Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ޑި ލިޓްއާ ގުޅޭ ގޮތުން ވާހަކަ ދައްކާނީ އެންމެ ރަނގަޅު ވަގުތުގައި: އެބާލް

އެބާލް ވިދާޅުވީ ކޮންމެ ނިންމުމެއް ވެސް ނިންމުމުގެ ކުރިން، އެކަމާ މެދު ވަރަށް ރަނގަޅަށް ވިސްނަން ޖެހޭނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 އޯގަސްޓު 2024 | ހޯމަ 07:20
ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޑި ލިޓް

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޑި ލިޓް

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލިޓްއާ މެދު ވާހަކަ ދައްކާނީ އެންމެ ރަނގަޅު ވަގުތުގައި ކަމަށް އެ ކުލަބުގެ ޑައިރެކްޓަރު މެކްސް އެބާލް ވިދާޅުވެއްޖެ އެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ބަޔާނަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އިޓަލީގެ ޔުވެންޓަސް ދޫކޮށްލުމަށްފަހު އޭނާ ބަޔާނަށް ބަދަލުވީ، ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮއްވާ، ބަޔާން ދޫކޮށްލަން ޑި ލިޓް ބޭނުންވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޑި ލިޓް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކުލަބުތަކުގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑު ހިމެނެ އެވެ. އެހެން ނަމަވެސް ޑި ލިޓް އަންނަނީ ބަޔާންގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. އައު ކޯޗު ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން އަންނަ ސީޒަނަށް ނިކުންނަން މަސައްކަތް ކުރާ ބަޔާންގެ ފަރިތަކުރުންތަކަށް ޑި ލިޓް ނިކުމެ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެބާލް ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން އެންމެ ރަނގަޅު ވަގުތުގައި ވަކި އެއްޗެއް ބުނާނެ ކަމަށެވެ. އަދި މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ވެސް އެބާލް ވިދާޅުވި އެވެ. މީގެ އިތުރުން އެބާލް ވިދާޅުވީ ކޮންމެ ނިންމުމެއް ވެސް ނިންމުމުގެ ކުރިން، އެކަމާ މެދު ވަރަށް ރަނގަޅަށް ވިސްނަން ޖެހޭނެ ކަމަށެވެ. ޑި ލިޓް އަކީ އަދި ވެސް ބަޔާންގެ ކުޅުންތެރިޔެއް ކަމަށާއި، ބަޔާނުން އަބަދު ވެސް އޭނާ އަށް ފުރިހަމަ ސަޕޯޓު ދޭނެ ކަމުގައި ވެސް އެބާލް ވިދާޅުވި އެވެ.

ޑި ލިޓް ވަނީ ބަޔާނަށް ބަދަލުވެ އެ ކުލަބަށް ކުޅެދިން 73 މެޗުގައި ފަސް ލަނޑު ޖަހައިފަ އެވެ. ބަޔާނާ އެކު ހޭދަކޮށްފައިވާ ދެ ސީޒަންގައި އޭނާ ވަނީ އެ ކުލަބާ އެކު ދެ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ޖަރުމަނު ލީގު އަދި ޖަރުމަނު ސުޕަ ކަޕް އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި

ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި

25 ޑިސެމްބަރު 2017
ގަތަރުން ހުޅުމާލޭގައި އަޅައިދޭން ބުނި ސްޓޭޑިއަމްއާ ބެހޭގޮތުން ވަކި އެއްޗެއް ދަންނަވާކަށް ނޭނގޭ: އަނިލް

ގަތަރުން ހުޅުމާލޭގައި އަޅައިދޭން ބުނި ސްޓޭޑިއަމްއާ ބެހޭގޮތުން ވަކި އެއްޗެއް ދަންނަވާކަށް ނޭނގޭ: އަނިލް

06 ޖޫން 2017
ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން އަފްޣާނާ ދެކޮޅަށް ރާއްޖެ ނުކުންނަނީ

ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން އަފްޣާނާ ދެކޮޅަށް ރާއްޖެ ނުކުންނަނީ

11 މެއި 2017
މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

11 މެއި 2017
ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި

ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި

26 މާރިޗު 2017

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު