Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުނގޫފާރު ކަރަންޓުގެ ހާދިސާ

"އުނގޫފާރުގައި ހިނގި ހާދިސާ އަށްފަހު ރައްކާތެރި މިންގަނޑަށް ނުފެތޭ މަގުބައްތިތަކުގެ މައްސަލަ ހައްލުކުރަނީ"

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 1 އޯގަސްޓު 2024 | ބުރާސްފަތި 14:46
ކުދިންތައް ކަރަންޓުގައި ޖެހުނު ފެންގަނޑު

ކުދިންތައް ކަރަންޓުގައި ޖެހުނު ފެންގަނޑު

އުނގޫފާރުގައި ކުދިންތަކެއް ކަރަންޓުގައި ޖެހުނު މައްސަލަ އަށް ފަހު ރައްކާތެރި މިންގަނޑަށް ނުފެތޭ މަގުބައްތިތައް ދެނެގަނެ އެ މައްސަލަ ހައްލުކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އުނގޫފާރުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ބައެއް ބަދަލުތައް ގެނައުމަށް އެ ކުންފުނިން ވަނީ ނިންމާފައި ކަމަށެވެ. ރ. އުނގޫފާރުގައި ކުދިންތަކެއް ކަރަންޓުގައި ޖެހި އެކަކު މަރުވި ހާދިސާ ދިމާވީ އީއެލްސީބީ އާއި އެމްސީބީ ހަރުނުކޮށް ހުރި ބައްތިތަކަށް ފެނަކައިން ކަރަންޓު ދީފައި ހުރުމުން ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ ބުނެފައެވެ.

ރ. އުނގޫފާރުގައި ކުޑަ ކުދިންތަކެއް ކަރަންޓުގައި ޖެހި ހިނގައިދިޔަ ހިތާމަވެރި ހާދިސާއާ ގުޅޭގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ކުރި ތަހުގީގަށްފަހު ނެރުނު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ 23 މެއި 2024 ވަނަ ދުވަހު މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި ހިނގައިދިޔަ ހިތާމަވެރި ހާދިސާގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިބުނީ މީސް މީޑިއާގެ ޒަރިއްއާއިން 24 މެއި 2024 ވަނަ ދުވަހު ކަމަށެވެ. މި މައުލޫމާތު ލިބުމާ ގުޅިގެން ހަމަ އެ ދުވަހު އެ އޮތޯރިޓީން ވަނީ މި މައްސަލައިގެ ތަހުގީގު ފަށާފަ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އެގޮތުން އެ އޮތޯރިޓީން ވަނީ ކަން ހިނގައިދިޔަ ގޮތާއި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލުންނާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ސާފުކޮށްފައެވެ. މިގޮތުން، މިމައްސަލައިގެ ތަހުގީގުން ފާހަގަވިގޮތުގައި މި މައްސަލަ ދިމާވަން މެދުވެރިވި ސަބަބަކީ، މަގު ބައްތިތަކުގައި ހުންނަންޖެހޭ ސަލާމަތީ އިކުއިޕްމަންޓްތަކުގެ ތެރޭގައި ހިމެނޭ އާރތު ލީކް ސަރކިޓް ބްރޭކަރ (އީ.އެލް.ސީ.ބީ) އާއި މިނިއޭޗަރ ސަރކިޓް ބްރޭކަރ (އެމް.ސީ.ބީ) ހަރުކުރެވިފައިވާ މަގު ބައްތިތަކަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކަރަންޓު ދީފައިވުމެވެ.

އެކަމާއި ގުޅޭގޮތުން މުއާޒް ވިދާޅުވީ ޔޫއާރްއައިގެ މިންގަނޑާ އެކަށީގެންނުވާ ގޮތަށް ކަރަންޓު ފޯރުކޮށްދެވިފައި ހުރި ކަމަށް ޔޫއަރްއައިއިން ވެސް ފާހަގަކުރެވިފައިވާ ކަމަށާއި ފެނަކަ އަށް ވެސް ފާހަގަވާ ކަމަށެވެ. އަދި ފެނަކައިން ރާއްޖޭގެ ހުރިހާ ރަށެއްގައި އިންސްޕެކްޝަނެއް ހަދާ ހުރިހާ ސްޓްރީޓް ލައިޓްތައް ހުރީ މިންގަނޑަށްތޯ ބެލުމަށް މަސައްކަތްކޮށްފައިވާ ކަމަށް މުއާޒް ވިދާޅުވިއެވެ. އެކަން ކުރީ ފެނަކައިން އިސްނަގައިގެން ކަމަށާއި، އެކަން ކުރެއްވީ ފެނަކައިން ދޭންޖެހޭ ޚިދުމަތަކީ ރައްޔިތުންނަށް ރައްކާތެރި ޚިދުމަތަކަށްވާންޖެހޭ ކަމަށް ޤަބޫލުކުރާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނަކައިގެ އިސްޕެކްޝަނުން ދިވެހިރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ޔޫއާރްއައި މިންގަނޑާ ހިލާފަށް މަގު ބައްތިތައް ހުރިކަން އެނގިފައިވާ ކަމަށް މުއާޒް ވިދާޅުވިއެވެ. ޚާއްސަ ގޮތެއްގައި ސަލާމަތީ ގޮތުން އެކަށީގެންނުވާ ގޮތަށް ކަރަންޓު ފޯރުކޮށްދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އުނގޫފާރުގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާ ހިނގަން ދިމާވެފައިވާ މައިގަނޑު ސަބަބަކީ އެ ރަށުގެ މަގުބައްތިތަކަށް ކަރަންޓް ދިނުމުގައި ހުންނަންޖެހޭ ސަލާމަތީ ކަންކަމާމެދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިހުމާލުވުމުން ކަމުގައި ތަހުގީގުން ސާބިތުވާތީ، ގާނޫނު ނަންބަރު: 2020/26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން 50,000 (ފަންސާސް ހާސް ރުފިޔާ) އިން 22 ޖުލައި 2024 ގައި އެ ކޯޕަރޭޝަން ޖޫރިމަނާކޮށް މި ޖޫރިމަނާގެ ފައިސާ ސަރުކާރު ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދެއްކުމަށް އެފަރާތަށް ވަނީ އެންގިފައެވެ.

އަދި، މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ތެރެއިން، މަގު ބައްތި ތަކުގައި އާރތު ލީކް ސަރކިޓް ބްރޭކަރ (އީ.އެލް.ސީ.ބީ) އާއި މިނިއޭޗަރ ސަރކިޓް ބްރޭކަރ (އެމް.ސީ.ބީ) ހަރުނުކޮށް ހުރި ނަމަ، އެ ތަކެތި ސަރުކާރު ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހަރުކޮށް މަގު ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، އަދި މި މުދައްތުތެރޭގައި އެކަން އިސްލާހު ނުކުރެވިއްޖެނަމަ، އެކަންކޮށް ނިމެންދެން މަގުބައްތިތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް ފެނަކަ ކޯޕަރޭޝަނަށް ވަނީ އަންގާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު