Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާ

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އަލުން މިއަދު ފެށޭއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 40،000ށް އަރައިފި

މަޝްވަރާތައް ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިޒްރޭލާއި އެމެރިކާގެ ވަފުދު ދޯހާ އަށް ދާނެ ކަމަށް ވަނީ ބުނެފައެވެ.

ރާއްޖެ އެމްވީ | 15 އޯގަސްޓު 2024 | ބުރާސްފަތި 10:27
ހޯމަ ދުވަހު ދެކުނު ގާޒާގެ ޚާން ޔޫނިސްއަށް އިސްރާއީލުގެ ސިފައިން ދިން ހަމަލާގައި މަރުވި މީހެއް ކައިރީގައި ފަލަސްތީނުގެ ރައްޔިތުންތަކެއް ހިތާމަކުރަނީ

ހޯމަ ދުވަހު ދެކުނު ގާޒާގެ ޚާން ޔޫނިސްއަށް އިސްރާއީލުގެ ސިފައިން ދިން ހަމަލާގައި މަރުވި މީހެއް ކައިރީގައި ފަލަސްތީނުގެ ރައްޔިތުންތަކެއް ހިތާމަކުރަނީ

މި ދިޔަ 24 ގަޑިއިރުގެ ތެރޭގައި ހަމަދް ސިޓީ އަށް އިޒްރޭލުގެ ހަނގުރާމަމަތީ ޖެޓުތަކުން ބޮން އަޅާ އޭގެ އިތުރުން ޣައްޒާގެ ސްޓްރިޕްގެ ދެކުނުން ޚާން ޔޫނިސްގައި މީހުން ދިރިއުޅޭ އިމާރާތްތަކަކަށް އާޓިލަރީ ހަމަލާތައް ދީ ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދު ކޮށްލައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަނެއްކޮޅުން ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާތައް ބުރާސްފަތި ދުވަހު ގަތަރުގައި ފެށޭނެ ކަމަށް އަލް ޖަޒީރާ އިން ބުނެފައިވެއެވެ. މަޝްވަރާތަކަށް އިޒްރޭލް އާއި އެމެރިކާ އިން ވަފުދު ފޮނުވާނެ ކަމަށް ވަނީ ބުނެފައެވެ. ހަމާސް އިން ބުނެފައިވަނީ އިޒްރޭލުން ސުލްހައިގެ ޕްރޮޕޯސަލްއަށް ސީރިއަސް ޖަވާބެއް ގެނައިތޯ ބެލުމަށް ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށެވެ.

ބައްދަލުވުމަށް ކުޑަތަން ވެފައިވަނިކޮށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން އާއި ގަތަރުގެ ބޮޑުވަޒީރު ޝޭޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް-ތާނީ މަޝްވަރާތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކަށް ގުޅުއްވާ މަޝްވަރާގެ މުހިންމުކަން ކުޑަވެދާނެ އެއްވެސް ކަމެއް ނުކުރުމަށް އެދިވަޑައިގެންނެވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގެ ވާހަކަ ދައްކަމުން ދިޔަޔަށް އިޒްރޭލުން ފަލަސްތީން މީހުންނަށް ދޭ ހަމާލާތަކާ އެ ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދަށް ކުޑަވެސް މެދުކެނޑުމެއް އައިސްފައެއް ނުވެއެވެ.

އޮކްޓޯބަރު 7 ގެ ފަހުން ޣައްޒާ އަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި 40،005 މީހުން ފަލަސްތީނުން ޝަހީދުވެފައިވެއެވެ. އޭގެ އިތުރުން 92،401 މީހުން ވަނީ ޝަހީދުވެފައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު