Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑީނިއޯ އާއި ބައްސާމް

ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި

ބައްސާމް ވަނީ ރޮނާލްޑީނިއޯއާ އިދިކޮޅަށް މެޗެއް ކުޅެފައި

ލީވާން އަލީ
ލީވާން އަލީ | 25 ޑިސެމްބަރު 2017 | ހޯމަ 10:43
ރޮނާލްޑީނިއޯ (ކ) އަދި ބައްސާމް (ވ)

ރޮނާލްޑީނިއޯ (ކ) އަދި ބައްސާމް (ވ)

ދިވެހި ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ބްރެޒިލްގެ ލެޖެންޑް ރޮނާލްޑީނިއޯ އާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް އޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލު މަޝްވަރާކުރައްވައިފި އެވެ.

ރާއްޖެއެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވީ ރޮނާލްޑީނިއޯއާ އެކު މަޝްވަރާތައް ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، ރާއްޖެއިން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް އޭނާއާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

ބައްސާމް ވިދާޅުވީ، ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ރޮނާލްޑީނިއޯގެ އެހީތެރިކަން ހޯދޭނެ ގޮތްތައް ބަލާ، އޭނާގެ ހިޔާލުތައް ވެސް ހޯދައިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެ އައުމަށް ރޮނާލްޑީނިއޯއަށް ހުށަހެޅުމުން އޭނާގެ ޝައުގުވެރިކަން ހުރި ކަމަށް ވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

އޭއެފްސީ އަދި ފީފާގެ ކޮންގްރެސްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ބައްސާމް ވަނީ މިދިޔަ ހުކުރު ދުވަހު އެނބުރި ރާއްޖެ ވަޑައިގެން ފައެވެ.

އޭއެފްސީ ކޮންގްރެސްގެ ކުރިން ފީފާ އާއި އޭއެފްސީގެ ޓީމެއް ވަނީ މެޗެއް ކުޅެފައެވެ. ބައްސާމް ވަނީ އޭއެފްސީ ޓީމުގައި ހިމެނި ރޮނާލްޑީނިއޯއާ ދެކޮޅަށް އެ މެޗުގައި ކުޅުއްވާފައެވެ.

ރޮނާލްޑީނިއޯއާ ދެކޮޅަށް ކުޅެން ލިބުމުން އުފަލުން ހުންނެވި ބައްސާމް ވިދާޅުވީ، މިއީ އޭނާއަށް ކުރެވުނު ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
26 ފެބުރުއަރީ 2017

ރޫނީއަށް ރޮނާލްޑީނިއޯގެ ނަސޭހަތް: ޗައިނާއަށް ނުދާތި

26 ފެބުރުއަރީ 2017
ރޫނީއަށް ރޮނާލްޑީނިއޯގެ ނަސޭހަތް: ޗައިނާއަށް ނުދާތި
11 ފެބުރުއަރީ 2017

ގައުމީ ފެތުންތެރިންނަށް ސިއްހަތާ ބެހޭ ސެމިނާއެއް

11 ފެބުރުއަރީ 2017
ގައުމީ ފެތުންތެރިންނަށް ސިއްހަތާ ބެހޭ ސެމިނާއެއް
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު