Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

އެފްއޭއެމް ބަޖެޓު 1.67 މިލިއަން ރުފިޔާ މި ބަޖެޓުން ޑެފިސިޓްވާނެ

ލީވާން އަލީ
ލީވާން އަލީ | 25 ފެބުރުއަރީ 2017 | ހޮނިހިރު 13:31
އެފްއޭއެމް ހައުސް

އެފްއޭއެމް ހައުސް

ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސައި، ހާޒިރުވެ ތިބި ކްލަބްތަކުގެ އިއްތިފާގުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ބަޖެޓް ފާސްކޮށްފި އެވެ.

ހޮނިހިރު ދުވަހު ބޭއްވި އެފްއޭއެމް ކޮންގްރެސްގައި ފާސްކޮށްފައިވަނީ 60.82 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންނަމަވެސް އެފްއޭއެމް އަށް ވަންނާނީ 59.15 މިލިއަން ރުފިޔާ އެވެ. އެގޮތުން 1.67 މިލިއަން ރުފިޔާ މި ބަޖެޓުން ޑެފިސިޓްވާނެ އެވެ.

އެފްއޭއެމް އިން އަލަށް ފާސްކުރި ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ޕްރޮޖެކްޓްތަކަށެވެ. އެގޮތުން ޕްރޮޖެކްޓްތަކަށް 23.13 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެފްއޭއެމް އިން ބުނެއެވެ. މިފަހަރުގެ ބަޖެޓުގައި ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާފައިވާއިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އަމާޒަކީ ދައުރު ނިމޭއިރު ދަރަނި އެއްކޮށް ދައްކާ ނިންމާލުމެވެ. އެފްއޭއެމްގެ ދަރަނި މިހާރު ވަނީ 20 މިލިއަން ރުފިޔާ އަށް އަރާފައެވެ.

އެފްއޭއެމްގެ އެޑްމިނިސްޓްރޭޓިވް ކަންތައްތައް ހަރުދަނާ ކުރުމަށް މި އަހަރުގެ ބަޖެޓުގައި 7.99 މިލިއަން ރުފިޔާ ހަމަޖައްސާފައިވާއިރު، މުބާރާތްތަކަށް 8.23 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގައުމީ ފިރިހެން ޓީމަށް 6.2 މިލިއަން ރުފިޔާ ހަމަޖައްސާފައިވާއިރު، ކެޕިޓަލް އެކްސްޕެންޑިޗާ އަށް 3.03 ރުފިޔާ ހަރަދުވާނެ ކަމަށް އެފްއޭއެމް އިން ބުނެއެވެ.

އެފްއޭއެމް އަށް މި އަހަރު އެހީގެ ގޮތުގައި ފީފާ އިން 30.99 މިލިއަން ރުފިޔާ ދޭއިރު، އޭއެފްސީން 3.9 މިލިއަން ރުފިޔާ ދޭނެއެވެ. މީގެއިތުރުން ސްޕޮންސަރުންގެ ފަރާތުން 13.1 މިލިއަން ރުފިޔާ ދިނުމަށް ހަމަޖައްސާފައިވާ އިރު، ޔޫތު މިނިސްޓްރީން ވަނީ 1.9 މިލިއަން ރުފިޔާ އެ އިދާރާގެ ކަންކަމަށް ދިނުމަށް ނިންމާފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު