Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޝުއަރެންސް ބިލް

ރާއްޖޭގައި އިންޝުއަރެންސް ފްރޯޑް ހިނގާ، ބިލުން އެކަމަށް ހައްލު ލިބެން ޖެހޭ - ޣަފޫރު

7 އޯގަސްޓު 2024 | ބުދަ 09:41

ޣަފޫރު ވިދާޅުވީ އިންޝުއަރެންސް ބުނަނީ ކޮން އޮތޯރިޓީ އެއްގެ ވާހަކަ ކަން ސާފު ނުވާ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 7 އޯގަސްޓު 2024 | ބުދަ 09:41
 މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ

މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ

ރާއްޖޭގައި އިންޝުއަރެންސް ފްރޯޑް ހިނގާ، އިންޝުއަރެންސް ބިލުން އެކަމަށް ހައްލު ލިބެން ޖެހޭ ކަމަށް މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގެ ބަޙުސް މަރުހަލާގައި ވާހަކަދައްކަވަމުންނެވެ. އިންޝުއަރެންސްގެ ޚިދުމަތް މިހާރު ދެމުންދާ ފަރާތްތަކަށް ވެސް ނިޒާމުގެ ތެރެއަށް ވަދެވޭނެ ފުރުސަތު ދޭން ޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިހާރު އިންޝުއަރެންސްގެ ޚިދުމަތް ދެނީ އެޖެންޓުން މެދުވެރިކޮށް ކަމަށާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ވެސް ރާއްޖޭގައި އިންޝުއަރެންސް ޚިދުމަތް ދެވެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. 100 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓްތައް ކުރެވޭ ވަރުގެ ކުންފުނިތައް މި ވަގުތު ރާއްޖެގައި ނު އުފެދޭނެ ކަމަށް ޢަފޫރު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި އިންޝުއަރެންސް ނިޒާމަކީ އާއްމު މީހާ އަށް ލިބިގަނެވޭ ވަރަށް ވުރެ މާ އަގުބޮޑުކޮށް ދޭ ޚިދުމަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. ތިން ޕާޓީ، ހަތަރު ޕާޓީ މެދުވެރިކޮށް އެ ޚިދުމަތް ދޭ އިރު އާއްމު މީހާ އަހަރަކު 60،000 އާއި 200000 ރުފިޔާ އާއި ދެމެދުގެ އަދަދެއް ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިންޝުއަރެންސް ނަހަމަ ގޮތުގައި ބޭނުންކުރާ މީހުން ރާއްޖޭގައި މަދުން ނަމަވެސް ތިބި ކަމަށް ޢަފޫރު ވަނީ ވިދާޅުވެފައެވެ. ގަސްތުގައި ދޯނީގައި ރޯކޮށްލުމާއި، ރިސޯޓްގައި ރޯކޮށްލުން ފަދަ ކަންކަން ރާއްޖޭގައި ހިނގާފައި ހުރިކަން އެއީ ބަދަލު ނުކުރެވޭނެ ހަގީގަތެއް ކަމަށް ޢަފޫރު ވަނީ ވިދާޅުވެފައެވެ. އަދި ގިނަ ފަހަރު ޝަރީއަތަށް ދިޔައީމަ އެ ފައިސާ އަށް އެދި ދައުވާ ކުރާ ފަރާތަށް ފައިސާ ދޭންޖެހޭ ކަމަށާއި މި ބިލް ވަރަށް ރަނގަޅަށް ދިރާސާކޮށް މިފަދަ މައްސަލަތަކަށް ހައްލު ހޯދަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އިންޝުއަރެންސް އަކީ ރާއްޖޭގައި ވަރަށް ރަނގަޅަށް މޮނިޓަރކުރެވެން ޖެހޭ ކަމެއް ކަަމަށެވެ. ޢަފޫރު އިތުރަށް ވިދާޅުވީ އިންޝުއަރެންސް ބިލުގައި އޮތޯރިޓީއެއްގެ ވާހަކަ ބުނެފައި ވީ ނަމަވެސް އެއީ ކޮން އޮތޯރިޓީ އެއްކަން ސާފު ނުވާ ކަމަށެވެ. އެއީ މުސްތަޤިއްލު އޮތޯރިޓީ އެއްކަން ނުވަތަ ނޫންކަން ވެސް ސާފު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ބިލުގައި ބުނާ އޮތޯރިޓީ އަކީ އެމްއެމްއޭތޯ ސާފުނުވާ ކަމަށާއި ބިލް ތަންފީޒު ކުރާނެ ފަރާތް ވަރަށް ސާފުކޮށް އެނގުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް