Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ސުޕާކަޕް

އާ ސީޒަނުގެ ފުރަތަމަ "ކްލެސިކޯ" މިރޭ!

މެޗަށް ނުކުންނައިރު ދެ ޓީމުންވެސް ބަދަލުތަކެއް ފެނިގެން ދާނެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 13 އޯގަސްޓު 2017 | އާދީއްތަ 14:23
ދެ ޓމުގެ އެންމެ މުހިންމު ކުޅުންތެރިން ކަމަށްވާ މެސީއާއި ރޮނާލްޑޯ

ދެ ޓމުގެ އެންމެ މުހިންމު ކުޅުންތެރިން ކަމަށްވާ މެސީއާއި ރޮނާލްޑޯ

ސްޕެނިޝް ސުޕާ ކަޕްގައި ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗު މިރޭ ކުޅެވިގެންދާނެއެވެ.

ރާއްޖެ ގަޑިން އެކެއް ޖަހާއިރު ފަށާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބާސާގެ އަމިއްލަ ދަނޑުކަމަށްވާ ކޭމްޕްނޯގަ އެވެ.

ބާސާއަށް ސުޕާކަޕުން ޖާގަ ލިބުނީ މިދިޔަ ސީޒަނުގައި ކޮޕާ ޑެލްރޭ އުފުލާލައިގެންނެވެ. ރެއާލްއަށް ފުރުސަތު ލިބިފައިވަނީ މިދިޔަ ސީޒަނުގައި ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްގެންނެވެ.

މި މެޗަށް ނުކުންނައިރު ދެ ޓީމުންވެސް ބަދަލުތަކެއް ފެނިގެން ދާނެއެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަ ވެގެންދާނީ ފާއިތުވި ސީޒަނުގައި ބާސާއާށް ކުޅުނު ބްރެޒިލްގެ ފޯވާޑް ނޭމާ ފެނިގެން ނުދިޔުމެވެ. އޭނާވަނީ ދުނިޔޭގެ ރިކޯޑް އަދަދަކަށް ފްރާންސްގެ ޕީ.އެސް.ޖީއަށް ބަދަލުވެފައެވެ.

ހަމަ އެހެންމެ ރެއާލްއިންވެސް އެތަކެއް ތަރިންތަކެއް ފެނިގެންނުދާނެއެވެ. އެގޮތުން ޕެޕޭ، ޑެނިލޯ، މޮރާޓާ އަދި ހުނަރުވެރި މިޑްފީލްޑާ ޖޭމްސް ރޮޑްރިގޭޒް ވަނީ މިސީޒަނުގައި އެހެން ޓިމުތަކަށް ބަދަލުވެފައެވެ.

މިރޭގެ މެޗުގައި މި ދެޓީމުންވެސް އާ މޫނުތަކެއް ފެނިގެންދާނެއެވެ. އެގޮތުން ރެއާލްއިން ވަނީ ޑިފެންޑާ ތިއޯ ހަނާންޑޭޒް އާއި 21 އަހަރުން ދަށުގެ ޔޫރޯގައި ވިދާލި ހުނަރުވެރި މިޑްފީލްޑާ ޑެނީ ސެބަލޯސް ގެނެސްފައެވެ. މީގެ އިތުރުންވެސް އެތަކެއް ޒުވާން ކުޅުންތެރިންތަކެއް ވަނީ އެޓީމާ ގުޅިފައެވެ. ބާސާއިންވަނީ ޕޯޗުގަލްގެ ޑިފެންޑާ ނެލްސަން ސެމޭޑޯގެ އިތުރަށް ސްޕެއިންގެ ފޯވާޑް ޖެރާޑް ޑެއުލޮފޯގެ ސޮއި ހޯދާފައެވެ.

މި މެޗުގައި ސަސްޕެންޝަންގެ ސަބަބުން ރޭއާލްގެ މިޑްފީލްޑާ ލޫކާ މޮޑްރިޗް ނުކުޅޭނެއެވެ. އަދި އިންޖަރީގެ ސަބަބުން ބާސާގެ ރަފީންޔާ އަދި އަންދްރޭ ގޯމޭޒް ނުކުޅޭނެއެވެ.

މިރޭގެ މެޗަކީ ބާސާއާއި އަލަށް ގުޅުނު ކޯޗް އާނެސްޓޯ ވަލްވާޑޭ ވާދަވެރި މުބާރާތެއްގައި އެހެން ޓީމަކާ ދެކޮޅަށް ބާސާ ގޮވައިގެން ނުކުންނަ ފުރަތަމަ ފަހަރެވެ.

ޕްރީ ސީޒަންގައި މިދެޓީމު ވާދަކުރި މެޗު 2-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސާއެވެ. މި މުބާރާތުގެ ދެވަނަ ލެގު ކުޅެވޭނީ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

މާލޭ ލީގު: ފުރަތަމަ ޑިވިޝަނަށް އަލަށް އައި ގްރީން ސްޓްރީޓުން ވިކްޓަރީ ސިއްސުވާލައިފި

25 ފެބުރުއަރީ 2017
މާލޭ ލީގު: ފުރަތަމަ ޑިވިޝަނަށް އަލަށް އައި ގްރީން ސްޓްރީޓުން ވިކްޓަރީ ސިއްސުވާލައިފި
24 ފެބުރުއަރީ 2017

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

24 ފެބުރުއަރީ 2017
މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް
23 ފެބުރުއަރީ 2017

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު