Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެސްޓް ހޭމް ޔުނައިޓެޑު

ޑޯޓްމަންޑު ދޫކޮށް، ފުލްކްރުގް ވެސްޓް ހޭމަށް ބަދަލުވެއްޖެ

ވެސްޓް ހޭމާ އެކު ފުލްކްރުގް ސޮއި ކޮށްފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އޯގަސްޓު 2024 | އަންގާރަ 06:06
ޖަރުމަނުގެ ނިކްލަސް ފުލްކްރުގް

ޖަރުމަނުގެ ނިކްލަސް ފުލްކްރުގް

ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އައި ޖަރުމަނުގެ ފޯވާޑް ނިކްލަސް ފުލްކްރުގް، އެ ކުލަބު ދޫކޮށް ވެސްޓް ހޭމް ޔުނައިޓެޑަށް ބަދަލުވެއްޖެ އެވެ.

އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ ޑޯޓްމަންޑަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ ތިން އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވާ އޭނާ ވަނީ އެ ކުލަބު ދޫކޮށްލައިފަ އެވެ.

ފުލްކްރުގް ހޯދުމަށް ވެސްޓް ހޭމުން ވަނީ 27 މިލިއަން ޔޫރޯ ޚަރަދު ކޮށްފަ އެވެ. ވެސްޓް ހޭމާ އެކު ފުލްކްރުގް ސޮއި ކޮށްފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން، 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ ވެސްޓް ހޭމްގައި ހުންނާނެ އެވެ. ވެސްޓް ހޭމުން ފުލްކްރުގް ހޯދާފައި ވަނީ އެ ކުލަބުގެ އިސްވެރިން ބޭނުން ވެގެންނެވެ.

ފުލްކްރުގް ވަނީ ޑޯޓްމަންޑަށް ކުޅެދިން 43 މެޗުގައި 15 ލަނޑު ޖަހައިފަ އެވެ. އޭނާ އަކީ ޖަރުމަނު ޤައުމީ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ. ޖަރުމަނު ޤައުމީ ޓީމުން އޭނާ އަށް ޖާގަ ލިބުނީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އެ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ގައި ޖަރުމަނަށް ކުޅެފަ އެވެ. އޭގެ ފަހުން މިއަހަރު އަމިއްލަ ޤައުމުގައި ކުރިއަށް ދިޔަ ޔޫރޯ ގައި ވެސް އޭނާ ކުޅުނެވެ. ޤައުމީ ޓީމަށް ކުޅެދިން 21 މެެޗުގައި ފުލްކްރުގް ވަނީ 13 ލަނޑު ޖަހައިފަ އެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި

30 ޖެނުއަރީ 2017
ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި
30 ޖެނުއަރީ 2017

މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

30 ޖެނުއަރީ 2017
މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު