Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ރެއާލްގައި ފުރަތަމަ ތައްޓާއެކު އެމްބާޕޭ އަށް އުފާވެރި އިޙުސާސެއް!

ޚާއްސަކޮށް ފުރަތަމަ މެޗުގައި ލަނޑު ޖަހައި، ރެއާލަށް ތަށި ކާމިޔާބު ކުރުމަށް އެހީތެރިވެވުމުން އުފާވާ ކަމަށް އެމްބާޕޭ ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 އޯގަސްޓު 2024 | ބުރާސްފަތި 08:23
ރެއާލަށް ކުޅެމުން އަންނަ އެމްބާޕޭ

ރެއާލަށް ކުޅެމުން އަންނަ އެމްބާޕޭ

ސްޕެއިންގެ ރެއާލް މެޑްރިޑާ އެކު ފުރަތަމަ ތަށި ކާމިޔާބު ކުރެވުމުން އުފާވެރި އިޙުސާސެއް ކުރެވޭ ކަމަށް، އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ބުނެފި އެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ދޫކޮށް، އެމްބާޕޭ ރެއާލަށް ބަދަލުވީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ކުލަބާ އެކު އެމްބާޕޭ ކުޅުނު ފުރަތަަމަ މެޗަކީ ޔުއެފާ ސުޕަ ކަޕްގެ ފައިނަލް މެޗެވެ. އެޓަލަންޓާއާ ދެކޮޅަށް ރެއާލުން ކުޅުނު އެ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން އެމްބާޕޭ ވަނީ ކުޅެފަ އެވެ. މެޗުގައި ރެއާލްގެ ދެ ވަނަ ލަނޑު ޖެހީ ވެސް އެމްބާޕޭ އެވެ. މެޗުގެ ވަކި ހިސާބަކުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ، ރެއާލް މެޑްރިޑްގެ ޖާޒީ ލުމަކީ ވަރަށް އުފާވެރި އިޙުސާސެއް ކުރެވޭ ކަމަށެވެ. އަދި ޚާއްސަކޮށް ފުރަތަމަ މެޗުގައި ލަނޑު ޖަހައި، ރެއާލަށް ތަށި ކާމިޔާބު ކުރުމަށް އެހީތެރިވެވުމުން އުފާވާ ކަމަށް އެމްބާޕޭ ވަނީ ބުނެފަ އެވެ. ޔުއެފާ ސުޕަ ކަޕަކީ އެމްބާޕޭގެ ކެރިއަރުގައި އޭނާ ކާމިޔާބު ކުރި ކުލަބް އިންޓަނޭޝަނަލް ފުރަތަމަ ތައްޓެވެ.

މީގެ އިތުރުން އެމްބާޕޭ ބުނީ، ރެއާލް މެޑްރިޑްގެ ނަން ބުނުމާއެކު ދެން ބުނެވޭނީ ތަށީގެ ވާހަކަ ކަމަށެވެ. ރެއާލް އަކީ އަބަދު ވެސް ތަށިތައް ކާމިޔާބު ކުރުމުގައި އޮންނަ ޓީމެއްކަން ފާހަގަ ކުރަމުން އެމްބާޕޭ ބުނީ، ރެއާލް އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ކުލަބު ކަމަށެވެ. އަދި އެ ކުލަބުގައި ހުރުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށް ވެސް އެމްބާޕޭ ބުންޏެވެ.

ރެއާލުން އެމްބާޕޭގެ ސޮއި ހޯދީ އޭނާ ހޯދަން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރުމަށްފަހު އެވެ. އެންމެ ފުރަތަމަ އެމްބާޕޭ ހޯދުމަށް ރެއާލުން މަސައްކަތް ކުރި ފަހަރު، ފަހު ވަގުތު އެމްބާޕޭ ނިންމީ ޕީއެސްޖީގައި މަޑު ކުރުމަށެވެ. ނަމަވެސް އޭގެ ފަހުން ދެ ވަނަ ފަހަރަަށް އޭނާ ހޯދުމަށް ކުރި މަސައްކަތުގައި ރެއާލުން ވަނީ ޑީލް ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

24 ފެބުރުއަރީ 2017
މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް
23 ފެބުރުއަރީ 2017

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
16 ފެބުރުއަރީ 2017

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު