޓާމާ ބެން-ގަވީރު ވަނީ އަލް-އަޤްޞާ މިސްކިތުގެ ގޯތިތެރޭގައި "އިސްރާއީލުގެ ދިދަ ޖަހާނެ" ކަމަށާއި އެތަނުގައި ޔަހޫދީ ފައްޅިއެއް އަޅާނެ ކަމަށް ވަނީ ބުނެފައެވެ.

އިޒްރޭލުގެ ހައްދުފަހަނަ އެޅި ވަޒީރުގެ މި ވާހަކައަށް ނުރުހުން ފާޅު ކުރައްވާ ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އިޒްރޭލުގެ އޮފިޝަލުން "ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވަމުންދާ" މައްސަލައިގައި ޖަވާބުދާރީ ކުރުވުމަށް ގޮވާލައްވާ ކަމަށާއި، "މާތްވެގެންވާ މަސްޖިދުލް އަޤްޞާގެ ތާރީޚީ އަދި ޤާނޫނީ ހައިސިއްޔަތަށް އިޙްތިރާމްކުރުމުގެ މުހިންމުކަން" ފާހަގަ ކުރައްވާފައިވެއެވެ.     

އިޒްރޭލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 40،435 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 93،534 ށް ވަނީ އަރާފައެވެ.

ހަމާސް-އިސްރާއިލް ހަނގުރާމަޣައްޒާއިސްރާއީލް އަސްކަރިއްޔާ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް
22 ނޮވެމްބަރު 2025

އިޒްރޭލް، ޣައްޒާ ހަނގުރާމަ: އެއްބަސްވުމާއި އިޒްރޭލުން ޚިލާފުވާތީ ރާއްޖެ އިން އެކަން ކުށްވެރިކޮށްފި

22 ނޮވެމްބަރު 2025
އިޒްރޭލް، ޣައްޒާ ހަނގުރާމަ: އެއްބަސްވުމާއި އިޒްރޭލުން ޚިލާފުވާތީ ރާއްޖެ އިން އެކަން ކުށްވެރިކޮށްފި
20 ނޮވެމްބަރު 2025

އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޚާން ޔޫނިސް ގައި 5 މީހުން ޝަހީދުވެ 18 މީހުން ޒަޚަމްވެއްޖ

20 ނޮވެމްބަރު 2025
އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޚާން ޔޫނިސް ގައި 5 މީހުން ޝަހީދުވެ 18 މީހުން ޒަޚަމްވެއްޖ
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު