Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ސިޓީ

އެޑާސަން ސިޓީގައި މަޑު ކުރާނެކަން ގާޑިއޯލާ ހާމަކޮށްފި

ސައުދީ ލީގުގެ އަލް އިއްތިހާދާއި، އަލް ނަސްރުން ވަނީ އޭނާގެ ހޯދުމުގެ މަސައްކަތް ކޮށްފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 އޯގަސްޓު 2024 | ހޮނިހިރު 05:29
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ އެޑާސަން

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ އެޑާސަން

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ގޯލު ކީޕަރު އެޑާސަން އެ ކުލަބުގައި މަޑު ކުރާނެކަން ކޯޗު ޕެޕް ގާޑިއޯލާ ހާމަކޮށްފި އެވެ.

އުމުރުން 30 އަހަރުގެ އެޑާސަން ސިޓީ އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. ބެންފީކާގައި ހުރުމަށްފަހު އެޑާސަން ސިޓީ އަށް ބަދަލުވީ، އޭރު އެންމެ އަގު ބޮޑު ގޯލް ކީޕަރުގެ ގޮތުގަ އެވެ. ސިޓީ އާއެކު އެންމެ ފަހުން އެޑާސަން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވައި، ސައުދީ ޕްރޯ ލީގުގެ ބައެއް ކުލަބުތަކުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ.

އެގޮތުން ސައުދީ ލީގުގެ އަލް އިއްތިހާދާއި، އަލް ނަސްރުން ވަނީ އޭނާގެ ހޯދުމުގެ މަސައްކަތް ކޮށްފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އަދި އެކަމާ ގުޅުން ހުރި މަޝްވަރާތައް ވެސް ކުރިއަށް ދިޔަ ކަމަށާއި، އެހެން ނަމަވެސް އެއްވެސް ފަރާތަކަށް އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އެޑާސަން ސިޓީ ގައި މަޑު ކުރާނެ ކަމަށާއި، އޭނާ ކުލަބުގައި ހުރުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. ސިޓީ ގައި އެޑާސަން މޮޅު ކުޅުމެއް ދައްކާފައިވާއިރު، އެޑާސަން އަކީ ސިޓީ އަށް މުހިންމު ކުޅުންތެރިޔެއްކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، ސިޓީ ގައި އެޑާސަންގެ ސިލްސިލާ ކުރިއަށް ދާނެ ކަމަށެވެ.

އެޑާސަން ވަނީ ސިޓީގައި ހޭދަކޮޮށްފައިވާ ހަތް ސީޒަންގެ ތެރޭގައި، 332 މެޗުގައި އެ ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ. ސިޓީ އާއެކު އެޑާސަން ވަނީ 17 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ކަރަބޯ ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހިމެނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން

މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން

04 މާރިޗު 2017
އަހަރެން ޔުނައިޓެޑްގައި މަޑުކުރާނަން: ރޫނީ

އަހަރެން ޔުނައިޓެޑްގައި މަޑުކުރާނަން: ރޫނީ

24 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު