Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް - ލުބުނާން ހަނގުރާމަ

ލުބުނާން އަށް އަނެއްކާވެސް އިޒްރޭލުން ހަމަލާދީފި، އެކަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

ލުބުނާން ގެ ސިއްހީ ވުޒާރާއިން ބުދަ ދުވަހުގެ ފަތިހު ބުނެފައިވަނީ އިޒްރޭލުން އެ ގައުމުގެ އިރުމަތީ ސަރަހައްދަށް ދިން ހަމަލާތަކުގައި އެކަކު މަރުވެ 20 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ރާއްޖެ އެމްވީ | 21 އޯގަސްޓު 2024 | ބުދަ 10:40
އިޒްރޭލުން ލުބުނާނަށް ދިން ހަމަލާގައި ރޯވެފައިވާ ތަނެއް

އިޒްރޭލުން ލުބުނާނަށް ދިން ހަމަލާގައި ރޯވެފައިވާ ތަނެއް

ލުބުނާން އަށް އަނެއްކާވެސް އިޒްރޭލުން ބޮން އަޅާ، އެކަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެއެވެ.

ލުބުނާން ގެ ސިއްހީ ވުޒާރާއިން ބުދަ ދުވަހުގެ ފަތިހު ބުނެފައިވަނީ އިޒްރޭލުން އެ ގައުމުގެ އިރުމަތީ ސަރަހައްދަށް ދިން ހަމަލާތަކުގައި އެކަކު މަރުވެ 20 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. މި ހަމަލާގެ މައުލޫމާތު ހާމަ ކުރުމުގެ ކުރިން ލުބުނާންގެ ދެކުނުގައި އިޒްރޭލުން އޭގެ 24 ގަޑީއިރެއްހާ އިރު ކުރިން ދިން ހަމަލާއެއް ގައި 4 މީހުން މަރުވެފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ހިޒްބުﷲ ގެ އިސް ކޮމާންޑަރެއް ކަމަށްވާ ފުއާދް ޝުކްރު އިޒްރޭލުން އަވަހާރަ ކޮށްލުމާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި ހަމަލާތައް ބަދަލު ކުރުން މި ފަހަކަށް އައިސް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

އިޒްރޭލުން ބުދަދުވަހު ލުބުނާން އަށް މިދިން ހަމަލާ އަކީ ނުރައްކާތެރި ހަމަލާ އެއް ކަމަށާއި ހަމަލާގައި 8 ކުޑަކުދިންނާއި މާބަނޑު އަންހެނަކު ޒަޚަމްވި ކަމަށްވެސް ލުބުނާންގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނެފައިވެއެވެ.

އެ ސަރަހައްދުގެ ހޮސްޕިޓަލެއްގެ މަސްދަރަކުން އޭއެފްޕީއަށް ބުނެފައިވަނީ އެއް އާއިލާއެއްގެ 10 އަހަރުން ދަށުގެ 5 ކުދިން ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ބުދަ ދުވަހުގެ މެންދަމުގެ ވަގުތު ދިން މި ހަމަލާތައް އައިސްފައިވަނީ ހޯމަ ދުވަހުގެ ރޭ ބެކާ ސަރަހައްދުގައި ދިން މިފަދަ ހަމަލާތަކަކަށްފަހުގައެވެ. އިޒްރޭލުން ބުނެފައިވަނީ އެއީ "ހިޒްބުﷲ ގެ ހަތިޔާރު ރައްކާކުރާ ތަންތަނަށް" އަމާޒުކޮށްގެން ދިން ހަމަލާތަކެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު