Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސައޫދީ ޕްރޯ ލީގް

ސައޫދީގެ 350 މިލިއަން ޔޫރޯއަށް ވިނީޝިއަސް އަށް ނޫނެކޭ ބުނެވޭކަށް ނެތް

މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފޯވަޑަކީ ވިނީޝިއަސް އެވެ. އޭނާ ސައޫދީ ލީގަށް ގެންދަން ބޭނުންވަނީ ސައޫދީ އަރަބިއާގެ ސަރުކާރުންނެވެ.

ރާއްޖެ އެމްވީ | 12 އޯގަސްޓު 2024 | ހޯމަ 20:04
ވިނީޝިއަސް ޖޫނިއަރ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ވިނީޝިއަސް ޖޫނިއަރ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ސައޫދީ އަރަބިއާގެ ޕްރޯ ލީގުން 350 މިލިއަން ޔޫރޯގެ މުސާރައެއް ހުށަހެޅުމުން އެ ލީގަށް ބަދަލުވުމާމެދު ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވަޑް ވިނީޝިއަސް ޖޫނިއާ ވިސްނަން ފަށައިފި އެވެ.

މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފޯވަޑަކީ ވިނީޝިއަސް އެވެ. އޭނާ ސައޫދީ ލީގަށް ގެންދަން ބޭނުންވަނީ ސައޫދީ އަރަބިއާގެ ސަރުކާރުންނެވެ. ސައޫދީ ޕްރޯ ލީގު ހިންގަނީ ސަރުކާރުން ހިންގާ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުންނެވެ. މި ފަންޑުގެ 75 ޕަސެންޓް ހިއްސާ އޮންނަނީ ސައޫދީގެ އެންމެ ވަރުގަދަ ހަތަރު ކުލަބުގަ އެވެ. އެއީ އަލް އަހްލީ އާއި އަލް އިއްތިހާދާއި އަލް ހިލާލް އާއި އައް ނަސްރެވެ. މީގެ ތެރެއިން އައް ނަސްރަކީ މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭ ކުލަބެވެ. ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ކަރީމް ބެންޒެމާ ކުޅެނީ އަލް އިއްތިހާދަށެވެ. ސަރުކާރުން ވިނީޝިއަސް ސައޫދީ ލީގަށް ގެންދާތީވެ އޭނާ ކުޅޭނީ މި ހަތަރު ކުލަބުގެ ތެރެއިން އެއް ކުލަބަށެވެ.

ސައޫދީ ލީގުން ވިނީޝިއަސް ގެންދަން ބޭނުންވާ މައިގަނޑު ސަބަބަކީ 2034 ވަނަ އަހަރު އެ ގައުމުގައި ބާއްވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ އެމްބެސެޑަރެއްގެ ގޮތުންނެވެ. ވިނީޝިއަސް ކުރަންޖެހޭނެ ކަމަކީ ސައޫދީ އަރަބިއާ ޕްރޮމޯޓްކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވުމެވެ. ސައޫދީ ޕްރޮމޯޓްކުރުމަށް މިހާތަނަށް ހަމަޖައްސާފައިވާ ދެ އެމްބެސެޑަރުންނަކީ ރޮނާލްޑޯ އާއި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އެވެ.

ވިނީޝިއަސް މި ހުށަހެޅުމާމެދު ވިސްނަން ފެށީ މުސާރަ ބޮޑުކަމުންނެވެ. އަހަރަކު 350 މިލިއަން ޔޫރޯ އަކީ ސައޫދީ ފިޔަވައި ދުނިޔޭގެ އެހެން ބަޔަކަށް ދެވޭވަރުގެ މުސާރައެއްނޫނެވެ. މިހެންވެ މިކަމާމެދު ވިނީޝިއަސް ސީރިއަސްކޮށް ވިސްނަމުންދާއިރު ސައޫދީ އަރަބިއާއިން ވެސް ރަސްމީކޮށް އަދި އޭނާ ގަތުމަށް ރެއާލް މެޑްރިޑަށް ހުށަނާޅަ އެވެ. އެއީ އެންމެ ފުރަތަމަ ކުޅުންތެރިޔާގެ އާނ ބަސް ހޯދުމަށްފަހު ނޫނީ ރަސްމީކޮށް ބިޑްނުކުރާންވެގެންނެވެ.

ރެއާލް މެޑްރިޑުން ވިނީޝިއަސް ވިއްކަން ހަމަޖައްސާފައިވާ އަގަކީ 1 ބިލިއަން ޔޫރޯ އެވެ. ނަމަވެސް ސްޕޭނުގެ ނޫސްތަކުން ބުނަނީ ކުޅުންތެރިޔާ ސައޫދީ އަރަބިއާގެ ލީގަށް ބަދަލުވާން ބޭނުންވެއްޖެނަމަ ރެއާލް މެޑްރިޑަށް ޖެހޭނީ މިއަށްވުރެ ކުޑައަގެއްގައި އޭނާ ވިއްކާލަން ކަމަށެވެ. ވިނީޝިއަސް އާއި ރެއާލް މެޑްރިޑާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރަށެވެ.

އޭނާ ވަނީ މިދިޔަ ސީޒަނުގައި 24 ގޯލު ޖަހައިފަ އެވެ. އަދި ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްދީ ފައިނަލް މެޗުގައި ދެ ގޯލު ޖެހީ ވެސް އޭނާ އެވެ.

އިތުރަށް ކިޔާލަން

12 މެއި 2017

މޮރާޓާ ހޯދުމަށް އާސެނަލް އިން 50 މިލިއަންގެ ބިޑެއް ހުށަހަޅަނީ!

12 މެއި 2017
މޮރާޓާ ހޯދުމަށް އާސެނަލް އިން 50 މިލިއަންގެ ބިޑެއް ހުށަހަޅަނީ!
04 މެއި 2017

ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ

04 މެއި 2017
ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ
22 އެޕްރީލު 2017

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017
ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ
17 އެޕްރީލު 2017

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް
30 މާރިޗު 2017

މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

30 މާރިޗު 2017
މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު