Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާނޫނުތައް ތަންފީޒުކުރުން

ގާނޫނުތައް ތަންފީޒު ކުރަމުންދާތީ ބައެއް މީހުންނަށް އުދަނގޫވާނެ: މިނިސްޓަރު އިހުސާން

ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޮޑު އިސްކަމެއް ދީގެން ދަނީ މަސައްކަތް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 އޯގަސްޓު 2024 | އާދީއްތަ 16:58
ރައްކާ ޕްރޮގްރާމަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ

ރައްކާ ޕްރޮގްރާމަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ

ގާނޫނުތައް ތަންފީޒު ކުރަމުންދާތީ ބައެއް މީހުންނަށް އުދަނގޫވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ ރައްކާ ޕްރޮގްރާމަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ޚާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށެވެ.

އެގޮތުން ރާއްޖެ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމާއި، ގޭންގު ހަދައިގެން ކުށްތައް ކުރުން ހުއްޓުވުމާއި، ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. މިނިސްޓަރު އިހުސާން ވިދާޅުވީ މި މަސައްކަތްތަކުން ހަގީގީ ނަތީޖާއެއް ފެންނާނީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށެވެ.

ގިނަ ގާނޫނުތައް ތަންފީޒުވެގެން އަންނައިރު ބައެއް މީހުންނަށް އުނދަގޫ ވާނެކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ މިހާތަނަށް ގާނޫނުތައް ތަންފީޒު ނުވެ ދިޔުމުން ފައިދާތަކެއް ލިބެމުންދިޔަ ބަޔަކު ތިބެދާނެ ކަމަށެވެ. ނަމަވެސް ގާނޫނުތައް ނަގަހައްޓަން ކުރާ މަސައްކަތްތަކުން ކޮންމެވެސް ބަޔަކަށް ވަގުތީގޮތުން ތަކުލީފެއް އަންނާނެ ކަމަށާއި، އެކަން ތަހައްމަލު ކުރަން ޖެހޭނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އިހުސާން ވަނީ ރައްކާ ރޯޑް ޝޯވ ޕްރޮގްރާމުގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ މި ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި އެކްސިޑެންޓްތައް މަދުކުރުމާއި، އެކްސިޑެންޓްތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމާއި، ގާނޫނާއި ގަވާއިދުތަކަށް މީހުން އަހުލުވެރިކުރުވުމާއި، އަދި ނަމޫނާ މަގުތަކަކަށް މަގުތައް ހެދުން ހިމެނޭ ކަމަށެވެ. މިނިސްޓަރު އިހުސާން ވިދާޅުވީ ޕްރޮގްރާމުގެ ދެވަނަ ބައި ފެށިގެންދާއިރު، ވީހާވެސް ގިނަ ބައިވެރިން ޕްރޮގްރާމުގައި ސީދާ އަދި ނުސީދާކޮށް ބައިވެރިވެ، މީގެއިން މަންފާތަކެއް ލިބިގެން ދިޔުމަކީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން 2014 ވަނަ އަހަރުން ފެށިގެން "ރައްކާ" ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ގެންދަނީ ހިންގަމުންނެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމެވެ. މިއަހަރުގެ ރައްކާ ރޯޑް ޝޯވ 2024 ގެ ނަމުގައި ކުރިޔަށްދާ ހަރަކާތްތައް ކުރިއަށް ގެންދަނީ ފުވައްމުލައް ސިޓީގައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރި ކުންފުނި ތަކުގެ އެހީތެރިކަން ލިބޭ ކަމަށް ފުލުހުން ބުނެއެވެ.

ފުވައްމުލަކުގައި ކުރިޔަށްދާ މި ޕްރޮގްރާމް ބެހިފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ. ފުރަތަމަ ބައިގެ ގޮތުގައި އޮގަސްޓް މަހުގެ 3 އިން 8 އަށް ކުރިޔަށް ގެންގޮސްފައިވަނީ ސަތޭކަވަނަ ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމެވެ. ދެވަނަ ބައިގެ ގޮތުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި އެކި ޙަރަކާތްތައް އޮގަސްޓް މަހުގެ 10 އިން 17 އަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު